Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ގެވެށި އަނިޔާ

"ހުސެން ޒާހިރު" އެއް އުފެދޭ ގޮތް

މިއީ އެތައް ދުވަހެއް ވަންދެން އަނިޔާއާ ދެކޮޅަށް ތެދުވަން ނުކެރި ބަސް ނުބުނެ ހުރުމަށްފަހު ތޮށިގަނޑު ފަޅާ ނުކުމެ ބަސް ބުނަން ފެށުމުން ވެސް ދައްކާ ބިރުގެ ވާހަކައެވެ.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2025 | ހޯމަ 12:53
ގެވެށި އަނިޔާ ހުއްޓުވަން މަސައްކަތް ކުރުމަކީ އެންމެންގެ ޒިންމާއެއް

ގެވެށި އަނިޔާ ހުއްޓުވަން މަސައްކަތް ކުރުމަކީ އެންމެންގެ ޒިންމާއެއް

މިއީ މީމް ހަދައިގެން ސަކަރާތްޖަހާލާފައި އަންނަ ހަފްތާއިން ފެށިގެން އާ މައުލޫއަކަށް ސޯޝަލް މީޑިއާ ބަހުސްތައް ބަދަލުކޮށްފައި ދޫކޮށްލާ ވަރަށްވުރެ ޚައްސާސް މައްސަލައެކެވެ. ގެވެށި އަނިޔާ އެވެ. ދަރީންނަށް ޚަރަދު. ނުދިނުމެވެ. އެތައް ދުވަހެއް ވަންދެން އަނިޔާއާ ދެކޮޅަށް ތެދުވަން ނުކެރި ބަސް ނުބުނެ ހުރުމަށްފަހު ތޮށިފަޅާ ނުކުމެ ބަސް ބުނަން ފެށުމުން ވެސް ދައްކާ ބިރުގެ ވާހަކައެވެ. ފިރެހެނުން ނަގާކިޔާ (މޭލް ޑޮމިނަންޓް) މުޖުތަމައުއެއްގައި އަދިވެސް އަންހެނުން އުޅޭ ހާލަތު, މީމް އަކަށް ހަދައިގެން މި ފަތުރާ ވާހަކައިން އެނގެ އެވެ. މިއީ އަސްލެއް ނެތް ތުހުމަތު ތަކަކަށް ވިޔަސް އަދި ނުވިޔަސް މިއީ މު މުޖުތަމައުގައި އޮތް ވިޔާނުދާ ސަގާފަތެއް ޚުލާސާކޮށް ބުނެދޭ ވާހަކައެކެވެ.

ފިރެހެނުން އިސްވުން( މޭލް ސުޕީރިއޯރިޓީ)

ގަބޫލު ކުރިޔަސް ނުކުރިޔަސް މިކަން ނިމުމަކަށް ނުގެނެވެ އެވެ. ބޭބެގެ އަންނައުނު އިސްތިރިކުރުމާ, ބޭބެއަށް ކާން ހަދައިދިނުމާ, ބޭބެ ކެއީމާ ތަށި ދޮވުމާ, ބޭބެ ހުކުރުން އައިސް ކެއީމާ ބާކީ ހުރިއްޔާ ކާން ޖެހޭ އަންހެނުންނާ, އަންހެން ކުދިން އަދިވެސް މުޖުތަމައުގައި މަދެއް ނުވެ އެވެ. މި ބުނެވުނު ކަންކަމުގައި ދެ ޖިންސް ފަރަގު ކުރަނީ ކޮން ވިސްނުމެއްގެ ދަށުން، ކީއްވެގެން ކަމެއް ނޭނގެ އެވެ. އެކަމަކު މިއީ އަދިވެސް އޮތް ސަގާފަތެއް ކަމަށް ގަބޫލުކުރަން ޖެހެއެވެ. ފިރެހެން ކޮއްކޮ އެއް ހުރިނަމަވެސް ދައްތައެއީ މި މަސައްކަތްތައް ކުރަން ޖެހޭ މީހާ އެވެ. މިއީ މުޖުތަމައު ގަބޫލުކޮށްފައި ހުރި ނުރަނގަޅު އާދަތަކެވެ.

ބެލެނިވެރިކަމާއި ޚަރަދުކުރުން އޮތްނަމަ ވަކިން ޚާއްސަކޮށް އިސްވުން

އިސްވެ ބުނެވުނު ދިރިއުޅުން ވޭތުކުރަމުން ދާ ބޭބެއެއް ނުވަތަ ކޮށްކޮ އަކު އާއިލާގެ ޚަރަދު ބަރަދު ބަލަހައްޓާ އިސްމީހަކަށް ( ބްރެޑް ވިނަރ) އަށް ވެއްޖެ ނަމަ އަދި ވަކީން ހާލަތު ގޯސްވާކަމަށް ފެނެ އެވެ. އޭނާ އަށް އޭރަށް އެހުރެވުނީ ނިކަން ބޮޑު ޒިންމާއެއް ކޮނޑުގައި އެޅިފަ އެވެ. އަންހެން ކޮއްކޮ ނޫނީ ދައްތަ ނަހަމަ މަގަކުން ދިއުން މަނާކުރާނެ މޭސްތިރިއަކީ އޭނާ އެވެ. ވާހަކަ ދައްކާންވީ މީހުންނާއި، ގެއަށް ވަންނަންވީ ގަޑި ވެސް ކަނޑައަޅާނީ ބޭބެ އެވެ. މި އަދަބު އަޚުލާގަށް ކޮއްކޮ ހޭނުމަށްޓަކައި އަނިޔާކުރުން ވެސް އާއިލާތެރެއިން ބަލައިގަނެއެވެ. ކޮއްކޮ އިންނަންވެސް ބޭބެ ހިތްއެދެނީ ނިކަން "މިލިޓަރީ" ފިރެހެނަކާ ކަމަށް ވާނަމަ އެކަން ވެސް ކުރަން ޖެހެނީ އެ އެދޭ ގޮތަކަށެވެ.

މި ބޭބެގެ ޒަވާޖީ ހަޔާތްވެސް ފެށެ އެވެ. މަންމަ ގަބޫލުކުރި މޭލް ސުޕީރިއޮރިޓީގައި ބޮޑުވެގެން އައި ފިރެހެނާ އެހެން އަންހެނެއްގެ މައްޗަށް އަމްރު މައުރޫފު ހިންގަން ފަށަ އެވެ. ކައިވެންޏަކީ ހަމަހަމާއެކު ކަންކަމާ ދެމީހުން ވާހަކަދައްކައިގެން ގޮތްތައް ނިންމަން ޖެހޭ ދިރިއުޅުމުގެ ހަރުފަތަކަށްވުރެ ބޮޑަށް އެއީ ފިރެހެން މީހާ ބުނީމާ ބުނިގޮތަކަށް ކަންކަން ހިނގަންޖެހޭ ދިރިއުޅުމެއްކަމުގައި އެ ފިރެހެނާއަށް ދެކެވެ އެވެ. އޭނާ އޭދޭ ގޮތަށް ކަންކަން ނުވީމާ އަތް އިސްކުރުން އެއީވެސް އޭނާގެ ހައްގަކަށްވެ އެ ވާހަކަ ދެއްކުން އެއީ އަންހެނާ ކުރާ ފާފައެއް ކަމުގައި ކަނޑައެޅެއެވެ. ދަރީން ލިބުނީމާ ރަނގަޅުވާނެ ކަމުގެ ހުވަފެން ދައްކާ ދަރީންވެސް ހޯދަ އެވެ. އޭގެ ފަހުން ދޭ ނިކަމެތިން އަދި މާބޮޑެވެ. ކައިވެނި ރޫޅާލާއިރު ހުންނަނީ ފުރިހަމަ "ހުސެން ޒާހިރު" އެއް އުފެދިފަ އެވެ.

ގެވެށި އަނިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

"2020ގެ ތަފާސްހިސާބަށް ބަލާ ނަމަ އިންޓަރނެޓް ބޭނުންކޮށްގެން އެކި ކަހަލަ އަނިޔާ ކޮށްފައިވާ މިންވަރު މައްޗަށް ދިޔަ"

"2020ގެ ތަފާސްހިސާބަށް ބަލާ ނަމަ އިންޓަރނެޓް ބޭނުންކޮށްގެން އެކި ކަހަލަ އަނިޔާ ކޮށްފައިވާ މިންވަރު މައްޗަށް ދިޔަ"

01 ޑިސެމްބަރު 2025
ތަފާސް ހިސާބު: ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 100 މައްސަލައެއް!

ތަފާސް ހިސާބު: ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 100 މައްސަލައެއް!

29 އޮކްޓޯބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
ކުލަގަދަ ހަފްލާއަކާއެކު "ކަނބުލޮ" ޕްރިމިއަރކޮށްފި

ކުލަގަދަ ހަފްލާއަކާއެކު "ކަނބުލޮ" ޕްރިމިއަރކޮށްފި

01 ސެޕްޓެމްބަރު 2025
މެލޭޝިޔާ ފުލުހުން ތަހުގީގު ކުރާ މައްސަލައަަކަށް ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފި

މެލޭޝިޔާ ފުލުހުން ތަހުގީގު ކުރާ މައްސަލައަަކަށް ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފި

30 އޯގަސްޓު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު