Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކުރު ފިލްމު ފެސްޓިވަލް

ރާއްޖެޓީވީގެ "ކުރުފިލްމު މުބާރާތް 2017" މިރޭ ދައްކަން ފަށަނީ

އެއްވަނައަށް ހުށައަޅާފައިވާ އިނާމަކީ 50،000 ރުފިޔާ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 ޖޫން 2017 | ހުކުރު 11:13
ކުރު ފިލްމު ފެސްޓިވަލްގައި ހިމެނޭ ޖަޖުންނާއެކީ ސޮއިކުރުމަށް ބޭއވި ރަސްމިއްޔާތު

ކުރު ފިލްމު ފެސްޓިވަލްގައި ހިމެނޭ ޖަޖުންނާއެކީ ސޮއިކުރުމަށް ބޭއވި ރަސްމިއްޔާތު

ރޯދަ މަހަށް ޚާއްސަކޮށްގެން ރާއްޖެޓީވީން ފަށާ "ކުރު ފިލްމު މުބާރާތް 2017" މިރޭ ދައްކަން ފަށާނެއެވެ.

ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމް ވިދާޅުވީ ކުރު ފިލްމު މުބާރާތް ރާއްޖެޓީވީން ދައްކާނީ ހުކުރުދުވަހުގެރޭ 09:30 ގައި ކަމަށެވެ.

ކުރު ފިލްމް މުބާރާތަށް ހުޅުވާލުމާ ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 10 ފިލްމްކަށް މި މުބާރާތުގައި އިންސާފުކުރަނެއެވެ. މި މުބާރާތުގެ ވަނަތައް ހޮވުމުގައި ބަލާނީ ފަނޑިޔާރުންގެ 60 ޕަސެންޓް މާކްސް އާއި ބެލުންތެރިންގެ އެސްއެމްއެސްގެ ވޯޓިންގެ 20 ޕަސެންޓް އަދި ރާއްޖެ އެމްވީގެ ކިޔުންތެރިންގެ ރޭޓިންގެ 20 ޕަސެންޓެވެ. ޝޯގެ ފުރަތަމަ އެޕިސޯޑާއެކު ފިލްމްތައް ރޭޓްކުރުމަށް ހުޅުވާލާއިރު ފުރަތަމަ އެޕިސޯޑްގައި ދައްކާ ތިން ފިލްމް ރާއްޖެ.އެމްވީ ގެ ވެބްސައިޓްގައި ކިޔުންތެރިންނަށް ރޭޓްކުރުމަށް ހުޅުވާލެވޭނެއެވެ. މި މުބާރާތުގެ ހަތަރު އެޕިސޯޑް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ކުރު ފިލްމު މުބާރާތުގައި ހޮވާ މަގާމުތަކުގެ ތެރޭގައި ހިމެނެނީ ބެސްޓް ފިލްމު، ބެސްޓް ޑައިރެކްޓަރ،ބެސްޓް ސިނޮމެޓެގްރަފަރ، ބެސްޓް އެޑިޓަރ،ބެސްޓް ސައުންޑް، ބެސްޓް ސްކްރީން ޕްލޭ އެވެ. މިމަގާމުތައް ހޮވާނީ ފަނޑިޔާރުންނެވެ. މީގެ އިތުރުން ބެލުންތެރިންގެ އެންމެ މަގުބޫލު ކުރު ފިލްމު ވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބެލުން ތެރިން އެސްއެމްއެސް ކޮއްގެން ހޮވާ މަގާމެކެވެ.

އެއްވަނައަށް ހޮވޭ ކުރު ފިލްމަށް ހުށައަޅާފައިވާ އިނާމަކީ 50،000ރ. އެވެ.

މި މުބާރާތުގެ ޖަޖުންގެ ޕެނަލްގައި ހިމެނެނީ އެންމެ ފަހުން ބޭއްވި ޤައުމީ ފިލްމު އެވޯޑްގައި ޖަޖްކޮށްފައިވާ މުހައްމަދު ޝަރީފް (ބާރު ޝަރީފް) އާއި މަޝްހޫރު މިއުޒީޝަން އައްޔުމަން ޝަރީފާއި، ޑައިރެކްޓަރ އަދި ކްރިއޯގްރާފަރ ރަވީ ފާރޫގްގެ ދިވެހި ފިލްމީ ދާއިރާއިން ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހާސިލްކޮށްފައިވާ އަމްޖަދު އިބްރާހީމެވެ.

މި ޕްރޮގްރާމްގެ މެއިން ސްޕޮންސަރަކީ ދިރާގެވެ. ކޯ ސްޕޮންސަރަކީ ބްރަދަރހޫޑް އިންވެސްޓްމަންޓްއެވެ. ޕްރިންޓިން ޕާޓްނަރަކީ އެމްއެކްސް ޕްރިންޓްންސްއެވެ.

އިތުރަށް ކިޔާލަން

29 ޖޫން 2017

ސައިމާ އެވޯޑް2017  މާދަމާ!

29 ޖޫން 2017
ސައިމާ އެވޯޑް2017  މާދަމާ!
26 މެއި 2017

ރާއްޖެޓީވީގެ "ދަންބައި"ގެ ޓްރެއިލާ ނެރެފި

26 މެއި 2017
 ރާއްޖެޓީވީގެ "ދަންބައި"ގެ ޓްރެއިލާ ނެރެފި
21 މެއި 2017

އައިފާ 2017 ނޮމިނޭޝަންގެ ލިސްޓު ގެ އެންމެ ކުރީގައި "އޭ ދިލްހެ މުޝްކިލް"

21 މެއި 2017
އައިފާ 2017 ނޮމިނޭޝަންގެ ލިސްޓު ގެ އެންމެ ކުރީގައި "އޭ ދިލްހެ މުޝްކިލް"
28 އެޕްރީލު 2017

ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި

28 އެޕްރީލު 2017
ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި
27 އެޕްރީލު 2017

"އިލް ނޮއިސް" މިރޭ ބޮޑު ސްކްރީނަށް!

27 އެޕްރީލު 2017
"އިލް ނޮއިސް" މިރޭ ބޮޑު ސްކްރީނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު