Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގްރޭޓް މާޗް އޮފް ރިޓަރން

އިސްރާއީލް ސިފައިން ޓޭންކަރަކުން ޙަމަލާދީ ފަލަސްތީނުގެ ދަނޑުވެރިޔަކު މަރާލައިފި

30 މާރިޗު 2018 | ހުކުރު 08:33

6 ހަފްތާގެ މުއްދަތަކަށް މުޒާހަރާތައް ކުރިއަށްދާނެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 30 މާރިޗު 2018 | ހުކުރު 08:33
އިސްރާއީލް - ޣައްޒާ ބޯޑަރު ކައިރީގައި މިހާރު ވެސް ހަމަނުޖެހުން ބޮޑު

އިސްރާއީލް - ޣައްޒާ ބޯޑަރު ކައިރީގައި މިހާރު ވެސް ހަމަނުޖެހުން ބޮޑު

ހުކުރު ދުވަހުން ފެށިގެން ދިގުދެމިގެންވާ މުޒާހަރާތަކަކަށް ފަލަސްތީނުގެ ރައްޔިތުން ތައްޔާރުވަމުންދަނިކޮށް، އިސްރާއީލް ސިފައިން ޓޭންކަރަކުން ޙަމަލާދީ ފަލަސްތީނުގެ ދަނޑުވެރިޔަކު މަރާލައިފިއެވެ.

މިޙަމަލާދީފައި ވަނީ ދެކުނު ޣައްޒާގެ ޚާން ޔޫނިސްގައެވެ. މިޙަމަލާގައި އިތުރު މީހަކަށް ސީރިއަސް ޒަޚަމްތަކެއް ލިބި، ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

އިސްރާއީލް ސިފައިން ބުނާ ގޮތުގައި އެޤައުމުގެ ސިފައިން ޙަމަލާދިނީ ސަރަހައްދީ އިމާއި ކައިރީގައި ތިބި މުޖާހިދުން ކަމަށް ޝައްކުކުރެވޭ ބަޔަކަށެވެ. އެހެން ނަމަވެސް ޙަމާސް ޖަމާޢަތުން ބުނާ ގޮތުގައި އިސްރާއީލުގެ ބޭނުމަކަށްވީ 6 ހަފްތާގެ މުއްދަތަކަށް ކުރިއަށްދާ މުޒާހަރާތަކާ ދިމާކޮށް ފަލަސްތީނުގެ ރައްޔިތުން ބިރު ގެންނެވުމެވެ. އިސްރާއީލުގެ ޚާރިޖިއްޔާއިން ބުނީ މުޒާހަރާތަކުގެ ބޭނުމަކީ އިސްރާއީލް ސިފައިންނާ ކުރިމަތިލުމަށް ފަލަސްތީނުގެ އާއްމުންނަށް ހިތްވަރު ދިނުން ކަމަށާއި، އެކަމުގެ ޒިންމާ ހަމާސް އާއި އެޖަމާޢަތާ ގުޅިފައިވާ އެހެން ޖަމާޢަތްތަކުން ނަގަން ޖެހޭނެ ކަމަށެވެ. އަދި މުޒަހާރަތައް ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިޔުމަށް ޙަމާސް އިން ނުވިސްނާ ކަމަށް އިސްރާއީލް ޚާރިޖިއްޔާ އިން ތުހުމަތުކުރެއެވެ.

ފަލަސްތީނުގެ އާއްމުން ވަނީ ޣައްޒާ އާއި އިސްރާއީލް ގުޅޭ ސަރަހައްދީ ރޮނގުގެ 5 ސަރަހައްދެއްގައި ކޭމްޕް ޖަހާފައެވެ. އެގޮތުން އޭރީޒް ޗެކް ޕޮއިންޓުން ފެށިގެން ރަފާ ހުރަހާ ދެމެދުގެ ސަރަހައްދުތަކުގައި ކޭމްޕް ޖަހާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މުޒާހަރާތައް ދިގުދެމިގެންވާ ގޮތެއްގައި ކުރިއަށްގެންދިޔުމަށް ޓެންޓް ވެސް ޖަހާފައި ވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މުޒާހަރާތައް ނިންމާލުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހަކީ 1948 ވަނަ އަހަރު ފަލަސްތީނުގެ ރައްޔިތުން ވިއްސިވިހާލިކޮށްލުމަށް ފަހު އިސްރާއީލު އުފެއްދި ދުވަހުގެ ގޮތުގައި ފަލަސްތީނުން ފާހަގަކުރާ ދުވަހެކެވެ.

މިހަރަކާތާ ދިމާކޮށް އިސްރާއީލް ސިފައިން ވަނީ ގިނަ އަދަދެއްގެ ސިފައިން ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާކޮށްފައެވެ. އޭގެ ތެރޭގައި 100 ވަރަކަށް ސްނައިޕަރުން ވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

23 ފެބުރުއަރީ 2017
ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
16 ފެބުރުއަރީ 2017

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

16 ފެބުރުއަރީ 2017
ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް