Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރެޒިލް ކޮލިފައިވުން

ވޯލްކަޕަށް ކޮލިފައިވި ފުރަތަމަ ޤައުމަކީ ބްރެޒިލް

ގްރޫޕްގެ ނަތީޖާ ކޮންމެގޮތަކަށް އެނބުރުނަސް ބިރެއް ނެތް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 29 މާރިޗު 2017 | ބުދަ 12:23
ބްރެޒިލްގެ ކެޕްޓަން ނޭމާ، ބްރެޒިލް ވަނީ ފުރަތަމަ ޓީމުގެ ގޮތުގައި ވޯލްޑްކަޕަށް ކޮލިފައިވެފައި

ބްރެޒިލްގެ ކެޕްޓަން ނޭމާ، ބްރެޒިލް ވަނީ ފުރަތަމަ ޓީމުގެ ގޮތުގައި ވޯލްޑްކަޕަށް ކޮލިފައިވެފައި

އަންނަ އަހަރު ރަޝިއާގައި ބާއްވާ ދުނިޔޭގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތައް އެންމެ ފުރަތަމަ ކޮލިފައިވީ ގައުމަށް ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ބެލެވިފައިވާ ބްރެޒިލް ވެއްޖެއެވެ.

ކޮލިފައިންގައި ބާކީ ހަތަރު މެޗު އޮއްވާ ބްރެޒިލް ވޯލްޑް ކަޕަށް ކޮލިފައިވެފައި މިވަނީ އަންގާރަ ދުވަހުގެ ރޭ ޕެރަގުއޭ އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުމުންނެވެ.

އަމިއްލަ ގައުމުގައި ކުޅުނު މި މެޗުން ބްރެޒިލް މޮޅުވެފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ބްރެސިލް އޮތީ ގްރޫޕްގެ އެއްވަނައިގައެވެ.

ކުޅުނު 14 މެޗުން 33 ޕޮއިންޓާ އެކު ތާވަލްގެ އެއްވަނައިގައި އޮތް ބްރެޒިލް ހަތަރު މެޗު ކުރިއަށް އޮއްވާ ކޮލިފައި މިވީ މި ގްރޫޕްގައި ދެން ކުރިއަށް ހުރި މެޗުތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް އެބުރުނަސް އެޓީމަށް ގަދަ ހަތަރެއް ކަށވަރުވާތީއެވެ.

ބްރެޒިލް ހިމެނޭ ދެކުނު އެމެރިކާގެ ކޮލިފައިން ގްރޫޕް އޮންނަ ގޮތުން ގަދަ ހަތަރެއްގައި ހިމެނޭ 4 ޓީމު އޮޓޮމެޓިކުން ވޯލްޑްކަޕަށް ކޮލިފައިވާނެއެވެ.

ފަސްވަނައަށް ދާ ޓީމަކަށް ޖެހޭނީ އެފްރިކާ ބައްރާ އޭޝިއާ އަދި އޯޝޭނިއާގެ މެދުގައި ޕްލޭއޮފް މެޗުތަކެއް ކުޅޭށެވެ.

މި ގްރޫޕްގައި ހިމެނޭ ފުޓްބޯޅައިގެ ގަދަބާރެއް ކަމަށްވާ އާޖެންޓީނާ ވަނީ 2-0 އިން ބޮލިވިއާ އަތުން ބަލިވެފަ އެވެ. އޭގެ ސަބަބުން ތާވަލްގެ ފަސް ވަނައަށް ވެއްޓި އާޖެންޓީނާއަށް ވަނީ ޕްރެޝަރާ ކުރިމަތިލާންޖެހިފައެވެ.

މް ގްރޫޕްގެ އެހެން ނަތީޖާތަކަށް ބަލާއިރު އެކުއެޑޯ އަތުން 2-0 އިން ކޮލަމްބިއާ މޮޅުވެ، ޗިލީ ވަނީ 3-1 އިން ވެނެޒުއޭލާ ބަލިކޮށްފައެވެ. އަދި އުރުގުއޭ ކުޅުނު މެޗުން ވަނީ 2-1 އިން ޕެރޫ އަތުން ބަލިވެފަ އެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

24 ފެބުރުއަރީ 2017
މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް
23 ފެބުރުއަރީ 2017

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު