Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

ނެޑްވިޑް އަލުން ކުޅުމުގެ ތެރެއަށް !

25 ސެޕްޓެމްބަރު 2017 | ހޯމަ 14:11

ޕަވެލް ނެޑްވިއެޑް ވަނީ 2003 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 25 ސެޕްޓެމްބަރު 2017 | ހޯމަ 14:11
ޕަވެލް ނެޑްވިޑް

ޕަވެލް ނެޑްވިޑް

ޗެކްރިޕަބްލިކްގެ ފުޓްބޯޅަ ލެޖެންޑް ޕަވެލް ނެޑްވިޑް ޗެކްރިޕަބްލިކްގެ ކުލަބަކަށް ކުޅެން ސޮއި ކޮށްފި އެވެ.

ކުޅުން ހުއްޓާލިތާ 8 އަހަރު ފަހުން ޕަވެލް ނެޑްވިޑް އަލުން ކުޅުމުގެ ތެރެއަށް އައުމަށް ތައްޔާރުވެފައިވާއިރު، އޭނާ ސޮއިކޮށްފައި ވަނީ ޗެކްރިޕަބްލިކްގެ ޓީޖޭ ސްކަލްނާ ނަމަކަށް ކިޔާ ކުލަބަކަށެވެ. އަދި މި ކުލަބަކީ ނެޑްވިއޭޑްގެ ޔޫތު ކެރިއާގައި އޭނާ ކުޅުނު ކުލަބުކަމަށް ވެއެވެ.

އިޓަލީގެ ޔުވެންޓަސްގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކުރުމުގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށް ފަހު، ނެޑްވިއެޑް ކުޅުން ހުއްޓާލީ 2009 ވަނަ އަހަރުގަ އެވެ.

ޔުވެންޓަސްގެ އެއް ނައިބު ރައީސްގެ މަގާމު ވެސް ފުރަމުން އަންނަ ނެޑްވިޑް ސްކަލްނާ އަށް ސޮއި ކޮށްފައިވަނީ ޔުވެންޓަސް އާއި ސްކަލްނާ އާ ދެމެދު ގިނަ މަޝްވަރާތަކެއް ވެސް ކުރުމަށް ފަހު އެވެ.

އަލުން ކުޅުމުގެ ތެރެއަށް އައުމަށް ކުރީގެ ކުލަބު ސްކަލްނާ އަށް ސޮއިކޮށްފައި ވީނަމަވެސް ނެޑްވިޑް އެކުލަބުން އަދި ފެންނާނެ ވަކި ދުވަހެއް ނޭންގޭ ކަމަށް ކުލަބުން ވަނީ ބުނެފައެވެ.

" ނެޑްވިޑް ޓީމާ ގުޅޭނެ ވަކި ދުވަހެއް އަދި ނޭންގެ. ލަފާކުރެވޭ ގޮތުގައި އޭނާ ޓީމާއި ގުޅޭނެ އޮކްޓޯބަރ މަހުގައި. ޔުވެންޓަސްގެ މަސްޢޫލިއްޔަތުތައް އަދާކުރުމުގައި ނެޑްވިޑް އުޅެނީ ވަރަށް ބުރަކޮށް." ސްކަލްނާގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޓީމާ ގުޅޭނެ ދުވަހެއް ބުނަން ނޭންގުނު ނަމަވެސް ނެޑްވިޑް ވަނީ ސްކަލްނާއަށް ސޮއި ކޮށްފައެވެ. އެކަން ވަނީ ސްކަލްނާގެ ރަސްމީ ވެބްސައިޓުގައި ކަށަވަރު ކޮށްދީފައެވެ.

ޕަވެލް ނެޑްވިއެޑް ވަނީ 2003 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދާފަ އެވެ. އަދި މީގެ އިތުރުން ނެޑްވިޑް ވަނީ ޗެކްރިޕަބްލިކްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހަތަރު ފަހަރު ހޯދާފައެވެ. ޗެކްރިޕަބްލިކްގެ ގައުމީ ޓީމަށް 91 މެޗު ކުޅެދީފައިވާ ނެޑްވިޑް ވަނީ ގައުމީޓީމަށް 18 ގޯލްވެސް ކާމިޔާބު ކޮށްދީފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

އިބްރަހިމްއޮވިޗް އަލުން އެނބުރި ޔުނައިޓެޑަށް ..!

23 އޯގަސްޓު 2017
އިބްރަހިމްއޮވިޗް އަލުން އެނބުރި ޔުނައިޓެޑަށް ..!
22 އޯގަސްޓު 2017

ރޫނީ އަނެއްކާވެސް ތާރީހުގެ ތެރެއަށް

22 އޯގަސްޓު 2017
ރޫނީ އަނެއްކާވެސް ތާރީހުގެ ތެރެއަށް
08 ޖުލައި 2017

ގްރީން ސްޓްރީޓުން އަލުން ތާވަލުގެ ހަތަރު ވަނައަށް

08 ޖުލައި 2017
ގްރީން ސްޓްރީޓުން އަލުން ތާވަލުގެ ހަތަރު ވަނައަށް
12 ޖޫން 2017

10 ވަނަ ފްރެންޗް އޯޕަން ތައްޓާއިއެކު ނަޑާލް ތާރީޙުގެ ތެރެއަށް

12 ޖޫން 2017
10 ވަނަ ފްރެންޗް އޯޕަން ތައްޓާއިއެކު ނަޑާލް ތާރީޙުގެ ތެރެއަށް
17 އެޕްރީލު 2017

މޮރީނިއޯ ޕްރެމިއަރ ލީގުގެ ތާރީޚުގެ ތެރެއަށް!

17 އެޕްރީލު 2017
މޮރީނިއޯ ޕްރެމިއަރ ލީގުގެ ތާރީޚުގެ ތެރެއަށް!
26 މާރިޗު 2017

ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ

26 މާރިޗު 2017
ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް