Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިވާން ޕެރިސިޗް

ޕެރެސިޗް ހޯދުމަށް ޔުނައިޓެޑުން ހުށަހެޅި ބިޑް އިންޓަމިލާނުން ރިޖެކްޓްކޮށްފި

ޕެރެސިޗް ވަނީ ވޮލްފްސްބާގް އަދި ޑޯޓްމަންޑްއަށްވެސް ކުޅެފައި

ލީވާން އަލީ
ލީވާން އަލީ | 10 ޖޫން 2017 | ހޮނިހިރު 19:02
އިންޓަ މިލާނަށް ކުޅެމުން އަންނަ އިވާން ޕެރެސިޗް

އިންޓަ މިލާނަށް ކުޅެމުން އަންނަ އިވާން ޕެރެސިޗް

އިންޓަ މިލާނަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފިލްޑަރު އިވާން ޕެރެސިޗް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ހުށަހެޅި ބިޑް އިންޓައިން ރިޖެކްޓްކޮށްލައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިޓަލީގެ ނޫސްތަކުން ބުނީ ޕެރެސިޗް ހޯދުމަށް ޔުނައިޓެޑުން ހުށަހަޅާފައިވަނީ 40 މިލިއަން ޔޫރޯ ކަމަށާއި، އެހެންނަމަވެސް އިންޓަ އިން އެ ހުށަހެޅުން ބަލައިގަނެފައިނުވާ ކަމަށެވެ. އެގޮތުން އިންޓައިން ބޭނުންވަނީ އޭނާ 55 މިލިއަން ޔޫރޯއަށް ވިއްކާލުމަށްކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ދާދި ފަހުން ޕްރިމިއަމް ސްޕޯޓް އަށް ދިން އިންޓަވިއުއެއްގައި އިންޓަ މިލާންގެ ޑިރެކްޓާ ޕިއެރޯ އޮސީލިއޯ ވިދާޅުވީ، ޕެރެސިޗްއާ ބެހޭ ގޮތުން ޔުނައިޓެޑުން ރަސްމީކޮށް އެއްވެސް ވާހަކައެއް އިންޓަމިލާނާ ދައްކާފައިނުވާ ކަމަށާއި، އެހެންނަމަވެސް ޔުނައިޓެޑުން ޕެރެސިޗްއަށް ޝައުގުވެރިވާކަން ކަށަވަރުކޮށްދެވިދާނެ ކަމަށެވެ.

މީގެއިތުރުން އޮސީލިއޯ ވިދާޅުވީ، ޓީމުގައި ވަރަށް މުހިންމު ކުޅުންތެރިން ތިބޭ ކަމަށާއި، އެތަނުން ކުޅުންތެރިޔަކު ވިއްކާލުމުގެ ކުރިން ކްލަބަށް އެންމެ ފައިދާވާ ގޮތާ މެދުވެސް ވިސްނަން ޖެހޭ ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ، އިންޓަގެ ރަނގަޅު ސްކޮޑެއް އެބައޮތް ކަމަށާއި، އެހެންނަމަވެސް އިންޓައަށްވުރެ ފެންވަރު ދަށް ސްކޮޑު ހިމެނޭ ޓީމުތައް އިންޓައަށްވުރެ ކުރީގައި ލީގު ނިންމާލާފައިވާ ކަމަށެވެ.

ޖަރުމަންގެ ވޮލްފްސްބާގް އިން 2015 ވަނަ އަހަރު އިންޓަމިލާނަށް ބަދަލުވި ޕެރެސިޗް ވަނީ އެޓީމަށް މިވީތަނަށް ކުޅުނު 79 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން ޕެރެސިޗް ވަނީ ވޮލްފްސްބާގްއާ އެކު ޖަރުމަން ކަޕް އަދި ޖަރުމަން ސުޕާކަޕް ކާމިޔާބުކޮށްފައެވެ.

ބްރޯޝިއާ ޑޯޓްމަންޑް އަށްވެސް ކުޅެފައިވާ ޕެރެސިޗް ވަނީ އެޓީމަށް ކުޅުނު 64 މެޗުގައި 12 ލަނޑު ކާމިޔާބުކޮށް، ބުންޑަސްލީގާ އަދި ޖަރުމަން ކަޕް އެޓީމާއެކު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި

04 ޖެނުއަރީ 2017
ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު