Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޕީޖީ ލީޑަރު އިބޫ

މިއަދުވެސް މާދަމާ ވެސް ކުރަންވީ ކަމަކީ ރައީސް ޔާމީން ވެރިކަމުން ބޭލުމުގެ މަސައްކަތް: އިބޫ

29 މާރިޗު 2018 | ބުރާސްފަތި 17:40

ޒުވާނުން މި މަސައްކަތަށް ނިކުންނަންޖެހޭ، ސިޔާދު ޤާސިމް އަދި މަހުލޫފްގެ ކިބައިން ހިތްވަރު ލިބެންޖެހޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 29 މާރިޗު 2018 | ބުރާސްފަތި 17:40
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދު ވެސް މާދަމާ ވެސް ކުރަންވީ މަސައްކަތަކީ ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ބޭލުމުގެ މަސައްކަތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މ. ކުނޫޒުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ކަންކަން އިސްލާހުކޮށް ރަނގަޅުކުރުމަށް ދިވެހި ރައްޔިތުން، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ހަވާލުކޮށްފައިވާއިރު، އެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް ކުރާ ކަންކަމުގެ ވާހަކަ އާއި ކޮރަޕްޝަނާއި ޖަރީމާތަކުގެ ވާހަކަ ދައްކަވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"ސަރުކަރުން ވައްކަންކުރާކަމުގައި ވާނަމަ އެ ވާހަކަ އަޅުގަނޑުމެން ދައްކާނަން. ސަރުކާރުން އައިޖީއެމްއެޗްގެ އިމާރަތް އެޅުމުގައި ކޮރަޕްޝަން ގެންގުޅޭ ކަމުގައިވާ ނަމަ އެ ވާހަކަ ވެސް އަޅުގަނޑުމެން ދައްކާނަން. ކަންތައްތައް އިސްލާހުކޮށް ރަނގަޅުކުރުމަށް ރައްޔިތުން ހަވާލުކޮށްފައި ވަނީ އަޅުގަނޑުމެންނާއި، އެކަން އަޅުގަނޑުމެން މެދުކެނޑުމެއް ނެތި ކުރަންޖެހޭ. އަޅުގަނޑު މިއަދު ވެސް މި ހުރީ ސާބިތުކަމާއެކުގައި،" އިބޫ ވިދާޅުވިއެވެ.

ޖަލުގައި ހުންނެވިއިރު އިތުރު އުންމީދެއް ލިބިވަޑައިގެންނެވި ކަމަށާއި، އިސްލާހީ މަސައްކަތުގައި ކުރިއަށްވަޑައިގަތުމަށް އިތުރު ހިތްވަރެއް ލިބުނު ކަމަށް އިބޫ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރަން ފެށި މަސައްކަތް ނިންމަންވެއްޖެކަމުގެ އިތުރު ސިގްނަލެއް އަޅުގަނޑަށް ލިބުނު. އިތުރަށް މި މަސައްކަތުގައި ކުރިއަށް ދިއުމަށް ހިތްވަރު ލިބުނު. އަޅުގަނޑު އޮތީ 8 ނަމްބަރު ގޮޅީގައި. ދޫނިދޫގެ ގޮޅިތަކުން "ބާއްޖަވެރި ހެނދުނެއް" އެ މެސެޖު ހެނދުނު ވުމާއެކު ލިބެމުންދިޔަ. އެ މެސެޖު ދެމުންގެންދިޔައީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އިލްހާމް އަހުމަދު. އަޅުގަނޑު ކުރިމަތީގައި އޮތް ގޮޅީގައި އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު. ދެންޖެހިގެން އޮތް ގޮޅީގައި އޮންނެވީ ކުރީގެ ޕޮލިސް ކޮމިޝަނަރ އަހުމަދު އަރީފް. ގޮޅިތަކުގައި ތިއްބެވި ބޭފުޅުން ދިން މެސެޖަކީ ހިތްވަރާ އެކު ކުރިއަށްދިޔުމަށް ދިން މެސެޖް. އެބޭފުޅުން ތިބީ ސާބިތުކަމާ އެކުގައި ކަމަށް ތަކުރާރުކޮށް އަޅުގަނޑަށް އެބޭފުޅުން ދަންނަވަމުންގެންދިޔަ،" ޖަލުގައި ހޭދަ ކުރި ދުވަސްތަކުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން އިބޫ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަނލުން ސިޔާދު ގާސިމް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް ފަދަ ބޭފުޅުންގެ ކިބައިން ހިތްވަރު ލިބިގަނެގެން އިސްލާހީ މަސައްކަތުގައި ބައިވެރިވުމަށް ޒުވާނުން ނުކުންނަން ޖެހޭ ކަމަށް އިބޫ ވިދާޅުވިއެވެ.

"މި މަސައްކަތުގައި އިސްކޮށް ޒުވާނުން ނިކުމެ މަސައްކަތް ކުރަންޖެހޭ، ޤައުމު ސަލާމަތްކުރުމަށް ޒުވާނުންގެ ބައިވެރިވުން މުހިންމު. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އަދި ސިޔާދު ޤާސިމްގެ ކިބައިން ހިތްވަރު ލިބެންޖެހޭ. އަޅުގަނޑާއި ޖަލުން ބައްދަލުވި މީހުންގެ ތެރެއިން އެންމެ ހިތްވަރު ގަދަ ބޭފުޅަކަށްދިމާވީ ސިޔާދު ޤާސިމާ. ވިދާޅުވީ ބައްޕަ އެ ކުރައްވަނީ ރަނގަޅު މަސައްކަތްކަމަށް ގަބޫލުކުރައްވާ ކަމަށް. އަޅުގަނޑު ހައްޔަރުކޮށް، ޖަލުގައި ގެންގުޅުނު މުއްދަތުގައި ގިނަ އަދަދެއްގެ ފުލުހުންނާއި އަޅުގަނޑާއި ބައްދަލުވި. ގިނަ ފުލުހުންތަކަކާއި ވާހަކަދެކެވުނު. ކޮންމެ ފުލުހަކު ވެސް އަޅުގަނދާ ހިއްސާކުރި ވާހަކަތަކުން އެނގޭ 95 ޕަސެންޓް ފުލުހުން މި ވެރިކަން ބަދަލުކުރަން ބޭނުންވާކަން" އިބޫ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް