Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޓައިޓޭނިކް

ޓައިޓޭނިކް އަޑިއަށް ދިޔައިރު މަރުވި ފަސްޓް ކްލާސް ފަސިންޖަރެއްގެ ޕޮކެޓް ގަޑިއެއް 1.7 މިލިއަން ޕައުންޑަށް ނީލަން ކިޔައިފި

18 ކެރެޓުގެ ޕޮކެޓް ގަޑިއެއް 1.78 މިލިއަން ޕައުންޑަށް ވިކިއްޖެ - މިއީ 1912 ގައި ޓައިޓޭނިކް އަޑިއަށްދިޔައިރު މަރުވި އިސިޑޯ ސްޓްރައުސްގެ 43 ވަނަ އުފަންދުވަހުގެ ހަދިޔާއެވެ. ޓައިޓޭނިކް އާ ގުޅުން ހުރި އެއްޗަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އަގަކީ މިއީ.

ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2025 | އާދީއްތަ 14:14
ނީލަމުގައި ވިއްކާލި 18 ކެރެޓްގެ ރަން ޕޮކެޓް ގަޑި

ނީލަމުގައި ވިއްކާލި 18 ކެރެޓްގެ ރަން ޕޮކެޓް ގަޑި

އެއީ 18 ކެރެޓުގެ، ޖޫލްސް ޖާގެންސަން ބްރޭންޑުގެ، ޕޮކެޓް ގަޑިއެކެވެ. މި ގަޑީގެ ވެރިއަކީ، 1912 ވަނަ އަހަރުގެ އޭޕްރީލް މަހު ޓައިޓޭނިކް އަޑިއަށް ދިޔަ އިރު މަރުވި، ފުރަތަމަ ކްލާހުގެ ދަތުރުވެރިއެއް ކަމަށްވާ އިސިޑޯ ސްޓްރައުސްއެވެ.

އޭނާ އާއި އޭނާގެ އަންހެނުން އައިޑާ، މަޝްހޫރު ފިލްމު "ޓައިޓޭނިކް" ގައި ދައްކުވައިދީފައި ވަނީ، ބޯޓު އަޑިޔަށް ދަމުން ދިޔައިރު އެކަކު އަނެކަކުގެ ގައިގައި ބައްދާލައިގެން ތިބި ދެމަފިރިންގެ ގޮތުގައެވެ.

އުމުރުން ދުވަސްވެފައި ވާތީ ލައިފްބޯޓަކުން ޖާގައެއް ހުށަހެޅުމުން، އޭނާ ޖަވާބު ދިނީ އެހެން ފިރިހެނުންނަށް ވުރެ ކުރިން އޭނާ ނުދާނެ ކަމަށެވެ.

އެއާއެކު އޭނާ ގެ އަންހެނުން ވަނީ އޭނާ ދޫކޮށްފައި ދާން ދެކޮޅު ހަދާފައެވެ. އެ ދެމަފިރިން އެންމެ ފަހުން ދިރިތިއްބާ ފެނުނީ، އެކަކު އަނެކަކުގެ ގާތުގައި ޑެކު މަތީގައި ހުރި ގޮނޑިތަކެއްގައި އިށީނދެ ތިއްބަ އެވެ.

އެ ހާދިސާގައި މަރުވި ފުރަތަމަ ކްލާހުގެ މަދު ދަތުރުވެރިންގެ ތެރޭގައި އެ ދެމަފިރިން ހިމެނެއެވެ.

އެ ގަޑި ފެނުނީ، ސްޓްރައުސްގެ ހަށިގަނޑުންނެވެ. އޭނާގެ އެހެނިހެން އަމިއްލަ ތަކެއްޗާއެކު އެ ގަޑި ވަނީ އޭނާގެ އާއިލާއާ ހަވާލުކޮށްފައެވެ.

އެއީ 1888 ވަނަ އަހަރު އޭނާގެ 43 ވަނަ އުފަންދުވަހަށް ލިބުނު ހަދިޔާއެކެވެ. އެއީ ނިއުޔޯކުގެ ޑިޕާޓްމަންޓް ސްޓޯރެއް ކަމަށްވާ މޭސީސްގެ ޕާޓްނަރަކަށް އޭނާވި އަހަރެވެ.

އެ ދެމަފިރިންގެ އާއިލާގެ އަތުގައި އޮތް މި ގަޑި ވިއްކާލީ، ވިލްޓްޝަޔަރގެ ޑިވައިޒެސްގައި ހުންނަ ހެންރީ އޯލްޑްރިޖް އެންޑް ސަން އޮކްޝަނިއަރސްގަ އެވެ.

އެ ކުންފުނިން ބުނާ ގޮތުގައި، މި ގަޑިއަށް ލިބުނު 1.78 މިލިއަން ޕައުންޑަކީ ޓައިޓޭނިކް އާ ގުޅުން ހުރި އެއްޗަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އަގެވެ.

ޓައިޓޭނިކް

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2019

"ކޮސް ގިނަ މިސްޓޭކް" ގެ ފަސްޓްލުކް: ސަޅިކަމުން ހަމަ ކޮސްކޮށްލައިފި!

26 އޮކްޓޯބަރު 2019
"ކޮސް ގިނަ މިސްޓޭކް" ގެ ފަސްޓްލުކް: ސަޅިކަމުން ހަމަ ކޮސްކޮށްލައިފި!
05 މެއި 2019

މުމްތާޒް މަރުވިކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

05 މެއި 2019
މުމްތާޒް މަރުވިކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
06 މާރިޗު 2019

ކަލަންކްގެ ފަސްޓް ލުކް ދައްކާލައިފި

06 މާރިޗު 2019
ކަލަންކްގެ ފަސްޓް ލުކް ދައްކާލައިފި
19 ފެބުރުއަރީ 2019

ޓޯޓަލް ދަމާލް ޕާކިސްތާނުގައި ނާޅުވަން ނިންމައި، މަރުވި ފުލުހުންގެ އާއިލާތަކަށް ބޮޑު އެހީއެއް

19 ފެބުރުއަރީ 2019
ޓޯޓަލް ދަމާލް ޕާކިސްތާނުގައި ނާޅުވަން ނިންމައި، މަރުވި ފުލުހުންގެ އާއިލާތަކަށް ބޮޑު އެހީއެއް
18 ޖޫން 2018

މިއުޒިކް ދުނިޔޭގެ 'ފަސްޓް ކަޕްލް' ބިޔޯންސޭ އާއި ޖޭ-ޒީ އެކުގައި އަލްބަމެއް ރިލީޒްކޮށްފި

18 ޖޫން 2018
މިއުޒިކް ދުނިޔޭގެ 'ފަސްޓް ކަޕްލް' ބިޔޯންސޭ އާއި ޖޭ-ޒީ އެކުގައި އަލްބަމެއް ރިލީޒްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު