Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޓައިރާ ބޭންކްސް

މޮޑެލިންގ ކެރިއާގެ ކުރީކޮޅު 'ނޯޒް ޖޮބް'އެއް ހެދިކަމަށް ޓައިރާ ބޭންކްސް އެއްބަސްވެއްޖެ!

ޓައިރާ ބޭންްކްސް މޮޑެލް ކުރަން ފަށާފައިވަނީ އުމުރުން 15 އަހަރުގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 29 މާރިޗު 2018 | ބުރާސްފަތި 06:51
ޓައިރާ ބޭންކްސް

ޓައިރާ ބޭންކްސް

އުމުރުން 15 އަހަރުގައި މޮޑެލް ކުރަން ފެށި، ދުނިޔޭގެ އެންމެ މަޝްހޫރު އެއް މޮޑެލްކަމަށްވާ ޓައިރާ ބޭންކްސް ނޭފަތުގެ ސަރޖަރީ ހެދިކަމަށް އެއްބަސްވެއްޖެއެވެ.

އުމުރުން 44 އަހަރުގެ ޓައިރާގެ ހަޔާތަށް ބިނާކޮށް ލިޔެފައިވާ "ޕަރފެކްޓް އިޒް ބޯރިންގ" އަންނަ އޭޕްރިލް މަހު 4 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ އިރު، މި ފޮތުގައި އޭނާގެ ކެރިއާއާއި އަމިއްލަ ދިރިއުޅުމުގެ ގިނަ ވާހަކަތަކެއް ވަނީ ކިޔައިދީފައެވެ.

މަންމަ ކެރޮލައިން ލަންޑަންއާއެކު ލިޔެފައިވާ މި ފޮތުގައި ޓައިރާގެ މޮޑެލިންގ ހަޔާތުގެ ގިނަ ވާހަކަތަކެއް ހިމެނޭނެއެވެ. އޭގެ ތެރޭގައި "ނޯޒް ޖޮބް"އެއް ހަދަން ނިންމި ނިންމުމާ ބެހޭ މައުލޫމާތުވެސް ހިމެނެއެވެ. މިއީ ނޭފަތުގެ ސަރޖަރީ ހެދިކަމަށް ޓައިރާ އެއްބަސްވި ފުރަތަމަ ފަހަރެވެ.

"އަހަރެންގެ ނޭފަތުގެ ތެރޭގައި ކަށިތަކެއް ހުރެ، ވަރަށް ބޮޑަށް ކަހާ ހެދި. އެއްވެސް އުނދަގުލެއް ނެތި ނޭވާލާ ހެދުނު، އެކަމަކު ކޮސްމެޓިކް ސަރޖަރީ ހަދަން ނިންމީ،" ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މި ވާހަކަތައް އާންމުންނާއި ހިއްސާ ކުރަން ނިންމީ "ހަގީގަތަށް ވާހަކަ ދެއްކުމަކީ ޒިންމާއެއް"ކަމަށް ގަބޫލު ކުރެވޭތީކަމަށްވެސް ޓައިރާ ބުންޏެވެ.

ގުދުރަތީ ރީތަކަމަކީ "އަންފެއާ" އެއްޗެއްކަން ފާހަގަކޮށް ޓައިރާ ބުނީ އެފަދަ ރީތިކަމެއް ލިބިފައިވާ ފަރާތެއް އެހެން މީހަކު ރީތިވާން ކުރާ ކަންކަމަށް ފާޑު ކިޔުމަކީ ވަރަށް އުނދަގޫވާ ކަމެއްކަމަށެވެ. އަދި އެމީހެެއްގެ އަމިއްލަ "ބެސްޓް" ފީލްވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އޭނާ ތާއީދު ކުރާކަމަށް ޓައިރާ ބުނެފައިވެއެވެ.

1990ގެ އަހަރުތަކުން ފެށިގެން މޮޑެލިން ދުނިޔެއިން ފެންނަ ޓައިރާއަކީ މުޅި ދުނިޔޭގެވެސް އެންމެ މަޝްހޫރު އެއް މޮޑެލްއެވެ. އޭނާއަކީ ޖީކިއު އަދި ސްޕޯޓްސް އިލަސްޓްރޭޓެޑް ފަދަ މަޖައްލާތަކުން ފެނިގެން ދިޔަ ފުރަތަމަ ކަޅު ނަސްލުގެ މޮޑެލްއެވެ. އަދި 1995 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް އޭނާއަކީ ވިކްޓޯރިއާސް ސީކްރެޓްގެ އޭންޖަލްއެއްވެސް މެއެވެ.

އޭނާގެ އެކްޓިންގ ކެރިއަރ ފަށާފައިވަނީ 1993 ވަނަ އަހަރު، މަޝްހޫރު ސީރީޒް "ފްރެޝް ޕްރިންސް އޮފް ބެލް އެއާ"އިން ނެވެ. އެއަށްފަހު 1995ގެ ހަޔަރ ލަރނިންގ އިން ޓައިރާގެ ފުރަތަމަ ފިލްމްގެ ރޯލް ލިބުނެވެ. އޭގެ ފަހުން، ވޭތުވެދިޔަ އަހަރު ތަކުގައި ޓައިރާ ޓީވީ ޝޯވތަކުންނާއި ފިލްމްތަކުން ފެނިފައިވެއެވެ.

ނަމަވެސް ޓައިރާގެ އެންމެ ބޮޑު ކާމިޔާބީ އަކީ އޭނާ 2003 ވަނަ އަހަރު އުފެއްދި "އެމެރިކާސް ނެކްސްޓް ޓޮޕް މޮޑެލް"އެވެ. އެ ޝޯވ މިހާރު 24 ވަނަ ސީޒަންގެ އުޅޭއިރު، ޓައިރާ އަކީ މިހާރު "އެމެރިކާސް ގޮޓް ޓެލެންޓް"ގެ ހޯސްޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

25 ނޮވެމްބަރު 2025
ޓައިޓޭނިކް އަޑިއަށް ދިޔައިރު މަރުވި ފަސްޓް ކްލާސް ފަސިންޖަރެއްގެ ޕޮކެޓް ގަޑިއެއް 1.7 މިލިއަން ޕައުންޑަށް ނީލަން ކިޔައިފި

ޓައިޓޭނިކް އަޑިއަށް ދިޔައިރު މަރުވި ފަސްޓް ކްލާސް ފަސިންޖަރެއްގެ ޕޮކެޓް ގަޑިއެއް 1.7 މިލިއަން ޕައުންޑަށް ނީލަން ކިޔައިފި

23 ނޮވެމްބަރު 2025
ދުނިޔޭގެ އެންމެ ފުރަތަމަ ކަލްކިއުލޭޓަރ ނީލަމުގައި ވިއްކާލުން ޕެރިހުގެ ކޯޓަކުން ހުއްޓުވައިފި

ދުނިޔޭގެ އެންމެ ފުރަތަމަ ކަލްކިއުލޭޓަރ ނީލަމުގައި ވިއްކާލުން ޕެރިހުގެ ކޯޓަކުން ހުއްޓުވައިފި

20 ނޮވެމްބަރު 2025
މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

06 ނޮވެމްބަރު 2025
"ހުސެން ޒާހިރު" އެއް އުފެދޭ ގޮތް

"ހުސެން ޒާހިރު" އެއް އުފެދޭ ގޮތް

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު