Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކަލްކިއުލޭޓަރު

ދުނިޔޭގެ އެންމެ ފުރަތަމަ ކަލްކިއުލޭޓަރ ނީލަމުގައި ވިއްކާލުން ޕެރިހުގެ ކޯޓަކުން ހުއްޓުވައިފި

ސައިންސްވެރިންނާއި ރިސާޗަރުން ވަނީ 1642 ވަނަ އަހަރު އުފައްދާފައިވާ މި މެޝިނަކީ ގައުމީ ތަރިކަ އެއްގެ ރައްކައުތެރިކަން ލިބެން ޖެހޭނެ އެއްޗެއް ކަމުގައި ކޯޓުގައި ބުނެފައި.

ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2025 | ބުރާސްފަތި 11:48
ލާ ޕަސްކަލައިން، ދުނިޔޭގެ ފުރަތަމަ މެކޭނިކަލް ކެލްކިއުލޭޓަރ

ލާ ޕަސްކަލައިން، ދުނިޔޭގެ ފުރަތަމަ މެކޭނިކަލް ކެލްކިއުލޭޓަރ

ދުނިޔޭގެ އެންމެ ފުރަތަމަ ކަލްކިއުލޭޓަރުގެ ގޮތުގައި ބެލޭ މެޝިން ނީލަމުގައި ވިއްކާލުން ފަރަންސޭސި ވިލާތުގެ ޕެރިހުގެ ކޯޓަކުން ހުއްޓުވައިފި އެވެ.

ދުނިޔޭގެ ފުރަތަމަ އީޖާދު ކުރި ކަލްކިއުލޭޓަރުގެ ގޮތުގައި ބެލޭ މި މެޝިން ނީލަން ކިޔުމަށް ކޯޓުން ހުރަސް އެޅުމާ އެކު، އެ މެޝިން ނީލަމަށް ނުލާ ގޮތައް މިހާރު ވަނީ ނިންމާފައި ކަމަށް ނީލަން އިންތިޒާމު ކުރާ ކްރިސްޓީސް އިން ވަނީ ބުނެފަ އެވެ.

ފަރަންސޭސި ވިލާތުގެ އެޑްމިނިސްޓްރޭޓިވް ކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ މި އައިޓަމް އެ ގައުމުން ބޭރަށް ނުގެންދެވޭނެ ކަމަށެވެ.

ނީލަން އިންތިޒާމު ކުރި ކްރިސްޓީސް އިން ކަށަވަރުކޮށްފައި ވަނީ މި މެޝިން އަކީ 1642 ވަނަ އަހަރު ފަރަންސޭސި ހިސާބު އިލްމުވެރިޔާ ބްލެއިސް ޕާސްކަލް އުފައްދަވާފައިވާ މެޝިނެއް ކަމަށެވެ. މި މެޝިނަށް ދީފައިވާ ނަމަކީ ލަ ޕާސްކަލިން އެވެ.

ލަފާ ކުރެވިފައިވާ ގޮތުގައި މި މެޝިން އަށް ނީލަމުގައި 2 މިލިއަން ޔޫރޯ އާއި 3 މިލިއަން ޔޫރޯ އާ ދެމެދުގެ އަގެއް ލިބޭނެ އެވެ.

ނީލަމުގެ ވާހަކަ ފެންމަތި ވުމާއެކު ސައިންސްވެރިންނާއި ރިސާޗަރުން ނާއި ހެރިޓޭޖް ގްރޫޕް ތަކުން ވަނީ ކޯޓުގައި ތާރީހީ މި އާލާތަށް ތަރިކަ އެއް ގޮތުން ރައްކާތެރިކަން ދިނުމަށް އެދިފައެވެ. އެއީ "ގައުމީ ތަރިކަ އެއް" ގެ ގޮތުގައި ބަލަން ޖެހޭނެ ކަމަށް އެ ފަރާތްތަކުން ބުނެފައި ވެއެވެ.

މި މެޝިން އާ ބެހޭ ގޮތުން ހާމަ ކޮށްފައިވާ މައުލޫމާތު ގައި ވާ ގޮތުން ޕާސްކަލް ކަލްކިއުލޭޓަރު ގެ ފުރަތަމަ ވާޝަން އުފައްދަވާފައި ވަނީ އޭނާގެ އުމުރުން އެންމެ 19 އަހަރުގަ އެވެ. މި މެޝިންތަކުގެ ތެރެއިން މިހާރު ދުނިޔޭގައި ފެންނަން އޮތީ ނުވަ މެޝިން އެކަންޏެވެ.

މިއީ އިންސާނީ ތާރީޚު ގައި، ސިކުނޑިން ހަދަމުން އައި ހިސާބު މެޝިނަކުން ކުރާ ގޮތައް ބަދަލު ކުރުމަށް ކުރި ފުރަތަމަ މަސައްކަތެވެ.

ބްލެއިސް ޕާސްކަލްލަ ޕާސްކަލިންކަލްކިއުލޭޓަރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

23 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

20 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ބަރުދަން ލުއިކުރުމަށް އިންޑިޔާއަށް ގެނެސްފި

ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ބަރުދަން ލުއިކުރުމަށް އިންޑިޔާއަށް ގެނެސްފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު