Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފިލްމު "މަލިކާ"

"މަލިކާ" ޚާއްސަ ސްކީރިންއެއް މިރޭ އޮންނާނެ

ޝޯތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 100ރ. އަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 1 މާރިޗު 2017 | ބުދަ 08:43
 "މަލިކާ" ޚާއްސަ ސްކީރިންއެއް މިރޭ އޮންނާނެ

"މަލިކާ" ޚާއްސަ ސްކީރިންއެއް މިރޭ އޮންނާނެ

މާޗް މަހުގެ 2 ވަނަ ދުވަހު އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ "މަލިކާ" ޕްރިމިއާ ކުރުމުގެ ކުރިން ޚާއްސަ ސްކްރީނިންއެއް ބާއްވަން ނިންމައިފި އެވެ.

މިފިލްމުގެ ޓިކެޓް ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެން ވިއްކަން ފަށާފައިވާއި މިފިލްމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ފިލްމްގެ މާކެޓިން ހެޑް ހުސައިން ނޫރައްދީން ބުންޏެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ހުސައިން ނޫރައްދީން ބުނީ މާޗް މަހުގެ 2 ގައި ފިލްމް ޕްރިމިއާ ކުރުމުގެ ކުރިން މާޗް 1 ގައި މީޑިއާތަކާއި ދައުވަތު ދެވޭ ފަރާތަކަށް ފިލްމްގެ ޚާއްސަ ސްކްރީނިންއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. ފިލްމުގެ ޓިކެޓް ފުރަތަމަ ދޫކޮށްފައި ވަނީ އޮންލައިން ބުކިން ހަދާފައި ތިބި ފަރާތްތަކަށެވެ.

މާރޗް 2 އިން 20 އަށް އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ މި ފިލްމްގެ ޕްރިމިއާ ޝޯގެ ޓިކެޓްގެ އަގަކީ 200ރ. އެވެ. އިތުރު ޝޯތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 100ރ. އަށެވެ.

އަހުމަދު ނާސިރު ( މައްލާ) އާއި އިބްރާހިމް ރަޝީދު (އިއްބެ) ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމަކީ ބިންމާ އިބްރާހިމް ވަހީދު ލިޔެފައިވާ އާއިލީ ލޯބީގެ ހަދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ތައްޔަރު ކުރާ ފިލްމެކެވެ.

މި ފިލުމްގައި ހިމެނޭ ތަރިންގެ ތެރޭގައި ފިލްމީ ދާއިރާއަށް އަލަށް ތައާރފްވާ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި މަރިޔަމް ޝަކީލާ، އިސްމާއިލް ޒާހިރު، އަލީ ފާރޫގް، އަހުމަދު އަސިމް، ފާތިމަތު އާޒިފާ، ޖުމައްޔިލް ނިމާލް، އަލީ އާޒިމް، ސުޖީތާ އަބްދުﷲ އަދި އަހުމަދު ޝާކިރު ހިމެނެއެވެ.

އިތުރަށް ކިޔާލަން

06 އޯގަސްޓު 2017

"ހައްދު" ގެ މިއުޒިކް މިރޭ ރިލީޒްކުރާނެ

06 އޯގަސްޓު 2017
"ހައްދު" ގެ މިއުޒިކް މިރޭ ރިލީޒްކުރާނެ
02 އޯގަސްޓު 2017

"ނޯޓީ 40" މިރޭ ރިލީޒް ކުރާނެ

02 އޯގަސްޓު 2017
 "ނޯޓީ 40" މިރޭ ރިލީޒް ކުރާނެ
16 ޖުލައި 2017

"ގޭމް އޮފް ތްރޯންސް" ހަތްވަނަ ސީޒަން މިރޭ ދައްކަން ފަށަނީ

16 ޖުލައި 2017
"ގޭމް އޮފް ތްރޯންސް" ހަތްވަނަ ސީޒަން މިރޭ ދައްކަން ފަށަނީ
02 ޖޫން 2017

ރާއްޖެޓީވީގެ "ކުރުފިލްމު މުބާރާތް 2017" މިރޭ ދައްކަން ފަށަނީ

02 ޖޫން 2017
ރާއްޖެޓީވީގެ "ކުރުފިލްމު މުބާރާތް 2017" މިރޭ ދައްކަން ފަށަނީ
27 އެޕްރީލު 2017

"އިލް ނޮއިސް" މިރޭ ބޮޑު ސްކްރީނަށް!

27 އެޕްރީލު 2017
"އިލް ނޮއިސް" މިރޭ ބޮޑު ސްކްރީނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު