Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2018

ވީޑީއޯ އެސިސްޓަންޓް ރެފްރީ ބޭނުންކުރުމާ ބްލެޓާ ދެކޮޅު

12 އެޕްރީލު 2018 | ބުރާސްފަތި 14:47

ބްލެޓާ އެ މަގާމުން ވަކިކުރީ 2015 ވަނަ އަހަރުގެ ތެރޭގައި ފެންމަތިވި ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 12 އެޕްރީލު 2018 | ބުރާސްފަތި 14:47
ވީޑިއޯ އެސިސްޓަންޓް ރެފްރީއިން

ވީޑިއޯ އެސިސްޓަންޓް ރެފްރީއިން

މިއަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕްގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ ބޭނުންކުރުމާ ދެކޮޅު ހަދާކަމަށް އެ އިދާރާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ބުނެފިއެވެ.

ފީފާގެ ރައީސްކަން މިހާރު ކުރަމުން އަންނަ ޖިއާނީ އިންފަންޓީނޯ ވަނީ މިދިޔަ މަހުގެ ތެރޭގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ މިއަހަރުގެ ވޯލްޑް ކަޕްގައި ބޭނުންކުރާނެ ކަމަށް ބުނެފައެވެ. ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބްލެޓާ ބުނީ ފުޓްބޯޅަ ބަލާ ހިތުން ބަލާ މީހުންނަށް މިއީ މާ ރަނގަޅު ނިންމުމެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ. އޭނާ ބުނީ ވޯލްޑް ކަޕްގައި މެޗުތައް އިންސާފުކުރާ ގިނަ ރެފްރީންނަކީ މި ޓެކްނޮލޮޖީއާ ބީރައްޓެހި ބައެއް ކަމަށާއި ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތަކަށް މިފަދަ ވަރުގަދަ ޓެކްނޮލޮޖީއެއް ތައާރަފްކުރުމަކީ އެންމެ ވިސްނުންތެރިކަމާއެކު ކޮށްފައިވާ ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އޭނާ ބުނީ އެ ޓެކްނޮލޮޖީއަށް ތާއީދުނުކުރެވޭނެ ކަމަށާއި އަދި ސަޕޯޓަރުންގެ މެދުގައި ވެސް އެ ޓެކްނޮލޮޖީ މަގްބޫލުވާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

ފީފާގެ ރައީސްގެ މަގާމުގައި 17 އަހަރު ހޭދަކުރި ބްލެޓާ އެ މަގާމުން ވަކިކުރީ 2015 ވަނަ އަހަރުގެ ތެރޭގައި ފެންމަތިވި ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލައިގައި ބްލެޓާ އަށް އަހަރަށް ފުޓްބޯޅައާ ގުޅޭ ހުރިހާ ކަމަކުން ސަސްޕެންޑްކުރި ނަމަވެސް އެ ސަސްޕެންޝަން ވަނީ ހަ އަހަރަށް ކުޑަކޮށްފައެވެ. ބްލެޓާ ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބޭނުން ކުރުމަށް ނިންމާފައިވާ 48 ޓީމުގެ ފޯމެޓަށް ވެސް ފާޑު ކިޔާފައެވެ.

ބްލެޓާ ބުނެފައިވަނީ 48 ޓީމާއެކު ކުރިޔަށްގެންދާ ވޯލްޑް ކަޕެއްގައި ވާނެ ގޮތް ތަޖުރިބާ ކުރެވިދާނެ ކަމަށާއި 1982 ވަނަ އަހަރު ވެސް އެކަން ހިނގާފައިވަނީ އެހެން ކަމަށެވެ. އެގޮތުން ކޮންމެ ގްރޫޕެއްގައި ތިން ޓީމު ވާދަކުރާނަމަ މެޗުތައް ކުޅޭއިރު ކޮންމެވެސް އެއް ޓީމެއް ކުޅިބަލަން ތިބެން ޖެހުމަކީ އެންމެ ވާދަވެރި ގޮތްކަމުގައި ގަބޫލުނުކުރާ ކަމަށް ބްލެޓާ ބުނެފައިވެއެވެ.

ރެފްރީންގެ ނިންމުންތައް ނިންމުމުގައި އެހީތެރިވެދޭ މި ޓެކްނޮލޮޖީ އެންމެ ފުރަތަމަ ބޭނުން ކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގައެވެ. އަދި 2017 ވަނަ އަހަރު ފީފާ ކޮންފަޑަރޭޝަން ކަޕްގައި ވެސް މި ޓެކްނޮލޮޖީ ބޭނުން ކޮށްފައިވެއެވެ.

ފީފާއިން މި ނިންމުން ނިންމުމުގެ ކުރިން އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑުން ވެސް ވަނީ މިޓެކްނޮލޮޖީ ބޭނުންކުރުމަށް ނިންމާފައެވެ. އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑުގައި ތިބެނީ ފީފާގެ މަންދޫބުންގެ އިތުރުން އިންގްލެންޑް، ސްކޮޓްލަންޑް، ވޭލްސް އަދި ނޮދަރން އަޔަލޭންޑްގެ ފުޓުބޯޅަ އިދާރާތަކުގެ މަންދޫބުންނެވެ.

ފީފާއިން ވީ.އޭ.އާރް ބޭނުން ކުރަން ނިންމި ނަމަވެސް އަންނަ ސީޒަންގައި ޕްރިމިއަރ ލީގުގައި މި ޓެކްނޮލިޖީ ބޭނުމެއް ނުކުރާނެއެވެ. އަދި ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގައިވެސް މި ޓެކްނޮލޮޖީ ބޭނުން ނުކުރާނެ ކަމަށް ޔޫރަޕްގެ ސަރަހައްދީ ފުޓުބޯޅަ އިދާރާ ޔުއޭފާއިން ވަނީ ބުނެފައެވެ. މިސީޒަންގައި އިނގިރޭސި ލީގާއި ޖަރުމަން އަދި އިޓަލީ ލީގުގައި ވެސް ވީ.އޭ.އާރް ޓެކްނޮލޮޖީ ބޭނުން ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

އޭވީސީ މުބާރާތުގެ ރެފްރީކަން ކުރުމަށް ކުނޑިބެ ކިރިގިސްތާނަށް

22 މެއި 2017
އޭވީސީ މުބާރާތުގެ ރެފްރީކަން ކުރުމަށް ކުނޑިބެ ކިރިގިސްތާނަށް
17 މެއި 2017

ވޮލީ ރެފްރީސް ރެފްރެޝާ ކޯސް 21 ފަރާތަކުން ފުރިހަމަކޮށްފި

17 މެއި 2017
ވޮލީ ރެފްރީސް ރެފްރެޝާ ކޯސް 21 ފަރާތަކުން ފުރިހަމަކޮށްފި
13 މެއި 2017

އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

13 މެއި 2017
އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް
29 އެޕްރީލު 2017

ނިއު މޮޅުވުން ހައްގެއް ނޫން، ރެފްރީންގެ ފެންވަރުދަށް: ސޮބާ

29 އެޕްރީލު 2017
ނިއު މޮޅުވުން ހައްގެއް ނޫން، ރެފްރީންގެ ފެންވަރުދަށް: ސޮބާ
29 އެޕްރީލު 2017

ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހި ހަމަނުޖެހުން ބޮޑުވި މެޗުން މޮޅުވެ ނިއު އެއްވަނައަށް

29 އެޕްރީލު 2017
ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހި ހަމަނުޖެހުން ބޮޑުވި މެޗުން މޮޅުވެ ނިއު އެއްވަނައަށް
21 އެޕްރީލު 2017

ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި

21 އެޕްރީލު 2017
ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި
13 އެޕްރީލު 2017

ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް

13 އެޕްރީލު 2017
ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް
13 އެޕްރީލު 2017

ހަތަރު ރެފްރީން ހަތަރު ކުލައިގެ ޔުނީފޯމުގަ ނުކުމެގެން މިކަމެއް ރަނގަޅެއް ނުކުރެވޭނެ: ނިޒާމްބެ

13 އެޕްރީލު 2017
ހަތަރު ރެފްރީން ހަތަރު ކުލައިގެ ޔުނީފޯމުގަ ނުކުމެގެން މިކަމެއް ރަނގަޅެއް ނުކުރެވޭނެ: ނިޒާމްބެ
04 އެޕްރީލު 2017

ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް

04 އެޕްރީލު 2017
ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް
08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް