Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ޕާޓީތައް

މަގުމަތީ ހަރަކާތްތަކާއެކު އިހްތިޖާޖުތައް އަނެއްކާވެސް ވަރުގަދަކޮށްފި

5 އެޕްރީލު 2018 | ބުރާސްފަތި 00:35

އިހްތިޖާޖުތައް ކުރިއަށް ގެންދަމުންދާތާ 63 ދުވަސް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 5 އެޕްރީލު 2018 | ބުރާސްފަތި 00:35
ބުަދަ ދުވަހުގެ ރޭ ކުނޫޒު ކުރިމަތީގައި ބޭއްވި އެއްވުމުގެ ތެރެއިން

ބުަދަ ދުވަހުގެ ރޭ ކުނޫޒު ކުރިމަތީގައި ބޭއްވި އެއްވުމުގެ ތެރެއިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ އިހްތިޖާޖުތައް ވަރުގަދަކޮށް، މަގުމަތީ ހަރަކާތްތައް އަލުން ފަށައިފި އެވެ.

ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މެދުނުކެނޑި އިހްތިޖާޖުތައް ކުރިއަށް ގެންދަމުންދާތާ 63 ދުވަސް ވަނީވެފައެވެ. ބޮޑެތި އެއްވުންތަކާއި ޖަލްސާތަކާއި ކަންމަތީ ބައްދަލުވުންތަކާއެކު އަޑުއުފުލުންތައް ކުރިއަށް ގެންދިއުމަށްފަހު، އަނެއްކާވެސް ސިޔާސީ ރެލީތައް ވަރުގަދަ ކުރުމުގެ މަސައްކަތް ޕާޓީތަކުން ވަނީ ފަށާފައެވެ.

Advertisement - newsAdvertisement

އެގޮތުން މ. ކުނޫޒު ކުރިމަތީގައި ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުންނާއެކު މަގުމަތީ ހަރަކާތްތައް ބުދަ ދުވަހުގެ ރޭ ވަނީ ފަށައިފައެވެ. މެދުކަނޑުމަކަށް ފަހު، މަގުމައްޗަށް ނުކުމެ ބުދަ ދުވަހުގެ ރޭ ވަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި، ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާފައެވެ. ހައްޔަރުކޮށްފައިވާ ސިޔާސީ ލީޑަރުންނާއި ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބުންނަށް މަޖިލީހުގައި ބަސް ނުބުނެވޭ ގޮތަށް ހައްޔަރުކޮށް، ބައެއް މެމްބަރުން ގޮނޑި ގެއްލުވާލާފައި ވާތީ، އެ ބޭފުޅުންނަށް އިންސާފު ހޯދައި ދިނުމަށް ވެސް ވަނީ އަޑު އުފުލާފައެވެ.

މަގުމައްޗަށް ނުނުކުމެވޭ ގޮތަށް ކުނޫޒު ކުރިމަތީގައި ފުލުހުން ސަފެއް ރުކުރުވާލާފައި

ހައްޔަރުކޮށްފައިވާ ސިޔާސީ ފަރާތްތަކާއި ފަނޑިޔާރުންނާއި ސިޔާސީ ތުހުމަތުތަކުގައި ހައްޔަރުކޮށްފައި ތިބި ފުލުހުންގެ ދިފާއުގައި ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން ބުދަ ދުވަހުގެ ރޭ ކުނޫޒު ކުރިމަތީގައި އަޑުއުލުންތައް ކުރިއަށް ގެންދިޔަ ވަގުތު، ހައްޔަރުކޮށްފައި ތިބި ބައެއް ފަރާތްތަކުގެ އާއިލާގެ މެމްބަރުން ވެސް އެ އެއްވުމުގައި ބައިވެރިވެވަޑައިގެންނެވިިއެވެ.

ކުނޫޒު ކައިރިއަށް ޖަމާވި މީހުން ދުރަށް ޖެއްސުމުގެ މަސައްކަތުގައި އެސްއޯ ފުލުހުން-- ފޮޓޯ/ ރާއްޖެއެމްވީ

އެއްވުމުގައި ވާހަކަ ދެއްކެވި ބޭފުޅުން ވަނީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ކުރާ މަސައްކަތުގައި ފަހަތަށް ނުޖެއްސޭނެ ބުނަމުންދާ ވާހަކަތައް ތަކުރާރުކޮށްފައެވެ. ބުދަ ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ އަނިޔާވެރިކަން ފިލައި ގޮސް އިންސާފު ލިބެންދެން ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ.

އަދާލަތު ޕާޓީގެ ޤައުމީ މަޖިލީހުގެ މެމްބަރު ތޫބާ ރަޝީދު ވިދާޅުވީ ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަސް، ހިތްވަރާއެކު ނުކުމެ ކާމިޔާބު ހޯދުމުގެ މަސައްކަތުގައި ދެމިތިބޭނެ ކަމަށެވެ.

"ގައުމަށްޓަކާ ދީނަށްޓަކާ ނުކުމެ، ކޮންމެ ގޮތަކަށް ނަތީޖާ ނުކުތް ކަމުގައިވިޔަސް އަނެއްކާވެސް އާ ރޫހެއްގައި އާ ޖޯޝެއްގައި ނުކުމެ، މަސައްކަތް ކުރާތަން. މިއީ އަޅުގަނޑުމެންގެ މަސައްކަތް ނުހުއްޓި ބާރަށް ކުރިއަށްދާ ސަބަބަކީ،" ތޫބާ ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ރޭގެ އެއްވުމަށް މީހުން ޖަމާވި އަދަދު އިތުރުވެ، އަޑުއުފުލުންތައް ވަރުގަދަވެގެން ދިޔަ ދަނޑިވަޅާ ދިމާކޮށް އެސްއޯ ފުލުހުން ވަނީ ކުނޫޒު ކުރިމައްޗަށް ޖަމާވެ، އަޑުއުފުލި މީހުން ދުރަށް ޖައްސާފައެވެ. އަދި ޕާޓީތަކުގެ ސަޕޯޓަރުންތަކެއް ވަނީ ކުނޫޒު ތެރެއަށް ވައްދައި، މަގުމައްޗަށް ނުނުކުމެވޭ ގޮތް ހަދައި، އެސްއޯ ފުލުހުން ކުނޫޒު ކުރިމަތީގައި ސަފެއް ރުކުރުވާލި އެވެ.

ފުލުހުންގެ އަމަލުތަކާ ގުޅިިގެން، ކަންބޮޑުވުންފާޅު ކުރި މީހަކު ބުދަ ދުވަހުގެ ރޭގެ އެއްވުމުގެ ތެރެއިން ވަނީ ހައްޔަރުކޮށްފައެވެ.

އެސްއޯ ފުލުހުންގެ ބެލުމުގެ ދަށުން މީހަކު ފުލުހުންގެ ހައްޔަރަށް ގެންދަނީ

ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ގުޅިފައިވާ ޕާޓީތަކުން ވަނީ ގޮންޖެހުންތަކާއި ފިއްތުންތަކުގެ ތެރޭގައި ވެސް ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެއްވުންތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައި ވަނިކޮށް، މަގުތަކަށް ނުކުމެ، އެއްވުންތައް ވެސް ކުރިއަށް ގެންދިޔަ އެވެ. ކުރިމަތިލުމެއް، ހަމަނުޖެހުމެއް ނެތި، ސުލްހަވެރި ސިޔާސީ ހަރަކާތްތަކުގައި ސަރުކާރަށް ޑިމާންޑުތަކެއްކޮށްފައިވެއެވެ. ރައްދުގައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، 300 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށް ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރު ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވިޔަފާރިވެރިން ހިމެނެ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

28 އެޕްރީލު 2017

އެމްޑީޕީގެ ޖަގަހައެއް އަނެއްކާވެސް ގަލޮޅުގައި ހުޅުވައި، ކެމްޕޭން ވަރުގަދަ ކޮށްފި

28 އެޕްރީލު 2017
އެމްޑީޕީގެ ޖަގަހައެއް އަނެއްކާވެސް ގަލޮޅުގައި ހުޅުވައި، ކެމްޕޭން ވަރުގަދަ ކޮށްފި
09 އެޕްރީލު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 31 މެމްބަރުންގެ ސޮޔާއެކު އަނެއްކާވެސް މަޖިލީހަށް ހުށަހަޅައިފި

09 އެޕްރީލު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 31 މެމްބަރުންގެ ސޮޔާއެކު އަނެއްކާވެސް މަޖިލީހަށް ހުށަހަޅައިފި
09 އެޕްރީލު 2017

ރައީސް ނަޝީދުގެ ޝަރީއަތުގެ އަޑުއެހުމެއް އަނެއްކާވެސް ތާވަލުކޮށްފި

09 އެޕްރީލު 2017
ރައީސް ނަޝީދުގެ ޝަރީއަތުގެ އަޑުއެހުމެއް އަނެއްކާވެސް ތާވަލުކޮށްފި
01 އެޕްރީލު 2017

ޤާސިމް އިބްރާހިމް ފުލުހަށް ހާޒިރުވުމަށް އަނެއްކާވެސް އަންގައިފި

01 އެޕްރީލު 2017
ޤާސިމް އިބްރާހިމް ފުލުހަށް ހާޒިރުވުމަށް އަނެއްކާވެސް އަންގައިފި
21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް