Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ގަދަ ހަތަރެއްގެ ޖާގަ ލިބުނީ ޗެލްސީ، ޓޮޓެންހަމް، ސިޓީ އަދި ލިވަޕޫލްއަށް

މިދިޔަ ސީޒަނުގެ ޗެމްޕިއަން ލެސްޓާ ސިޓީއަށް ލިބުނީ މިފަހަރު 12 ވަނަ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 22 މެއި 2017 | ހޯމަ 07:55
ޕްރިމިއާ ލީގުގައި ވާދަކުރާ ބައެއް ކުޅުންތެރިންގެ ޕޯސްޓަރެއް

ޕްރިމިއާ ލީގުގައި ވާދަކުރާ ބައެއް ކުޅުންތެރިންގެ ޕޯސްޓަރެއް

ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ޗެލްސީ، ޓޮޓެންހަމް ހޮޓްސްޕާ އަދި ލިވަޕޫލް އިން ކަށަވަރުކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުތަކަށް ފަހު، ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލު މިހާރު އެތުރިފައިވާ ގޮތަށް ބަލާއިރު، އެއްވަނަ ލިބެނީ ޗެލްސީއަށެވެ. ދެވަނަ ޓޮޓެންހަމްއަށް ލިބޭއިރު، ތިންވަނަ ލިބެނީ ސިޓީއަށެވެ. އަދި ހަތަރުވަނަ ލިބުނީ ލިވަޕޫލްއަށެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުތަކަށް ބަލާއިރު، ލީގުގެ ޗެމްޕިއަން ޗެލްސީން 1-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވަނީ ސަންޑަލޭންޑް ބަލިކޮށްފައެވެ. ދެވަނަ ހޯދި ޓޮޓެންހަމް އިން ހަލް ސިޓީއާ ވާދަކޮށް 1-7 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައިވާއިރު، ތިންވަނަ ހޯދި ސިޓީ ވެސް މޮޅުވީ ވަޓް ފޯޑްއާ ވާދަކޮށް 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އަދި ހަތަރުވަނަ ހޯދި ލިވަޕޫލް މޮޅުވީ މިޑިލްސްބްރާއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

ހަތަރު ވަނަ ހޯދުމަށް އެންމެ ކައިރިން ވާދަކުރި އާސެނަލް ވަނީ އެކަކު މަދުކޮށް ކުޅެ އެވަޓަން އަތުން 2-1 އިން މޮޅުވެފައެވެ.

ގަދަ ތިނެއްގައި ހިމެނުނު ޓީމުތައް ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައިވާއިރު، ލިވަޕޫލް ޖެހޭނީ ކޮލިފައިން ކުޅޭށެވެ. މިފަހަރު މެންޗެސްޓާ ޔުނައިޓެޑް އަދި އާސެނަލް އަށް ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިފައިނުވާއިރު، މި ދެޓީމު ވާދަކުރަންޖެހޭނީ ޔޫރޮޕާ ލީގުގަ އެވެ.

ޕްރިމިއާ ލީގުން މިފަހަރު ރެލިގޭޓްވެފައި ވަނީ ހަލް ސިޓީ، މިޑިލްސްބްރާ އަދި ސަންޑަލޭންޑެވެ. މީގެ އިތުރުން ޗެމްޕިއަންޝިޕް ނުވަތަ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ނިއުކާސަލް ވަނީ ޕްރިމިއާ ލީގަށް އެނބުރި އައިސްފައެވެ.

މި ސީޒަނުގައި އެންމެ ފާހަކޮށްލަން ޖެހެނީ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީއެވެ. ސީޒަން ނިމުނުއިރު، އެޓީމު އޮތީ 44 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 12 ވަނައިގައެވެ. މީގެ އިތުރުން އެޓީމު ކުޅުނު 38 މެޗުގެ ތެރެއިން މޮޅުވެފައިވަނީ ވެސް އެންމެ 12 މެޗުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު