Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު ސައުދު ހުސައިން

އުއްތަމަ ފަނޑިޔާރާއި ކުރީގެ ރައީސް މައުމޫން ހައްޔަރުކުރަން ސަލާމަތީ ހިދުމަތްތަކުން ލަދު ގަންނަންޖެހޭ: ސައުދު

28 މާރިޗު 2018 | ބުދަ 11:35

ސަލާމަތީ ހިދުމަތްތައް ސިޔާސީ ނުފޫޒުން ދުރުވާންޖެހޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 މާރިޗު 2018 | ބުދަ 11:35
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސައުދު ހުސައިން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސައުދު ހުސައިން

ސިޔާސީ ނުފޫޒުން އަދި ސަރުކާރު ބޭނުންހާ ގޮތަކަށް ކަންކަން ކުރުމާއި ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލްއިންސާފުގެ ދާއިރާގެ އެންމެ އިސް ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށްގެން ގެންގުޅެން ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން ލަދު ގަންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫން ޖަލުގައި އޮންނަވާތާ 50 ދުވަސް ފުރުމާ ގުޅިގެން، ސިޔާސީ ޕާޓީތަކުން އަންގާރަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ގައުމު ހަމަ މަގަށް އެޅުމުގެ ޒިންމާ ދައުލަތުގެ ސަލާމަތީ ހިދުމަތުގެ މައްޗަށް ވަރަށް ބޮޑު ކަމަށާއި ނަމަވެސް ޒިންމާ ނަގާތަން ނުފެންނަ ކަމަށެވެ.

Advertisement - newsAdvertisement
"ރައީސް މައުމޫނާއި ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި އަދިވެސް އެހެނިހެން ސިޔާސީ ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރަހީނު ކޮށްގެން ގެންގުޅޭ ކަމަށް ވަންޏާ މިއަދު ސަލާމަތީ ހިދުމަތްތަކުގެ ހިދުމަތްތެރިން ލަދު ގަންނަންޖެހޭނެ. މިރާއްޖޭ ހަމަ މަގަށް އެޅުވުމުގެ ޒިންމާ އަދާކުރަންޖެހޭނީ ސަލާމަތީ ހިދުމަތްތައް. ސަލާމަތީ ހިދުމަތްތައް ފެއިލް ވެއްޖިއްޔާ ދިވެހި ރައްޔިތުން ނިކުންނާނެ، ސަލާމަތީ ހިދުމަތްތައް ވެސް ހަމަ މަގަށް އަޅުވަން،" ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ރައީސް ޔާމީންގެ މި ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ކަންކަން ކުރަމުންދާ ކަމަށާއި މިހާރު ވެސް މިސަރުކާރު ދުވަމުން ދަނީ ގާނޫނުއަސާސީއާ ދުރަށް ކަމަށެވެ.

މީގެ އިތުރުން ސައުދު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތްތަކީ މިސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކަންކަން ފާހަގަކޮށް ގާނޫނީ އިމުގެ ތެރެއަށް ސަރުކާރު ވެއްދުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން ސައުދު ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް ރާއްޖޭގައި އެއްވެސް ވެރިޔަކަށް ވެރިކަން ނުކުރެއްވޭނެ ކަމަށެވެ. މިއަދު ރާއްޖޭގެ ހަމަނުޖެހުން އުފެދިފައި ވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ސަރުކާރުގެ ނުފޫޒުން ތަންފީޒު ކުރުމަށް ދެކޮޅު ހެދުން ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

ދިވެހިރާއްޖެ ފާލުން ނެއްޓިގެން ގޮސްފައި މިވަނީ 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކުން ދެކޮޅު ހެދުމުން ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް