Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިންގާޑްގެ ކޮންޓްރެކްޓް

ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

ކޮންޓްރެކްޓް އާކުރީ 2021އާ ހަމައަށް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 7 އެޕްރީލު 2017 | ހުކުރު 00:37
ޔުނައިޓެޑްގެ މެޗެއްގައި ލިންގާޑް

ޔުނައިޓެޑްގެ މެޗެއްގައި ލިންގާޑް

މެންޗެސްޓަރ ޔުނައިޓެޑްގެ މެދުތެރެއަށް ކުޅެމުންއަން އިނގިރޭސި ޤައުމީ ޓީމުގައިވެސް މުހިތްމު ދައުރެއް ހިއްސާކުރާ ޖެސީ ލިންގާޑް ކުލަބާއިއެކު ހަދާފައިވާ އެގްރީމެންޓް އާކޮށްފިއެވެ.

އުމުރުން 24 އަހަރުގެ ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކް އާކޮށްފައިވަނީ 2021 ވަނަ އަހަރާއި ހަމައަށް އެކުލަބުގައި ދެމިހުރުމަށެވެ.

ހަފްތާއަކު އެއްލައްކަ ޕައުންޑަށް ލިންގާޑްގެ ކޮންޓްރެކްޓް އާކުރިއިރު، ދެފަރާތުގެ މެދުގައިވެފައިވާ އެއްބަސްވުމަށް ފަހުގެ ތާރީޚެއްގައި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ހަތް އަހަރުގައި ޔުނައިޓެޑްގެ އެކަޑަމީއާ ގުޅުނު ލިންގާޑް މިހާތަނަށް އެކުލަބަށް 70 މެޗު ކުޅެދީފައިވާއިރު، އިނގިރޭސި ޤައުމީޓީމަށް ހަތަރު ފަހަރު ކެޅެދީފައިވެއެވެ.

"މެންޗެސްޓަރ ޔުނައިޓެޑަކީ އަބަދުވެސް އަހަރެންގެ ހަޔާތުގައި ބޮޑުބައެއް ހިއްސާކުރޭ" ލިންގާޑް ބުނެފައިވެއެވެ.

ލިންގާޑް ފާހަގަކުރެވިފައިވަނީ ވެމްބްލީ ސްޓޭޑިއަމްގައި ލަނޑު ޖެހުމުގައި ޔުނައިޓެޑްގެ އެންމެ ކާމިޔަބު ކުޅުންތެރިޔާގެ ގޮތުގައިއެވެ.

އެފްއޭކަޕް ކާމިޔާބުކުރުމުގައި ޖެހި ލަނޑުގެ އިތުރުން، ކޮމިއުޓީ ޝީލްޑް މެޗުގައި ލެސްޓަރ ސިޓީއާ ދެކޮޅަށާ ފެބްރުއަރީ މަހު އީއެފްއެލް ކަޕްގައި ސައުތްހެމްޓަންއާ ދެކޮޅަށް ވެމްބްލީގައި ޖެހިލަނޑުތައް ފާހަގަކޮށްލެވެއެވެ.

ލިންގާޑްގެ ކޮންޓްރެކްޓް އާކުރުމުން ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުނެފައިވަނީ ލިންގާޑްއަކީ ޔުނައިޓެޑްގެ ސްކޮޑްގައި މަޤްބޫލު ކުޅުންތެރިއެއް ކަމަށެވެ.

ޔުނައިޓެޑްގެ ފުރަތަމަ ޓީމުން ފުރުސަތު ދިނުމުގެ ކުރިން ލިންގާޑް ވަނީ ލެސްޓަރ ސިޓީ އާ ބާމިންހަމް ސިޓީގެ އިތުރުން ބްރައިޓަންއަށް ލޯނުގެ އުސޫލުން ދޫކޮށްލާފައެވެ.

ލިންގާޑްއަށް ޔުނައިޓެޑްގެ ޓީމުން އެންމެ ފުރަތަމަ ފުރުސަތެއް ދީފައިވަނީ ވެންހާލްގެ ކޯޗުކަމުގެ ދަށުން 15-2014 ވަނަ އަހަރުގެ ސީޒަންގައި ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުގައެވެ.

މި ސީޒަންގައި ލިންގާޑް ވަނީ ޔުނައިޓެޑަށް 29 މެޗު ކުޅެދީފައެވެ. މިހާތަނަށް 5 ގޯލެއް ލިންގާޑް ވަނީ ޖަހާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި

ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި

26 މާރިޗު 2017
އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި

އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި

25 މާރިޗު 2017
ފާގަސަން އެނބުރި ޔުނައިޓެޑްގެ ބެންޗަށް!

ފާގަސަން އެނބުރި ޔުނައިޓެޑްގެ ބެންޗަށް!

21 މާރިޗު 2017
ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!

ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!

10 މާރިޗު 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު