Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކައިވެނި

އިންޑިއާ ގައި 35 އަހަރުގެ އަންހެނަކާ ކައިވެނި ކުރި 75 އަހަރުގެ މީހަކު ކައިވެންޏަށް އެއް ދުވަސް ނުވަނީސް މަރުވެއްޖެ

ފުރަތަމަ އަނބިމީހާ މަރުވުމާ ގުޅިގެން އެކަނިވެރިވެފައި ހުރި 75 އަހަރުގެ މުސްކުޅިއަކު، 35 އަހަރުގެ އަންހެނަކާ ކައިވެނިކޮށްފައި އަނެއް ދުވަހު މަރުވުން އެ ފިރިހެން މީހާގެ އާއިލާ އިން ދެކެނީ ޝައްކުގެ ނަޒަރަކުން ކަމަށް ރިޕޯޓުތައް ބުނޭ.

ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2025 | އާދީއްތަ 14:30
އުމުރުން 75 އަހަރުގެ ފިރިހެނަކު ކައިވެނި ކުރީ އޭނާގެ އުމުރުގެ ދެބައިކުޅަ އެއްބައި އުމުރުގެ އަންހެނަކާ

އުމުރުން 75 އަހަރުގެ ފިރިހެނަކު ކައިވެނި ކުރީ އޭނާގެ އުމުރުގެ ދެބައިކުޅަ އެއްބައި އުމުރުގެ އަންހެނަކާ

އުމުރުން 75 އަހަރުގެ ދުވަސްވީ އިންޑިއާ މީހަކު ހަޔާތުގެ ބައިވެރިއެއް ހޯދުމަށް ކުރި އުންމީދު ޙަޤީޤަތަކަށްވި ނަމަވެސް، އެކަން ދެމިގެން ދިޔައީ ކުރު މުއްދަތަކަށެވެ. އުއްތަރު ޕްރަދޭޝްގެ ޖައުންޕޫރުގައި އޭނާ 35 އަހަރުގެ އަންހެނަކާ ކައިވެނިކުރި ނަމަވެސް، ޖެހިގެން އައި ދުވަހުގެ ހެނދުނު އޭނާ ވަނީ މަރުވެފައެވެ.

މި ހާދިސާ ހިނގީ އެ ސަރަޙައްދުގެ ކުޗްމުޗް އަވަށުގައެވެ. އެ އަވަށުގައި އޭނާ އުޅެމުން އައީ، އޭގެ އަހަރެއްހާ ދުވަސް ކުރިން އޭނާގެ ފުރަތަމަ އަނބިބިމީހާ މަރުވުމަށްފަހު އެކަނިވެރިކަމުގައެވެ.

އެންޑީޓީވީން ރިޕޯޓުކުރި ގޮތުގައި، ސަންގްރޫރާމް ކިޔާ އެ މީހާ ކައިވެނި ކުރުމަށް ފަހު ކުއްލިއަކަށް މަރުވުމާ ގުޅިގެން އޭނާގެ ޢާއިލާ އާއި އަވަށްޓެރިންގެ މެދުގައި ވަހުމު ތަކެއް އުފެދިފައިވެއެވެ.

ފުރަތަމަ ކައިވެނިން ދަރިއަކު ނުލިބި، ދަނޑުވެރިކަމުގެ މައްޗަށް ބަރޯސާވެގެން އުޅުނު އެ މީހާ، އެކަނިވެރިކަން ފިލުވުމަށް އަލުން ކައިވެނި ކުރުމަށް ނިންމީ އޭނާގެ އުމުރުގެ ދެބައިކުޅަ އެއްބައި އުމުރުގެ އަންހެނަކާއެވެ.

އޭނާގެ ބައެއް ގާތްތިމާގެ މީހުންނާއި އަވަށުގެ މީހުން ބުނާ ގޮތުގައި އޭނާ ވަނީ ފަހަކަށް އައިސް އަލުން ކައިވެނި ކުރަން ބޭނުންވާ ވާހަކަ ދައްކާފައެވެ. ނަމަވެސް އޭނާގެ ޢާއިލާ އިން ވަނީ އެކަން ނުކުރުމަށް ނަސޭހަތްތެރިވެފައެވެ.

އެހެން ނަމަވެސް، އޭނާ 35 އަހަރުގެ މަންބަވަތީ އާ ކައިވެނި ކުރީ ސެޕްޓެމްބަރު 29 ވަނަ ދުވަހު އެވެ. އެ ދެމަފިރިން ކޯޓު މެދުވެރިކޮށް ކައިވެނި ކުރުމަށްފަހު، ފަހުން ކުޑަ ހަފްލާ އެއް ބޭއްވިއެވެ.

މިއީ އެ އަންހެން މީހާގެ ވެސް ދެވަނަ ކައިވެންޏެވެ. ރިޕޯޓުތަކުގައިވާ ގޮ ގޮތުން އޭނާގެ ކުރީގެ ފިރިމީހާ އަށް ތިން ކުދިން ލިބިފައިވެއެވެ. އެއީ ދެ އަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖެކެވެ.

މަންބަވަތީ ބުނާ ގޮތުގައި އެ ދެމަފިރިން ކައިވެނީގެ ރޭ ހޭދަކުރީ ގިނަ ވަގުތު އެކަކު އަނެކެއްގެ ހަޔާތުގެ ވާހަކަތައް ކިޔައިދިނުމުގައެވެ.

ނަމަވެސް، އަނެއް ދުވަހަށް އިރު އެރުމާއެކު ސަންގްރޫރާމްގެ ޞިއްޙީ ޙާލަތު ކުއްލިއަކަށް ދަށްވިއެވެ. އޭނާ ގެންދެވުނީ ހޮސްޕިޓަލަކަށެވެ. އެތަނުގައި ޑޮކްޓަރުން އޭނާ މަރުވެފައިވާ ކަމަށް އިޢުލާނުކުރިއެވެ.

އޭނާ މަރުވި ސަބަބު އަދިވެސް ނޭނގެއެވެ.

މަސްދަރު: ހިންދުސްތާން ޓައިމްސް

ކައިވެނި

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި

އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި

13 ޖެނުއަރީ 2017
އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިން އުފެއްދި މީހާގެ މައްޗަށް ބަޔޮޕިކެއް ނެރެނީ

އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިން އުފެއްދި މީހާގެ މައްޗަށް ބަޔޮޕިކެއް ނެރެނީ

12 ޖެނުއަރީ 2017
ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

11 ޖެނުއަރީ 2017
ޖެމީ ފޮކްސްއަށް ހޮލީވުޑް ރެސްޓޯރަންޓެއްގައި ބަޔަކު ޙަމަލާ ދީފި

ޖެމީ ފޮކްސްއަށް ހޮލީވުޑް ރެސްޓޯރަންޓެއްގައި ބަޔަކު ޙަމަލާ ދީފި

10 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު