Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ލިވަޕޫލްއަށް ސެމީގެ ޖާގައެއް ކަށަވަރެއް ނުވޭ: އަލޮންސޯ

ފުރަތަމަ ލެގު ލިވަޕޫލުން ވަނީ 3-0 އިން ކާމިޔާބުކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 7 އެޕްރީލު 2018 | ހޮނިހިރު 17:16
ސިޓީ އަދި ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން

ސިޓީ އަދި ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ޖާގައެއް އިނގިރޭސިވިލާތުގެ ޗެލްސީއަށް އަދި ކަށަވަރުނުވާ ކަމަށް އެ ޓީމަށް ކުރިން ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު ޒަބީ އަލޮންސޯ ބުނެފިއެވެ.

އަމިއްލަ ދަނޑުގައި ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި ސަލާހު، މާނޭ އަދި ޗެމްބަލިންގެ ލަނޑުތަކާ އެކު ލިވަޕޫލް ދެވަނަ ލެގާއި ކުރިމަތިލާނީ ތިން ލަނޑުގެ ލީޑަކާ އެކުއެވެ. މި ދެ ޓީމު ޖެނުއަރީ މަހުގެ ތެރޭގައި ލިވަޕޫލްގެ ދަނޑުގައި ޕްރިމިއާ ލީގުގައި ބައްދަލުކުރި މެޗު ވެސް 4-3 އިން ކާމިޔާބުކުރީ ލިވަޕޫލްއެވެ.

އޮމްނިސްޕޯޓްއާ ވާހަކަ ދައްކަމުން އަލޮންސޯ ބުނީ ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެކަން ލިވަޕޫލްއިން ދައްކައިފި ކަމަށާއި އެންފީލްޑްގައި ސަޕޯޓަރުން ދެއްކީ ތަފާތު ސަޕޯޓެއް ކަމަށެވެ. އޭނާ ބުނީ ފުރަތަމަ ހާފުގައި ހިނގި ކަންކަން ގަބޫލުކުރަން ވެސް ދަތި ކަމަށާއި ސީޓީ ކޮޅަށް ތިން ލަނޑު ޖެހުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. ސިޓީގެ ދަނޑުގައި ކުޅޭ މެޗުގައި އެ ޓީމުން ތަފާތު ދައްކާނެ ކަމަށާއި އެހެންކަމުން އެ މެޗަކީ ލިވަޕޫލްއަށް ފަސޭހަ މެޗަކަށް ނުވާނެ ކަމަށް އަލޮންސޯ ބުނެފައި ވެއެވެ.

ތިން ލަނޑުގެ ލީޑެއްގައި އޮވެ ލިވަޕޫލް ދެވަނަ ލެގާއި ކުރިމަތިލާއިރު ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް މިފަދަ ބޮޑު ލީޑަކާ އެކު ކޮލިފައިނުވި ހަމައެކަނި ޓީމަކީ ފްރާންސް ޕީއެސްޖީއެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

ޕްރިމިއާ ލީގު: ގަދަ ހަތަރެއްގެ ޖާގަ ލިބުނީ ޗެލްސީ، ޓޮޓެންހަމް، ސިޓީ އަދި ލިވަޕޫލްއަށް

22 މެއި 2017
ޕްރިމިއާ ލީގު: ގަދަ ހަތަރެއްގެ ޖާގަ ލިބުނީ ޗެލްސީ، ޓޮޓެންހަމް، ސިޓީ އަދި ލިވަޕޫލްއަށް
05 މެއި 2017

ޔޫރޮޕާ ލީގު: ރަޝްފަޑްގެ ލަނޑުން ސެލްޓަވިގޯ ބަލިކޮށް ޔުނައިޓެޑުން ސެމީގެ އުއްމީދު އާކޮށްފި

05 މެއި 2017
ޔޫރޮޕާ ލީގު: ރަޝްފަޑްގެ ލަނޑުން ސެލްޓަވިގޯ ބަލިކޮށް ޔުނައިޓެޑުން ސެމީގެ އުއްމީދު އާކޮށްފި
03 މެއި 2017

މޮނާކޯވެސް އޮތީ ފައިނަލްގެ ޖާގައެއް ހޯދުމުގެ އަޒުމުގައި: ޖާޑިމް

03 މެއި 2017
މޮނާކޯވެސް އޮތީ ފައިނަލްގެ ޖާގައެއް ހޯދުމުގެ އަޒުމުގައި: ޖާޑިމް
13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: އެޓްލެޓިކޯ އަދި މޮނާކޯ ހަނި މޮޅެއް ހޯދައި ސެމީގެ އުންމީދު އާކޮށްފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: އެޓްލެޓިކޯ އަދި މޮނާކޯ ހަނި މޮޅެއް ހޯދައި ސެމީގެ އުންމީދު އާކޮށްފި
11 އެޕްރީލު 2017

ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

11 އެޕްރީލު 2017
ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު