Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކެމް އެއަރ

އަފްޣާން ކުއްޖަކު މަތިންދާ ބޯޓުގެ ލޭންޑިން ގިއަރުގައި ފޮރުވިގެން ދިއްލީ އަށް ދަތުރު ކޮށްފި

އަފްޣާނިސްތާނުގެ 13 އަހަރުގެ ކުއްޖަކު ކެމް އެއަރގެ ފަސިންޖަރު ބޯޓެއްގެ ފުރޮޅުގެ ކެންޑުމުގެ ތެރޭގައި ފޮރުވިގެން ދަތުރު ކުރިކަން އެނގުނީ ދިއްލީގެ ބައިނަލްއަޤްވާމީ އެއަރޕޯޓުގެ ރަންވޭ މަތީގައި ހިނގާބިނގާވެ އުޅެނިކޮށް ފެނުމުންނެވެ.

ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 18:48
ކެމް އެއަރ ގެ ބޯޓެއް - އެ ކުއްޖާ ދަތުރުކުރީ ފާހަގަ ނުކުރެވި ލޭންޑިން ގިއާ ކޮމްޕާޓްމަންޓުގައި ފޮރުވިގެން

ކެމް އެއަރ ގެ ބޯޓެއް - އެ ކުއްޖާ ދަތުރުކުރީ ފާހަގަ ނުކުރެވި ލޭންޑިން ގިއާ ކޮމްޕާޓްމަންޓުގައި ފޮރުވިގެން

ކެމް އެއަރގެ ފަސިންޖަރު ބޯޓެއްގެ ފުރޮޅުގެ ކެންޑުމުގެ ތެރޭގައި ފޮރުވިގެން، އަފްޣާނިސްތާނުގެ 13 އަހަރުގެ ކުއްޖަކު ކާބުލް އިން އިންޑިއާގެ ދިއްލީ އަށް ނުރައްކާތެރި ދަތުރެއް ކޮށްފިއެވެ.

އޮފިޝަލުން ބުނާ ގޮތުގައި، އަފްޣާނިސްތާނުގެ އުތުރުގައި އޮންނަ ކުންދުޒް ސިޓީ އަށް ނިސްބަތްވާ އެކުއްޖާ ފެނިފައިވަނީ، ބޯޓު ހޯމަ ދުވަހު ޖެއްސުމަށް ފަހު ދިއްލީގެ ބައިނަލްއަޤްވާމީ އެއަރޕޯޓުގެ ރަންވޭ މަތީގައި ހިނގާބިނގާވެ އުޅެނިކޮށެވެ.

އިންޑިއާގެ ސެކިއުރިޓީ އޮފިޝަލުން އޭނާ ހައްޔަރުކޮށް، އެތައް ގަޑިއިރެއް ވަންދެން ސުވާލު ކުރުމަށް ފަހު، ހަމަ އެ ބޯޓުން ކާބުލް އަށް އަނބުރާ ފޮނުވާލެވުނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އެކުއްޖާ ބުނީ އޭނާ އެ ދަތުރުކުރީ ކަންކަން ތަޖުރިބާ ކުރުމުގެ ބޭނުމުގައި ކަމަށެވެ.

އިންޑިއާގެ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީ.އައި.އެސް.އެފް) ގެ ތަރުޖަމާނަކު ބުނީ، ކެމް އެއަރލައިންސްގެ ފްލައިޓް RQ-4401 ގައި އެކުއްޖާ ފޮރުވިގެން ދަތުރުކުރިކަން އެއްވެސް މީހަކަށް އެނގިފައި ނުވާ ކަމަށާއި، އެ ބޯޓު ދިއްލީގައި ޖައްސާފައިވަނީ އާދިއްތަ ދުވަހު ގާތްގަނޑަކަށް ހެނދުނު 11:10 ގައެވެ.

ފުލުހުންނަށް އޭނާ ފެނިފައިވަނީ އެކަނި ހިނގާބިނގާވެ އުޅެނިކޮށް ކަމަށާއި، އެހެންވެ އޭނާ ހައްޔަރުކޮށް ސުވާލުކުރި ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އެކުއްޖާ ބަޔާންކުރީ އޭނާ ފޮރުވިގެން ދަތުރުކުރީ ބޯޓުގެ ފަހަތު ލޭންޑިންގ ގިއަރ ކޮމްޕާޓްމެންޓްގައި ކަމަށެވެ.

ބޯޓުގެ ސަލާމަތީ އިތުރު އިންސްޕެކްޝަންތައް ހެދުމަށް ފަހު، އެއަރލައިންގެ މުވައްޒަފުންނަށް ކުޑަ ރަތްކުލައިގެ އޯޑިއޯ ސްޕީކަރެއް ވެސް ފެނިފައިވެއެވެ.

އިންޑިއަން އެކްސްޕްރެސް ނޫހުން ރިޕޯޓުކުރި ގޮތުގައި، 13 އަހަރުގެ އެކުއްޖާ ދާން ބޭނުންވީ އީރާނަށް ކަމަށާއި، އޭނާ އެރި ފްލައިޓަކީ ތެހެރާނަށް ދާ ފްލައިޓެއް ނޫނ ކަމާއި ދިއްލީއަށް ދަތުރުކުރާ ފްލައިޓެއްކަން އޭނާއަށް އެނގިފައެއް ނުވެއެވެ.

ނޫހުން ބުނާ ގޮތުގައި، އެކުއްޖާ ސިއްރުން ކާބުލް އެއަރޕޯޓަށް ވަދެ، ފަސިންޖަރުންގެ ބަޔަކާއެކު ފޮރުވިގެން ގޮސް، ބޯޓުގެ ފަހަތު ފުރޮޅު ލެއްޕޭ ކެންޑުމުގެ ތެރެއަށް ވަދެ ފޮރުވުނެވެ. އޭނާގެ އަތުގައި އޮތީ ހަމައެކަނި ރަތްކުލައިގެ ސްޕީކަރު އެކަންޏެވެ.

މިފަދަ ހާދިސާތައް މިފަހުން އެމެރިކާއަށް އަދި ޔޫރަޕަށް ދަތުރުކުރާ ފްލައިޓުތަކުގައި ވެސް ހިނގާފައިވެއެވެ. ނަމަވެސް، އެމީހުންގެ ތެރެއިން މަންޒިލަށް ފޯރާ އިރު ތިރިތިބޭ މީހުން ވަރަށް މަދެވެ.

މާހިރުން ބުނާ ގޮތުގައި، މިފަދަ ދަތުރުތަކުން ސަލާމަތްވާ ގިނަ މީހުން، ބޯޓު ތިރިކުރާ ވަގުތު ހޭނެތިފައި ތިބޭއިރު، ލޭންޑިންގ ގިއަރ ތިރިކުރާއިރު ވެއްޓި މަރުވުމުގެ ނުރައްކަލާ ކުރިމަތިވެއެވެ.

2022 ވަނަ އަހަރު، 22 އަހަރުގެ ކެންޔާ ފިރިހެނެއް އަމްސްޓެރްޑޭމްގައި ކާގޯ ބޯޓެއްގެ ފޮރޮޅު ކެންޑުމުގެ ތެރޭގައި ދިރިހުއްޓާ ފެނިފައިވެއެވެ.

މަސްދަރު: ބީބީސީ

އަފްޣާނިސްތާން-އިންޑިއާކެމް އެއަރކާބުލްދިއްލީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ

އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ

12 އޮކްޓޯބަރު 2025
ކާބުލްއަށް ދިން ބޮމުގެ ހަމަލާއެއްގައި 19 މީހުން މަރުވެއްޖެ

ކާބުލްއަށް ދިން ބޮމުގެ ހަމަލާއެއްގައި 19 މީހުން މަރުވެއްޖެ

30 ސެޕްޓެމްބަރު 2022
ކާބުލްގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައިފި، ގިނަ ބަޔަކު ޝަހީދުވެފައިވާކަމަށް ރިޕޯޓްތައް ބުނޭ

ކާބުލްގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައިފި، ގިނަ ބަޔަކު ޝަހީދުވެފައިވާކަމަށް ރިޕޯޓްތައް ބުނޭ

17 އޯގަސްޓު 2022
އައިސިލް ލީޑަރުގެ މައުލޫމާތުދޭ ފަރާތަކަށް 10 މިލިއަން ޑޮލަރު

އައިސިލް ލީޑަރުގެ މައުލޫމާތުދޭ ފަރާތަކަށް 10 މިލިއަން ޑޮލަރު

08 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު