Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ-އެމެރިކާ

ރަޝިޔާގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންގެ އަދަދު މަދުކުރަން ރަޝިއާ އިން އަންގައިފި

ރަޝިއާ އިން ބުނަނީ ޑިޕްލޮމެޓުންގެ އަދަދު 455 ށް ދަށް ކުރަން ޖެހޭނެ ކަމަށް

ރާއްޖެ އެމްވީ | 29 ޖުލައި 2017 | ހޮނިހިރު 06:11
އެމެރިކާގެ ރައީސް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ޕޫޓިން ބައްދަލު ކުރައްވަނީ، ދެ ގައުމުގެ ގުޅުން ރަނގަޅު ކުރައްވަން ބޭނުންފުޅުވާކަން ޓްރަމްޕް މީގެ ކުރިން ވަނީ ހާމަ ކުރައްވާފައި

އެމެރިކާގެ ރައީސް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ޕޫޓިން ބައްދަލު ކުރައްވަނީ، ދެ ގައުމުގެ ގުޅުން ރަނގަޅު ކުރައްވަން ބޭނުންފުޅުވާކަން ޓްރަމްޕް މީގެ ކުރިން ވަނީ ހާމަ ކުރައްވާފައި

ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ރައްދުގައި، ރަޝިޔާގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންގެ އަދަދު މަދު ކުރަން ރަޝިއާ އިން އެމެރިކާ އަށް ހުކުރު ދުވަހު އަންގައިފިއެވެ.

ރަޝިއާ އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާގެ ސެނެޓުން ފާސްކުރީ ބުރާސްފަތި ދުވަހުއެވެ. ރަޝިއާގެ އިތުރުން އީރާނާއި އުތުރު ކޮރެޔާ އަށް ދަތިކުރުމުގެ އިތުރު ފިޔަވަޅު އެޅުމަށް ވެސް އެމެރިކާ ސެނެޓުން ފާސްކުރި ބިލުގައި ހިމެނެއެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކަށް އަމަލު ކުރަން ފަށާނީ، ސެނެޓުން ފާސްކުރި ބިލް ރައީސް ޓްރަމްޕް ތަސްދީގު ކުރައްވައި، ގާނޫނަކަށް ވުމަށް ފަހުގައެވެ.

އެމެރިކާ ސަރުކާރުގެ އޮފިޝަލަކު އޭއެފްޕީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބިލް ވައިޓްހައުސް އަށް ލިބިފައިވާ ކަމަށާއި، ބިލް އޮތީ ރައީސް ޓްރަމްޕް ސޮއިކުރެއްވުމުގެ މަރުހަލާގައި ކަމަށެވެ.

އެމެރިކާގެ ސެނެޓުން ރަޝިއާ އާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ފާސްކުރީ، ރައީސް ޓްރަމްޕް އާއި ރަޝިޔާގެ ރައީސް ޕޫޓިންއާ ދެ ބޭފުޅުންގެ ގުޅުން ވަރުގަދަވެފައިވާ ކަމަށް ދުނިޔޭގެ މީޑިއާ އިން ބުނަމުންދާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ.

ރައީސް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި އިރު ފިނި ހަނގުރާމަ އަށް ފަހު ދެގައުމުގެ ގުޅުން ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައިވާ ކަން ފާހަގަ ކުރެވެއެވެ.

ރަޝިއާ އާ އެމެރިކާއިން ބާއްވާ ގުޅުން ހީނަރުވަމުން ދިއުމުގެ ސަބަބުތަކުގެ ތެރޭގައި ޔޫކްރޭންގެ މައްސަލައިގެ ތެރެއަށް ރަޝިއާގެ ނުފޫޒް ފޯރުވުމާއި ނިމިގެން ދިޔަ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާ އިން ނުފޫޒް ފޯރުވި ކަމަށް ކުރެވޭ ޝައްކުތައް ހިމެނެއެވެ.

ރަޝިޔާގެ ޚާރިޖިއްޔާއިން އެމެރިކާ އަށް އަންގާފައި ވަނީ، ރަޝިޔާގައި ތިބޭ އެމެރިކާގެ ޑިޕްލޮމެޓުންގެ އަދަދު 455 ށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދަށް ކުރަންޖެހޭނެ ކަމަށެވެ. މިއީ އެމެރިކާގައި ރަޝިއާގެ ޑިޕްލޮމެޓުން ތިބި އަދަދު ކަމަށް ވެއެވެ.

މީގެ އިތުރުން، ރަޝިއާގައި ތިބޭ އެމެރިކާގެ ޑިޕްލޮމެޓުންނަށް ރަޝިއާ ސަރުކާރުން ދޭ އެހެން ބައެއް ޚިދުމަތްތައް ވެސް ކަނޑާލަން ނިންމާފައިވާ ކަމަށް ވެސް ރަޝިއާގެ ޚާރިޖިއްޔާގެ ބަޔާނުގައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު