Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕައުލީނިއޯ ބާސާއަށް

ބްރެޒިލްގެ މިޑްފީލްޑަރ ޕައުލީނިޔޯ ބާސާއަށް ބަދަލުވަނީ.؟

ޕައުލީނިއޯ، ސިޓީންވެސް ގެންދަން މަސައްކަތް ކުރި ކުޅުންތެރިއެއް.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 13 އޯގަސްޓު 2017 | އާދީއްތަ 13:21
ޕައުލީނިއޯ: ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

ޕައުލީނިއޯ: ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

ޗައިނީސްގެ މަސްހޫރު ކުލަބެއް ކަމުގައިވާ ގުއްންޒޯ އެވަގްރޭޑްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަޖުރިބާކާރު މިޑްފިލްޑަރު ޕައުލީނިޔޯ ބަސާއަށް ބަދަލުވާން އެއްބަސްވެފައިވާކަމަށް މީޑިއާ ރިޕޯޓްތަށް ބުނެފިއެވެ.

ރިޕޯޓްތަށް ބުނާގޮތުން ޕައުލީނިއޯ ބާސާއާ ގުޅެން ނިންމާފައިވަނީ 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 40 މިލިޔަން ޔޫރޯއަށެވެ.

ޕައުލީނިއޯ ބާސެލޯނާއަށް ބަދަލުވާން ނިންމާފައިވާ ކަމަށް ރިޕޯޓްތަށް ބުނެފައިމިވަނީ ލިވަޕޫލްގެ ބްރެޒިލް ތަރި ފިލިޕޭ ކޮޓީނިއޯ ހޯދުމަށް ބާސާއިން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އެގޮތުން ބާސާއިން ވަނީ 90 މިލިއަން ޕައުންޑުގެ ބިޑެއްވެސް ކުޓީނިއޯ ހޯދުމަށް ލިވަޕޫލަށް ހުށައަޅާފައެވެ. އެހެން ނަމަވެސް ލިވަޕޫލުން ވަނީ އެކަން ގަބޫލްނުކޮށްފައެވެ.

ސްޕެއިންގެ މީޑިޔާއިން ޚަބަރު ފަތުރާގޮތުން ޕައުލީނިޔޯ މިއަދުގެ ވަގުތެއްގައި މެޑިކަލް ހެދުމަށް ބާސެލޯނާއަށް އަންނާނެއެވެ. އެހެންކަމުން ޕައުލީނިއޯ އެއްބަސްވުމުގައި މާދަމާގެ ވަގުތެއްގައި ސޮއިކުރާނެ ކަމަށްވެސް ރިޕޯޓްތަށް ބުނެއެވެ.

އުމުރުން 29 އަހަރުގެ މިޑްފީލްޑަރު ޕައުލީނިއޯ އަކީ މީގެކުރިން ބްރެޒިލްގެ ކޮރިންތިއަންސް އަދި އިންގިރޭސި ކްލަބު ޓޮޓެންހަމްއަށްވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. ބްރެޒިލްގެ ގައުމީ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޕައުލީނިއޯ ޗައިނާއަށް ބަދަލުވީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެތޭގައެވެ. އޭނާ އެ ޓީމަށް ބަދަލުވެފައިވަނީ 14 މިލިޔަން ޔޫރޯއަށެވެ.

ޕައުލީނިޔޯގެ އިތުރުން ބާސާއިން ވަނީ ލިވަޕޫލް އަދި ބްރެޒިލްގެ އެޓޭކިމް މިޑްފީލްޑަރު ފިލިޕް ކުޓީނީއޯ ހޯދުމުގެ މަސަތްކަށް ވެސް ފަށާފަ އެވެ. އެގޮތުން ބާސާއިން ކުޓީނިޔޯ ހޯދުމަށް މިހާތަނަށް 2 ބިޑެއް ކޮސްފައިވާއިރު ލިވަޕޫލުން ވަނީ މި ދެ ބިޑަށްވެސް ފުރަގަސްދީފައެވެ. ރިޕޯޓްތަށް ބުނާގޮތުން ލިވަޕޫލުން ކުޓީނިއޯ ވިއްކާލާނީ 145 މިލިއަން ޕައުނޑަށެވެ.

ބާސާއިން އިތުރު ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުންގެންދަނީ ދާދިފަހުން ދުނިޔޭގެ ރެކޯޑް އަގަކަށް އެކުލަބު ދޫކޮށް ޕީއެސްޖީއާ ގުޅުނު ނޭމާ ނެތްތަން ފޫބެއްދުމަށެވެ.

އިތުރަށް ކިޔާލަން

13 މެއި 2017

ޗައިނާ ލީގުގެ ހުށަހެޅުން ރިޖެކްޓްކޮށް ޕެޕޭ އިންޓައަށް ބަދަލުވަނީ

13 މެއި 2017
ޗައިނާ ލީގުގެ ހުށަހެޅުން ރިޖެކްޓްކޮށް ޕެޕޭ އިންޓައަށް ބަދަލުވަނީ
13 މެއި 2017

އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

13 މެއި 2017
އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް
11 މެއި 2017

ޓީސީގެ މިޑްފީލްޑަރު ބޮންޑާ ކުޅުން ހުއްޓާލަނީ

11 މެއި 2017
ޓީސީގެ މިޑްފީލްޑަރު ބޮންޑާ ކުޅުން ހުއްޓާލަނީ
26 އެޕްރީލު 2017

ބާންލީގެ މިޑްފީލްޑަރު 18 މަސްދުވަހަށް އެފްއޭ އިން ސަސްޕެންޑުކޮށްފި

26 އެޕްރީލު 2017
ބާންލީގެ މިޑްފީލްޑަރު 18 މަސްދުވަހަށް އެފްއޭ އިން ސަސްޕެންޑުކޮށްފި
16 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް

16 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު