ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމަށް ޝިފާޔާ އައްޔަންކުރައްވައިފި
10 އެޕްރީލު 2018 | އަންގާރަ 17:22މިހާރު އެމަޤާމުގައި 7 މީހުން ތިބޭނެ

އަހުމަދު މުހުސިނު | 10 އެޕްރީލު 2018 | އަންގާރަ 17:22

އާމިނަތު ޝިފާޔާ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމަށް އަނެއްކާ ވެސް އިތުރު ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
އެމަޤާމަށް އައްޔަންކުރެއްވީ މާފަންނު މަޚްމާވިލާ، އާމިނަތު ޝިފާޔާ އިބްރާހީމެވެ.
ރައީސް އޮފީހުން ބުނީ ގާނޫނީ ވީލު، ޝިފާޔާ އިބްރާހީމް މަޤާމަށް އައްޔަން ކުރެއްވީ 9 އެޕްރީލު 2018 ގައި ކަމަށެވެ.
ޝިފާޔާ މަޤާމަށް އައްޔަންކުރެއްވި އިރު ރައީސް އޮފީހުގައި އަންޑަރ ސެކްރެޓަރީގެ މަގާމުގައި ހަ ބޭފުޅުން މިހާރު ވެސް ތިއްބަވައެވެ.









