Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާގެ ނަރވް އެޖެންޓް ހަމަލާ

ރަޝިޔާގެ ޑިޕްލޮމެޓުން ފޮނުވާލުން: ނޭޓޯއިންވެސް ރަޝިޔާގެ މުވައްޒަފުން މަދުކޮށްފި

27 މާރިޗު 2018 | އަންގާރަ 23:23

ރަޝިޔާއިން ދަނީ ތުހުމަތުތައް ދޮގުކުރަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 27 މާރިޗު 2018 | އަންގާރަ 23:23
ރަޝިޔާގެ ޚާރިޖީ ވަޒީރު ލަވްރޯފް (ވ) ނޭޓޯގެ ވެރިޔާ ސްޓޮލްޓެންބަރގް (ކ) އާއިއެކު

ރަޝިޔާގެ ޚާރިޖީ ވަޒީރު ލަވްރޯފް (ވ) ނޭޓޯގެ ވެރިޔާ ސްޓޮލްޓެންބަރގް (ކ) އާއިއެކު

އިނގިރޭސިވިލާތުގައި ރަޝިޔާގެ 2 ރައްޔިތަކަށް ނަރވް އެޖެންޓް ބޭނުންކޮށްގެން ހަމަލާދިން މައްސަލައިގައި ޔޫރަޕާއި އުތުރު އެމެރިކާގެ ޤައުމުތަކުން ރަޝިޔާގެ ޑިޕްލޮމެޓުން ބޭރުކުރަމުންދަނިކޮށް، ނޭޓޯއިންވެސް ރަޝިޔާގެ މުވައްޒަފުންގެ އަދަދު މަދުކުރަން ނިންމައިފިއެވެ.

އުތުރު އެޓްލާންޓިކްގެ އަސްކަރީ އިއްތިޙާދުކަމަށްވާ ނޭޓޯއިން ނިންމާފައިވަނީ އެޖަމާޢަތުގެ މައި އިދާރާގައި ބެލްޖިއަމްގައި މަސައްކަތްކުރާ 7 މުވައްޒަފަކު މަދުކުރުމަށެވެ. ނޭޓޯގެ ވެރިޔާ ޖެންސް ސްޓޮލްޓެންބަރގް ވިދާޅުވީ މި ފިޔަވަޅުގެ ސަބަބުން ރަޝިޔާއަށް މެސެޖެއް ލިބިގެންދާނެކަމަށެވެ. އަދި އިތުރު 3 މުވައްޒަފަކު ފޮނުވުމަށް ރަޝިޔާއިން އެދިފައިވީނަމަވެސް އެ 3 މުވައްޒަފުން ގެންނަން ހުއްދަ ނުދޭން ވަނީ ނިންމާފައެވެ. ހަަމައެއާއެކު ނޭޓޯގައި ތިބޭ ރަޝިޔާގެ މުވައްޒަފުންގެ އަދަދު 30 އިން 20 އަށް ބަދަލުކުރުމަށްވެސް ސްޓޮލްޓެންބަރގް ވަނީ ނިންމަވާފައެވެ.

ދުނިޔޭގެ އެކިޤައުމުތަކުން ރަޝިޔާއާއި ދެކޮޅަށް ޑިޕްލޮމެޓިކް ފިޔަވަޅުތައް އަޅަމުން މިދަނީ އިނގިރޭސިވިލާތުގެ ސެލިސްބަރީގައި، އިނގިރޭސިވިލާތަށް ޖާސޫސުކޮށްދިންކަމަށް ރަޝިޔާއިން ތުހުމަތުކުރާ ރަޝިޔާގެ ޖާސޫސީ އިދާރާގެ ކުރީގެ އިސް މުވައްޒަފަކާއި އޭނާގެ އަންހެން ދަރިފުޅަށް ދިން ނަރވް އެޖެންޓް ހަމަލާގެ ފަހަތުގައިވަނީ ރަޝިޔާގެ ސަރުކާރުކަމަށް އިނގިރޭސިވިލާތުން ތުހުމަތުކުރުމާއި ގުޅިގެންނެވެ. އެހެންނަމަވެސް ރަޝިޔާއިން އެ ތުހުމަތު ދޮގުކުރެއެވެ.

ހަމަލާގެ އަމާޒަކަށްވި ސަރްގޭ ސްކްރިޕާލް އާއި އޭނާގެ ދަރިފުޅު ޔޫލިއާ އަދިވެސް 'ކްރިޓިކަލް ކޮންޑިޝަން'ގައި ތިބީ ހޮސްޕިޓަލުގައެވެ.

އިނގިރޭސިވިލާތުން ރަޝިޔާގެ ޑިޕްލޮމެޓުންތަކެއް މިމައްސަލައިގައި ބޭރުކުރުމާއިއެކު، މިހާތަނަށް ޖުމްލަ 27 ޤައުމަކުން ވަނީ ރަޝިޔާގެ ޑިޕްލޮމެޓުން ބޭރުކޮށްފައެވެ. އެގޮތުން އެމެރިކާއިން ވަނީ ރަޝިޔާގެ 60 ޑިޕްލޮމެޓަކު ބޭރުކޮށްފައެވެ. އޭގެ ތެރެއިން 48 މުވައްޒަފުންނަކީ ވެރިރަށް ވޮޝިންޓަންގައި ހުންނަ ރަޝިޔާގެ އެމްބަސީގެ މުވައްޒަފުންނެވެ. ބާކީ 12 ޑިޕްލޮމެޓުންނަކީ ނިއުޔޯކްގައި ހުންނަ އދގެ އޮފީހުގައި މަސައްކަތްކުރާ ރަޝިޔާގެ މުވައްޒަފުންނެވެ.

ރަޝިޔާގެ ޑިޕްލޮމެޓުން ބޭރުކުރަމުންދާ ގިނަ ޤައުމުތަކަކީ ވިލާތުގެ އިއްތިޙާދު ނުވަތަ ނޭޓޯ، ނުވަތަ އެ ދެޖަމާޢަތުގައިވެސް ބައިވެރިވާ ޤައުމުތަކެވެ.

ނޭޓޯގެ ވެރިޔާ ސްޓޮލްޓެންބަރގް ވިދާޅުވީ ޤައުމުތަކުން ޑިޕްލޮމެޓުން ބޭރުކުރުމުގެ މައިގަނޑު ބޭނުމަކީ ރަޝިޔާއަށް ޖާސޫސީ މަސައްކަތްކުރުމަށް ހުރަސް އެޅުމެވެ.

އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ރަޝިޔާގެ އަމަލުތައް ހުންނަ ގޮތުން ދުނިޔޭގެ ޤައުމުތަކުން މިހާރު ދެން ފުދިއްޖެއޭ ބުނެފިކަމަށެވެ. އަދި އިނގިރޭސިވިލާތުން އެޅި ފިޔަވަޅަށް ދުނިޔޭގެ ޤައުމުތަކުން ތަރުޙީބުދީ، އެއްބާރުލުން ދިނުމުން އެކަމަށް އިނގިރޭސީން ޝުކުރު އަދާކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޤައުމުތަކުގެ ފިޔަވަޅުތަކަށް ރައްދު ދޭނެކަމަށް ރަޝިޔާގެ ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ވިދާޅުވީ ޤައުމުތަކުން ފިޔަވަޅު އެޅި އެމެރިކާއިން ބިރު ދައްކައިގެންކަމަށާއި، ވިލާތުގެ ޤައުމުތަކުގެ ތެރޭގައި 'މިނިވަން' ޤައުމެއް މިހާރު މަދުވެއްޖެކަމަށެވެ. އަދި ގިނަ ޤައުމުތަކުން އެންމެ ޑިޕްލޮމެޓަކު ނުވަތަ ދެތިން ޑިޕްލޮމެޓުން ބޭރުކޮށްލާއިރު، އަނެއްކޮޅުން ރަޝިޔާގެ ކިބައިން ސިއްރުން މަޢާފަށް އެދެމުންދާތީ، އެމެރިކާގެ ފިއްތުންތައް މިކަމުގައި އޮތް މިންވަރު ފެނިގެންދާކަމަށް ލަވްރޯފް ވިދާޅުވިއެވެ.

ރަޝިޔާއިން ވަނީ ޑިޕްލޮމެޓިކް ފިޔަވަޅުތަކުގެ ބަދަލު ހިފާނެކަމުގެ އިންޒާރު ދީފައެވެ. އެޤައުމުންވަނީ އިނގިރޭސިވިލާތުން އެޤައުމުގެ 23 ޑިޕްލޮމެޓަކު ނަރވް އެޖެންޓް މައްސަލައިގައި ބޭރުކޮށްލުމާއިއެކު، ރަޝިޔާގައި ތިބި އިނގިރޭސި 23 ޑިޕްލޮމެޓަކު ބޭރުކޮށް، ރަޝިޔާގެ ސެއިންޓް ޕީޓަސްބަރގްގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓްވެސް ބަންދުކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

ސުދާން އަށް ކަނޑައަޅާފައިވާ ރަޝިޔާގެ އެމްބެސެޑަރ ގޭގައި މަރުވެފައި އޮއްވާ ފެނިއްޖެ

23 އޯގަސްޓު 2017
ސުދާން އަށް ކަނޑައަޅާފައިވާ ރަޝިޔާގެ އެމްބެސެޑަރ ގޭގައި މަރުވެފައި އޮއްވާ ފެނިއްޖެ
11 އޯގަސްޓު 2017

ރަޝިއާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުން މުވައްޒަފުން މަދުކުރަން އެންގުމުން ޝުކުރު އަދާ ކުރަން: ރައީސް ޓްރަމްޕް

11 އޯގަސްޓު 2017
ރަޝިއާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުން މުވައްޒަފުން މަދުކުރަން އެންގުމުން ޝުކުރު އަދާ ކުރަން: ރައީސް ޓްރަމްޕް
29 ޖުލައި 2017

ރަޝިޔާގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންގެ އަދަދު މަދުކުރަން ރަޝިއާ އިން އަންގައިފި

29 ޖުލައި 2017
ރަޝިޔާގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންގެ އަދަދު މަދުކުރަން ރަޝިއާ އިން އަންގައިފި
13 ޖޫން 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި
22 މެއި 2017

ކެތޭ ޕެސިފިކް އިން 600 އެއްހާ މުވައްޒަފުން މަދު ކުރަނީ

22 މެއި 2017
ކެތޭ ޕެސިފިކް އިން 600 އެއްހާ މުވައްޒަފުން މަދު ކުރަނީ
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
03 އެޕްރީލު 2017

ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

03 އެޕްރީލު 2017
ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް