Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޮޕާ ލީގު

ޔޫރޮޕާ ލީގު: ރަޝްފަޑްގެ ލަނޑުން ސެލްޓަވިގޯ ބަލިކޮށް ޔުނައިޓެޑުން ސެމީގެ އުއްމީދު އާކޮށްފި

ޔުނައިޓެޑް އަދި ސެލްޓަވިގޯ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 11 ވަނަ ދުވަހު

ލީވާން އަލީ
ލީވާން އަލީ | 5 މެއި 2017 | ހުކުރު 09:24
ރަޝްފަޑް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ރަޝްފަޑް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ޔޫރޮޕާ ލީގުގައި މާކަސް ރަޝްފަޑްގެ ލަނޑުން ސެލްޓަވިގޯ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން މުބާރާތުގެ ސެމީގެ އުއްމީދު އާކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗު ސެލްޓަވިގޯއާ ވާދަކޮށް ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ސެލްޓަވިގޯ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ޔުނައިޓެޑްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުވެސް ތަނަވަސްކޮށްފައެވެ.

އެހެންނަމަވެސް ފުރަތަމަ ހާފްގެ ވަކި ހިސާބަކުން ޔުނައިޓެޑުން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ ސެލްޓަވިގޯގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން 20 ވަނަ މިނެޓުގައި ރަޝްފަޑްއަށް ލިބުނު ފުރުސަތު ހިމެނެއެވެ. ރަޝްފަޑް ފޮނުވާލި މި ބޯޅަ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މީގެއިތުރުންވެސް ޔުނައިޓެޑަށްވަނީ ލީޑު ނެގުމަށް ހުސް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޔުނައިޓެޑުން ވަނީ އެޓީމުގެ ކުޅުން ވަރުގަދަކޮށް ސެލްޓަވިގޯގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން އެޓީމުގެ ގޯލަށް ނުރައްކާކޮށް ޔުނައިޓެޑުން ވަނީ ފުލުފުލުގައި ގިނަ ހަމަލާތައް އުފައްދާފައެވެ.

ޔުނައިޓެޑުން މެޗުގެ ލީޑު ނެގީ 67 ވަނަ މިނެޓުގައި ރަޝްފަޑް ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އެޓީމަށް ލިބުނު ހިލޭ ޖެހުމަކުންނެވެ. މިއީ ރަޝްފަޑް މި ސީޒަނުގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިން 19 ވަނަ ލަނޑެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑުން ސެމީގެ އުއްމީދު އާކޮށްފައިވާއިރު، މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގު މި މަހުގެ 11 ވަނަ ދުވަހު އޮންނާނީ ޔުނައިޓެޑްގެ ދަނޑުގައެވެ. އެ މެޗު އެއްވަރުކޮށްގެންވެސް ޔުނައިޓެޑަށް ސެމީއަށް ދެވޭނެއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު