Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމ،ިސްވޯލްޑް

މިސްވޯލްޑްގެ އެންމެ ފުރަތަމަ ފެނިލުން އިސްތިހާރަކުން ކަރީނާ އާއެކީ

މަނޫޝީއަށް މިސްވޯލްޑްކަން ލިބުނީ މިދިޔަ އަހަރު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 15 އެޕްރީލު 2018 | އާދީއްތަ 04:04
މަނޫޝީއާއި ކަރީނާ

މަނޫޝީއާއި ކަރީނާ

ދުނިޔޭގެ އެންމެ ރީތި އަންހެނަކަށް މިފަހަރު ހޮވުނީ އިންޑިއާގެ މަނޫޝީ ޗިއްލާއެވެ.

ސަތާރަ އަހަރު ފަހުން އިންޑިއާގެ މީހަކަށް ފުރަތަމަ ލިބުނު މި އެވޯޑާއިއެކު އިންޑިއާއަށް ގޮސް ދީފައިވާ އިންޓަވިއުގައި އޭނާ ވަނީ ފިލްމު ކުޅެން ޝައުގުވެރިކަން ހުރި ކަމަށް ބުނެފައެވެ. އޭނާ މިފަހަރު ފެނުނީ އިސްތިހާރަކުންނެވެ .އިންޑިއާގެ ހަރިޔާނާއަށް ނިސްބަތްވާ މަނޫޝީ ރީތީގެ މުބާރާތަށް ފަހު ފުރަތަމަ ފަހަރަށް ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ކަރީނާ ކަޕޫރު ހާނާއި އެކު ވަނީ ފެނިލައިފައެވެ.

ފުޅާ ދާއިރާއެއްގައި އިންޑިއާގައި ގަހަނާ އުފައްދާ ވިއްކާ ކުންފުންޏެއް ކަމަށްވާ މަލަބާރު ގޯލްޑް އެންޑް ޑައިމަންޑުގެ އިސްތިހާރަކުން ކަރީނާ އާއިއެކީ މަނޫޝީ ފެނިގެންދާއިރު އެދެމީހުން ވެސް ފެނިގެންދަނީ ކައިވެނީގެ ހަފްލާއެއްގެ ތެރެއިންނެވެ.

މި އިސްތިހާރުން ކަރީނާ މަނޫޝީ ކައިރިން އޭނާގެ ކައިވެނީގެ ހަފްލާ ބާއްވާނީ ކިހިނެތްކަން އަހައެވެ. ކަރީނާ އެހުމުން މަނޫޝީ އޭނާގެ ކައިވެނީގެ ހަފުލާ އޮންނާނެ ގޮތް ކިޔައިދެއެވެ. މަނޫޝީގެ ކައިވެނީގެ "ޕްލޭން" ކިޔައި ދިނުމުން ކަރީނާ ވެސް އަލުން ކައިވެނި ކުރާ ހިތްވެއެވެ. އެހެން ނަމަވެސް މަނޫޝީ ކަރީނާ އުޅެނީ ކައިވެނި ކޮށްގެންކަން ހަނދާން ކޮށްދެއެވެ.

މަނޫޝީ ޗައްލާ

މިވީޑިއޯގައި ކަރީނާއާއި މަނޫޝީގެ ފެނިލުމަށް ދަނީ ތަރުހީބު ލިބެމުންނެވެ.

މި އިސްތިހާރު ނެރުމުގެ ކުރިން މަނޫޝީ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ ކަރީނާ އާއިއެކީ އެކްޓު ކުރަން ލިބުމުން ޖެހިލުން ނުވާކަމަށެވެ. އޭނާ މިހެން ބުނީ ކަރީނާއާއި އެކީ އެކްޓުކުރަން ލިބުމުން އޭނާ ބިރުގަންނަތޯ ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ. އޭނާ ދިރިއުޅެނީ ހިތްއެދޭ ކަންތައްތަކާއިގެން ކަމަށާއި އެހިތް އެދޭ ކަންތައްތަކުގެ ތެރެއިން އެކަމެއް ހާސިލުވުން އެއީ އޭނާ ޖެހިލުންވެ ބިރުގަންނަން ޖެހޭކަމެއް ނޫން ކަމަށެވެ.

ކިޔެވުމާއިގެން ކުރިއަށް ދިއުމަށް ބޭނުންވާ 21 އަހަރުގެ މަނޫޝީ ދަނީ މެޑިކަލް ދާއިރާއިން ތައުލީމު ހާސިލު ކުރަމުންނެވެ.

މަނޫޝީ ވެގެން ދިޔައީ މިސްވޯލްޑްގެ އެވޯޑް ލިބުނު އިންޑިއާގެ 6 ވަނަ އަންހެން މީހާއަށެވެ. އިންޑިއާގެ މީހަކަށް މިސް ވޯލްޑްކަން މަނޫޝީއަށް ވުރެ ކުރިން ލިބުނީ 2000 ވަނަ އަހަރު ޕްރިޔަންކާ ޗޮޕްރާއަށެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

ކެޓްރީނާއަށް އަނިޔާ ވުމުގެ ސަބަބުން ބަދަލުގައި ކަރީނާ ނަށައިފި

12 މާރިޗު 2017
ކެޓްރީނާއަށް އަނިޔާ ވުމުގެ ސަބަބުން ބަދަލުގައި ކަރީނާ ނަށައިފި
11 މާރިޗު 2017

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް
05 މާރިޗު 2017

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!
01 މާރިޗު 2017

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
23 ފެބުރުއަރީ 2017

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު