Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބްރެޒިލް - ޖަރުމަނު

ބްރެޒިލް ނުކުންނާނީ ބަދަލުހިފަން، އެކަމަށް ނުވިސްނާނަން: ގުންޑޮގަން

އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕުން ބްރެޒިލް ކަަޓުވާލީ ޖަރުމަނު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 26 މާރިޗު 2018 | ހޯމަ 12:19
ޖަރުމަނުގެ މިޑްފީލްޑަރު އައިކޭ ގުންޑޮގަން

ޖަރުމަނުގެ މިޑްފީލްޑަރު އައިކޭ ގުންޑޮގަން

މާދަމާ ރޭ ޖަރުމަނާއި ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗުގައި ބްރެޒިލް ނުކުންނާނީ ބަދަލުހިފަން ކަމަށް ޖަރުމަނުގެ މިޑްފީލްޑަރު އައިކޭ ގުންޑޮގަން ބުނެފިއެވެ.

ބައިނަލްއަގްވާމީ ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ޓީމުގެ ގޮތުގައި ގިނަ ބަޔަކު ދެކެނީ ބްރެޒިލް އަދި ޖަރުމަނެވެ. އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ބްރެޒިލް ކެޓީ 7-1 ގެ ލަދުވެތި ނަތީޖާއަކުން ޖަރުމަނު އަތުން ބަލިވެގެންނެވެ. އެހެންކަމުން ޖަރުމަނާ ދެކޮޅަށް އަންގާރަ ދުވަހުގެ ރޭ ކުޅޭ ރަހުމަތްތެރިކަމުގެ މެޗުގައި ބްރެޒިލް ނުކުންނާނީ އެކަމަށް ބަދަލުހިފަން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ޖަރުމަނުގެ ގައުމީ ޓީމަށް 2011 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ގުންޑޮގަން އަށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ގެއްލުނީ އޭނާގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގުންޑޮގަން ބުނީ ޓީވީން މެޗު ބަލަން އިންއިރު އޭނާ އިނނީ ބޮޑު ޝޮކެއްގައި ކަމަށާއި ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތެއްގައި އެފަދަ ނަތީޖައެއް ނުކުމެދާނެ ކަމަށް ދުވަހަކު ވެސް އުއްމީދުނުކުރާ ކަމަށެވެ. ގުންޑޮގަން ބުނީ ބްރެޒިލްއަކީ މިއަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕްގެ ފެވަރިޓެއްގެ ގޮތުގައި ދެކޭ ކަމަށާއި ބްރެޒިލްގެ ރައްޔިތުންގެ މެދުގައި ފުޓްބޯޅައަކީ ވަރަށް ހާއްސަ އަދި މަތީ ދަރަޖައެއް ދެވިފައިވާ ކުޅިވަރެއް ކަމަށެވެ.

އޭނާ ބުނީ މިހާރު އޮތް ބްރެޒިލްގެ ޓީމަކީ މީގެ ކުރިން 2014 ވަނަ އަހަރު ކުޅުނު ޓީމާ އެއްވެސް ވަރެއްގެ ގުޅުމެއް އޮތް ޓީމެއް ނޫން ކަމަށާއި 7-1 އިން މޮޅުވި މެޗަގެ ވާހަކައަކީ މިހާރު މުހިންމު ވާހަކައެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ. އޭނާ ބުނީ ބްރެޒިލް އަދި ޖަރުމަނަކީ ވެސް ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރަށް ވުމާ އެކު މި ދެ ޓީމު ބައްދަލުކުރާ ކޮންމެ މެޗަކީ ވެސް ވަރަށް ހާއްސަ މެޗުތަކެއް ކަމަށެވެ.

ޖަރުމަނު 2012 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލަށް ދަތުރުކުރި އިރު ގުންޑޮގަން އެއްވެސް މެޗެއްގައި ކުޅެފައިނުވާއިރު އޭގެ ފަހުން ކުޅުނު ވޯލްޑް ކަޕް އަދި 2016 ވަނަ އަހަރުގެ ޔޫރޯ ވެސް އޭނާއަށް ގެއްލުނީ އަނިޔާގެ ސަބަބުންނެވެ. އެހެން ނަމަވެސް މި ސީޒަނުގައި އޭނާ އަންނަނީ އަނިޔާ އިން އެނބުރި އައިސް މެންޗެސްޓާ ސިޓީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިކަމުގެ ސަބަބުން އޭނާއަށް ވޯލްޑް ކަޕަށް ގެންދާ ޖަރުމަނުގެ ސްކޮޑުން ފުރުސަތު ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހުކުރު ދުވަހު ސްޕެއިންއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގައި ގުންޑޮގަން ކުޅެން ނުކުމެފައި ވަނީ ބެންޗުންނެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ ވޯލްޑް ކަޕަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ރަނގަޅު ފޯމެއްގައި ހުރެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ފިޓުކޮށް ހުރެ ވޯލްޑް ކަޕަށް ދާ ޖަރުމަނުގެ ސްކޮޑުން ފުރުސަތު ހޯދަން ބޭނުންވާ ކަމަށެވެ.

ގުންޑޮގަން ވަނީ ޖަރުމަނުގެ ގައުމީ ޓީމަށް 23 މެޗު ކުޅެދީ ހަތަރު ލަނޑު މިހާތަނަށް ޖަހައިދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެޒިލްގެ މިޑްފީލްޑަރ ޕައުލީނިޔޯ ބާސާއަށް ބަދަލުވަނީ.؟

ބްރެޒިލްގެ މިޑްފީލްޑަރ ޕައުލީނިޔޯ ބާސާއަށް ބަދަލުވަނީ.؟

13 އޯގަސްޓު 2017
ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި

ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި

08 މެއި 2017
ތާރީޚަކުން ފައިދާއެއް ނެތް، ނުކުންނާނީ އާ ސްޓައިލެއްގައި: ޒިދާން

ތާރީޚަކުން ފައިދާއެއް ނެތް، ނުކުންނާނީ އާ ސްޓައިލެއްގައި: ޒިދާން

02 މެއި 2017
ވޯލްކަޕަށް ކޮލިފައިވި ފުރަތަމަ ޤައުމަކީ ބްރެޒިލް

ވޯލްކަޕަށް ކޮލިފައިވި ފުރަތަމަ ޤައުމަކީ ބްރެޒިލް

29 މާރިޗު 2017
ނިއުއާ ދެކޮޅަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: ފެސްކޯ

ނިއުއާ ދެކޮޅަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: ފެސްކޯ

13 މާރިޗު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު