Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: އެޓްލެޓިކޯ އަދި މޮނާކޯ ހަނި މޮޅެއް ހޯދައި ސެމީގެ އުންމީދު އާކޮށްފި

މޮނާކޯ ސެމީގެ އުންމީދު އާކުރީ ޑޯޓްމަންޑް ދަނޑުގައި އެޓީމު ބަލިކުރުމަށްފަހު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 13 އެޕްރީލު 2017 | ބުރާސްފަތި 10:34
އެޓްލެޓިކޯ މެޑްރިޑް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

އެޓްލެޓިކޯ މެޑްރިޑް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި އެޓްލެޓިކޯ މެޑްރިޑް އަދި އޭއެސް މޮނާކޯ ހަނި މޮޅެއް ހޯދާ ސެމީފައިނަލްގެ އުންމީދު އާކޮށްފި އެވެ.

ބުދަ ދުވަހުގެ ރޭ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އެޓްލެޓިކޯ މޮޅުވީ ލެސްޓާ ސިޓީއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

އެޓްލެޓިކޯ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ދެޓީމަށްވެސް ވަނީ ލިބިފައެވެ. އެހެންނަމަވެސް ފުރަތަމަ ހާފްގެ ވަކި ހިސާބަކުން އެޓްލެޓިކޯ އިން ވަނީ މެޗުގެ ކޮންޓްރޯލް ނަގާފައެވެ.

އެގޮތުން އެޓީމުން ވަނީ 25 ވަނަ މިނެޓުގައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ގްރިޒްމަން އެވެ. މީގެއިތުރުންވެސް އެޓީމަށް ވަނީ ލީޑު ފުޅާކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ލެސްޓާގެ މައްޗަށް އެޓްލެޓިކޯ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް އެޓްލެޓިކޯ އިން ވަނީ ލެސްޓާގެ ހާފަށް ބާރުބޮޑުކޮށް އެޓީމގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ފެނާންޑޯ ޓޮރޭޒް އަށް މެޗުގެ ލީޑު ފުޅާކުރަން ރަނގަޅު ދެ ތިން ފުރުސަތެއް ވަނީ ލިބިފައެވެ. ނަމަވެސް އޭގެން އެއްވެސް ބޯޅައެއް ގޮލުގެ ތިން ދަނޑިން އެތެރެކޮށްލެވޭ ގޮތެއް ނުވިއެވެ.

އެހެންނަމަވެސް ދެވަނަ ހާފްގައި ލެސްޓާއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، އެޓްލެޓިކޯގެ ގޯލާ އަމާޒުކޮށް ރަނގަޅު ހަމަލާއެއްވެސް އުފެއްދިފައެއް ނުވެއެވެ. ލެސްޓާ ޗެމްޕިއަންސް ލީގަށް ކޮލިފައިވީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަނުންގެ ގޮތުގައެވެ. އެގޮތުން އެޓީމަކީ މިވަގުތު ޗެމްޕިއަންސް ލީގުގެ ކުއާޓާގައި އޮތް ހަމައެކަނި އިނގިރޭސި ޓީމެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން މޮނާކޯ މޮޅުވީ ބްރޯޝިއާ ޑޯޓްމަންޑްއާ ވާދަކޮށް 2-3 ގެ ނަތީޖާއަކުންނެވެ.

ޑޯޓަމަންޑް ދަނޑުގައި ކުޅުނު މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން ލަނޑު ޖެހުމަށް އެޓީމަށް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ 17 ވަނަ މިނެޓުގައި މޮނާކޯއަށް ޕެނަލްޓީއެއް ލިބިފައިވާއިރު، ފަބިއޯ ހެންރިކް ޓަވަރޭޒް އެ ޕެނަލްޓީ ފޮނުވާލީ ބޭރަށެވެ. އެހެންނަމަވެސް އޭގެ ދެ މިނެޓު ފަހުން މޮނާކޯގެ ލޮޓިން ވަނީ އެޓީމަށް މެޗުގެ ލީޑު ނަގައިދީފައެވެ.

މި ލަނޑާއެކު މޮނާކޯ ކުރީގައި އޮވެގެން ކުޅެމުންދިޔަ ނަމަވެސް ޑޯޓްމަންޑަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ހުސް ގިނަ ފުރުސަތު ލިބިފައެވެ. އެހެންނަމަވެސް ޑޯޓްމަންޑުން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި މޮނާކޯ އިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑަކީ ޑޯޓްމަންޑްގެ ސެވެން ބެންޑާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމިފައިވަނީ 0-2 ގެ ނަތީޖާއިން ދޯޓްމަންޑްގެ މައްޗަށް މޮނާކޯ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޑޯޓްމަންޑުން އެޓީމުގެ އެޓޭކް ވަރުގަދަކޮށްފައިވާއިރު، 57 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އުސްމާން ޑެމްބެލޭ އެވެ. އެހެންނަމަވެސް 79 ވަނަ މިނެޓުގައި ލޮޓިން ވަނީ ލަނޑެއް ކާމިޔާބުކޮށް މޮނާކޯއަށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ.

ޑޯޓްމަންޑަށް ނަތީޖާގެ ފަރަގު ދެވަނަ ފަހަރަށް ކުޑަކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޝިންޖީ ކަގާވާއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ 84 ވަނަ މިނެޓުގައި ނޫރީ ސާހީންގެ އެހީތެރިކަމާއެކުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު