Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭސީ މިލާން

ގަޓޫސޯގެ ކޮންޓްރެކްޓް މިލާނުން އާކުރަނީ!

މިލާންގެ ކޯޗުގެ މަގާމަށް ގަޓޫސޯ އައްޔަނުކުރީ 2017 ވަނަ އަހަރުގެ ނޮވެމްބަރުގެ މަހުގެ ތެރޭގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 29 މާރިޗު 2018 | ބުރާސްފަތި 17:27
ޖެނާރޯ ގަޓޫސޯ

ޖެނާރޯ ގަޓޫސޯ

އޭސީ މިލާންގެ ކޯޗު ޖެނާރޯ ގަޓޫސޯގެ ކޮންޓްރެކްޓް އާކުރާނެ ކަމުގެ އިޝާރާތެއް އެ ޓީމުން ދީފިއެވެ.

މިލާންގެ ކޯޗުގެ މަގާމަށް ގަޓޫސޯ އައްޔަނުކުރީ 2017 ވަނަ އަހަރުގެ ނޮވެމްބަރުގެ މަހުގެ ތެރޭގައެވެ. ގަޓޫސޯއަށް ކޯޗުގެ މަގާމު ހަވާލުކުރީ އެ މަގާމުގައި ކުރިން ހުރި ވިންސެންޒޯ މޮންޓެލާގެ އިރުޝާދުގެ ދަށުން އެ ޓީމު ދައްކަމުން ދިޔަ ދަށް ކުޅުމާ ގުޅިގެންނެވެ. އޭރު ގަޓޫސޯ ހުރީ އެ ޓީމުގެ ޒުވާން ޓީމުގެ ކޯޗުގެ މަގާމުގައެވެ. ގަޓޫސޯ އޭރު ސޮއިކުރި ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.

ގަޓޫސޯގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ނަތީޖާތައް ރަނގަޅުކުރިއިރު އެ ޓީމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އާސެނަލް އަތުން ބަލިވެ ޔުއެފާ ޔުރޮޕާ ލީގުން ކެޓުމެވެ. އެހެން ނަމަވެސް އިޓާލިއަން ސެރީއޭގައި އެންމެފަހުން ކުޅުނު ފަސް މެޗު ވެސް އެ ޓީމުން ކާމިޔާބުކޮށްފައިވާއިރު އެ ޓީމު އެންމެފަހުން ކުޅުނު 10 މެޗުން ވެސް ބަލިވެފައެއް ނުވެއެވެ.

އޭސީ މިލާންގެ ސްޕޯޓިން ޑިރެކްޓަރ މަސިމިލިއާނޯ މިރަބޭލީ ބުނެފައި ވަނީ ގަޓޫސޯއަށް ހަދިޔާއެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށާއި އެކަމުގައި އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އޭނާ ބުނީ ގިނަ މީހުންނަށް ގަޓޫސޯ އެނގެނީ މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ކަމަށާއި އެހެން ނަމަވެސް ކުރިޔަށް އޮތް ސީޒަންތަކުގައި އޭނާ ވެގެންދާނީ މިލާންއަށް ވަރަށް މުހިންމު ކޯޗަކަށް ކަމަށެވެ. އެހެންކަމުން އޭނާ އެ ޓީމުގައި މަޑުކުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި އެކަމަށް މަގުފަހި ކުރުމަށް އޭނާއަށް އާ ކޮންޓްރެކްޓެއް ދޭނެ ކަމަށް މިރަބޭލީ ބުނެފައިވެއެވެ.

މިރަބޭލީ ބުނީ ގަޓޫސޯގެ އިރުޝާދުގެ ދަށުން އާ ދައުރެއް ޓީމުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި ކުރިޔަށް އޮތްއަހަރުތަކުގައި އެ އަމާޒަށް ވާސިލުކޮށްދޭނެ އެންމެ ރަނގަޅު ކޯޗެއްގެ ގޮތުގައި އެ ޓީމުގެ މެނޭޖްމަންޓުން ދެކެނީ ގަޓޫސޯ ކަމަށެވެ. އޭނާ ބުނީ ގަޓޫސޯ އެކަން ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެހެން ނަމަވެސް އާ ޓީމެއް ބިނާކުރުމަކީ ވަގުތު ނަގާނެ ކަމެއް ކަން އެންމެނަށް ވެސް އިނގޭ ކަމަށެވެ.

އިޓާލިއަން ސެރީއޭގައި ކުޅުނު 28 މެޗުން ލިބުނު 50 ޕޮއިންޓާ އެކު މިލާން އޮތީ ތާވަލުގެ ހަވަނައިގައެވެ. ގަޓޫސޯގެ އިރުޝާދުގެ ދަށުން މިލާން ދެން ކުޅޭ މެޗުގައި އެ ޓީމު ނުކުންނާނީ ތާވަލުގެ އެއްވަނަގައި އޮތް ޔުވެންޓަސްއާ ދެކޮޅަށެވެ. މިލާންއަށް 387 މެޗު ކުޅެދީފައިވާ ގަޓޫސޯ ވަނީ އެ ކްލަބާއެކު ދެ ޔުއެފާ ޗެމްޕިއަންސް ލީގާއި ދެ ޔުއެފާ ސުޕާކަޕް އަދި ދެ އިޓާލިއަން ސެރީއޭގެ އިތުރުން ދެ ކޮޕާ އިޓާލިއާ ކާމިޔާބުކޮށްފައެވެ. އިޓަލީގެ ގައުމީ ޓީމާއެކު 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ގަޓޫސޯ މިލާންގެ ކުރިން އެއްވަނަ ޑިވިޝަނުގެ ޓީމަކަށް ކޯޗުކަން ކޮށްދީފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

20 ޖޫން 2017

ބާސާގެ އިނިއެސްޓާއަށް އިންޓަ މިލާނުން ފާރަލާން ފަށައިފި

20 ޖޫން 2017
ބާސާގެ އިނިއެސްޓާއަށް އިންޓަ މިލާނުން ފާރަލާން ފަށައިފި
19 ޖޫން 2017

އިބްރާހިމޮވިޗް ހޯދުމަށް އޭސީ މިލާނުން މަސައްކަތްނުކުރޭ: އެޖެންޓް

19 ޖޫން 2017
އިބްރާހިމޮވިޗް ހޯދުމަށް އޭސީ މިލާނުން މަސައްކަތްނުކުރޭ: އެޖެންޓް
12 ޖޫން 2017

ރެއާލް މެޑްރިޑާއިއެކު އިސްކޯ ހަފާދައިވާ ކޮންޓްރެކްޓް އާކުރަނީ

12 ޖޫން 2017
ރެއާލް މެޑްރިޑާއިއެކު އިސްކޯ ހަފާދައިވާ ކޮންޓްރެކްޓް އާކުރަނީ
10 ޖޫން 2017

ޕެރެސިޗް ހޯދުމަށް ޔުނައިޓެޑުން ހުށަހެޅި ބިޑް އިންޓަމިލާނުން ރިޖެކްޓްކޮށްފި

10 ޖޫން 2017
ޕެރެސިޗް ހޯދުމަށް ޔުނައިޓެޑުން ހުށަހެޅި ބިޑް އިންޓަމިލާނުން ރިޖެކްޓްކޮށްފި
10 ޖޫން 2017

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

10 ޖޫން 2017
ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ
30 މެއި 2017

މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި

30 މެއި 2017
މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި
25 އެޕްރީލު 2017

ބޮޑު އަގަކާއެކު ސިމިއޯނީ ހޯދުމަށް އިންޓަރމިލާނުން ތައްޔާރުވެއްޖެ

25 އެޕްރީލު 2017
ބޮޑު އަގަކާއެކު ސިމިއޯނީ ހޯދުމަށް އިންޓަރމިލާނުން ތައްޔާރުވެއްޖެ
07 އެޕްރީލު 2017

ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

07 އެޕްރީލު 2017
ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު