Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނިވައިރޯޅި

ނިވައިރޯޅީގައި ހިމެނޭ ތަރިން އިއުލާންކުރުން މިރޭ!

މިހަފްލާ އޮންނާނީ މިރޭ ރާނބާގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 10 އެޕްރީލު 2018 | އަންގާރަ 12:41
ނިއުމާ މުހައްމަދު

ނިއުމާ މުހައްމަދު

ރާއްޖޭގެ ފިލްމީ ދާއިރާގެ މަޝްހޫރު ތަރި ނިއުމާ މުހައްމަދުގެ އެންމެ ފަހުގެ ފިލްމު "ނިވައިރޯޅީ" ގައި ހިމެނޭ ތަރިން އިއުލާން ކުރުން މިރޭ އޮންނާނެއެވެ.

މިރޭ ރާނބާ ރެސްޓޯރެންޓުގައި އޮންނަ ހަފްލާގައި މި ފިލްމުގައި ހިމެނޭ ތަރިން އިއުލާން ކުރާއިރު މި ފިލްމަކީ ނިއުމާގެ ވަދާއީ ފިލްމެވެ.

ފިލްމީ ދާއިރާއިން ރިޓަޔާކުރަން ނިއުމާ ނިންމާފައި ވަނީ އޭނާގެ 40 ވަނަ އުފަންދުވަހުއެވެ. ހަމަ އެރޭގައި އޭނާ ވަނީ "ނިވައިރޯޅި" އަކީ އޭނާގެ އެންމެ ފަހު ފިލްމު ކަމަށް ބުނެ ފިލްމުގެ ޓީޒާ ލޯންޗު ކޮށްފައެވެ.

މި ފިލްމު ޑައިރެކްޓު ކުރަނީ މުއުމިން ފުއާދުއެވެ. އަދި ޕްރޮޑިއުސް ކުރަނީ ނިއުމާއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކަށް ދީފައިވާ އިންޓަވިއުތަކުގައި މި ފިލްމާ ބެހޭ ގޮތުން ނިއުމާ ބުނެފައިވަނީ މި ފިލްމުން އޭނާއާ އެކު އާ ތަރިންތަކެއް ފެންނާނެ ކަމަށެވެ. އަދި ފިލްމުގެ ޝޫޓިންއަށް ތައްޔާރުވުމަށް އޭނާ ފަލަވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ދިވެހި ފިލްމީ ދާއިރާއިން 1995 ވަނަ އަހަރު ފެނިގެންދިޔަ ނިއުމާ ވަނީ 1000 އަށް ވުރެ ގިނަ ލަވައިގައި ހަރަކާތްތެރިވެފައެވެ. އަދި އޭގެ އިތުރުން އެތަކެއް ޑްރާމާ ސީރީޒްއަކާއި އެތައް ފިލްމެއްގައި ވަނީ ހަރަކާތްތެރި ވެފައެވެ. ނިއުމާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި 1998 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ޢީސާ ޝަރީފްގެ "ފަތިސް ހަނދުވަރު"، 1999 ވަނަ އަހަރު ރިލީޒްކުރި ފަރިވާ ފިލްމްސްގެ "ބަދަލު"، 2002 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފީރޯޒް އައިޝަތު ގެ "ހިތް އެދެނީ"، 2003 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ޢީސާ ޝަރީފްގެ "ގިނި ހިލަ"، 2004 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފާތިމަތު ނަހުލާގެ "ކަލާޔާ ނުލާ"، 2005 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ އަޙުމަދު ނިމާލް ގެ "ދަރިންނަށްޓަކައި"، 2006 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ އަހުމަދު ނިމާލް ގެ "ހިޔަނި"، އަދި 2008 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފާތިމަތު ނަޙުލާގެ "ޔޫސުފް" ފަދަ ފިލްމްތައް ހިމެނެއެވެ.

އިތުރަށް ކިޔާލަން

02 އޯގަސްޓު 2017

"ނޯޓީ 40" މިރޭ ރިލީޒް ކުރާނެ

02 އޯގަސްޓު 2017
 "ނޯޓީ 40" މިރޭ ރިލީޒް ކުރާނެ
16 ޖުލައި 2017

"ގޭމް އޮފް ތްރޯންސް" ހަތްވަނަ ސީޒަން މިރޭ ދައްކަން ފަށަނީ

16 ޖުލައި 2017
"ގޭމް އޮފް ތްރޯންސް" ހަތްވަނަ ސީޒަން މިރޭ ދައްކަން ފަށަނީ
12 ޖުލައި 2017

އައިފާ އެވޯޑަށް ބޮލީވުޑްގެ ތަރިން ނިއުޔޯކަށް ފުރަން ފަށައިފި

12 ޖުލައި 2017
އައިފާ އެވޯޑަށް ބޮލީވުޑްގެ ތަރިން ނިއުޔޯކަށް ފުރަން ފަށައިފި
02 ޖޫން 2017

ރާއްޖެޓީވީގެ "ކުރުފިލްމު މުބާރާތް 2017" މިރޭ ދައްކަން ފަށަނީ

02 ޖޫން 2017
ރާއްޖެޓީވީގެ "ކުރުފިލްމު މުބާރާތް 2017" މިރޭ ދައްކަން ފަށަނީ
29 އެޕްރީލު 2017

ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި

29 އެޕްރީލު 2017
ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި
27 އެޕްރީލު 2017

"އިލް ނޮއިސް" މިރޭ ބޮޑު ސްކްރީނަށް!

27 އެޕްރީލު 2017
"އިލް ނޮއިސް" މިރޭ ބޮޑު ސްކްރީނަށް!
06 މާރިޗު 2017

އެމިރޭޓްސް މުބާރާތުން ނަޝީ ކޭކްސް އަށް ބޮޑު ކާމިޔާބެއް

06 މާރިޗު 2017
އެމިރޭޓްސް މުބާރާތުން ނަޝީ ކޭކްސް އަށް ބޮޑު ކާމިޔާބެއް
01 މާރިޗު 2017

"މަލިކާ" ޚާއްސަ ސްކީރިންއެއް މިރޭ އޮންނާނެ

01 މާރިޗު 2017
 "މަލިކާ" ޚާއްސަ ސްކީރިންއެއް މިރޭ އޮންނާނެ
20 ޖެނުއަރީ 2017

ރައީސްގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި

20 ޖެނުއަރީ 2017
ރައީސްގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި
12 ޖެނުއަރީ 2017

ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް

12 ޖެނުއަރީ 2017
ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު