Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކެޓަލޯނިއާގެ މައްސަަލަ

ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖެމޮންޓް ހައްޔަރުކޮށްފި

އޭނާ ހައްޔަރު ކޮށްފައިވަނީ ޖަރުމަނުވިލާތުން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 25 މާރިޗު 2018 | އާދީއްތަ 17:10
ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖެމޮންޓް

ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖެމޮންޓް

ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުޖްޑެމޮންޓް ޖަރުމަނުވިލާތުން ހައްޔަރުކޮށްފި އެވެ.

ބަޣާވާތް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ސްޕެއިންގެ ސަރުކާރުން ހޯދަމުންދާ ޕުޖްޑެމޮންޓްގެ މައްޗަށް ޔޫރަޕިއަން އެރެސްޓް ވޮރަންޓެއް ނެރެފައިވާއިރު، އެ އަމުރުގެ ދަށުން ޕުޖްޑެމޮންޓް ހައްޔަރު ކުރިކަން ޖަރުމަނުގެ ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކެޓަލޯނިއާގެ މިނިވަން ދައުލަތެއް އުފެއްދުމަށް ކުރި މަސައްކަތްތަކާއި ގުޅިގެން ސްޕެއިންގެ މައި ސަރުކާރުން ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރު އުވާލިފަހުން، ޕުޖްޑެމޮންޓް ދިރިއުޅުއްވަނީ އަމިއްލަ އަށް އަރުވާލެވިގެން ބެލްޖިއަމްގައެވެ.

ސްޕެއިންގެ ޕްރޮސެކިއުޓަރުން ޕުޖްޑެމޮންޓްގެ މައްޗަށް ކުރާ ކުށުގެ ތުހުމަތުތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ، ގިނަވެގެން 30 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޕުޖްޑެމޮންޓް ހައްޔަރު ކޮށްފައި ވަނީ ޖަރުމަނާއި ޑެންމާކް ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރިން ކަމަށް ޕުޖްޑެމޮންޓްގެ ޕާޓީގެ ތަރުޖަމާނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޕުޖްޑެމޮންޓް ހައްޔަރު ކުރިކަން ހާމަ ކުރުމަށް ޖަރުމަނުގެ ފުލުހުން ނެރުނު ބަޔާނުގައި ވަނީ، އޭނާ ހައްޔަރު ކޮށްފައި ވަނީ ޑެންމާކާއި ޖަރުމަނާއި ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ޖަރުމަނުގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ޝްކްލެސްވިގް-ހޯލްސްޓެއިންގެ ފްލެންސްބަގް ސިޓީގެ އޭ7 ހައިވޭ އިން ކަމަށެވެ.

އެހެންނަމަވެސް ހައްޔަރު ކުރުމަށްފަހު، ޕުޖްޑެމޮންޓް ބަންދުކޮށްފައިވާ ތަނަކާއި ބެހޭ މައުލޫމާތު ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

ޖަރުމަނުން ޕުޖްޑެމޮންޓް ހައްޔަރު ކުރުމުގެ ކުރިން އޭނާ ވަނީ ފިންލެންޑްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ބައްދަލު ކުރުމަށް ފިންލެންޑަށް ވަޑައިގެންފައެވެ. އެހެންނަމަވެސް ޕުޖްޑެމޮންޓާއި ދެކޮޅަށް ނެރެފައިވާ ޔޫރަޕިއަން އެރެސްޓް ވޮރަންޓަށް އެގައުމުން އަމަލު ކުރާނެ ކަމަށް ބެލެވުމާއެކު އޭނާ ވަނީ ހުކުރު ދުވަހު އެގައުމު ދޫކޮށް ވަޑައިގެންފައެވެ.

ޕުޖްޑެމޮންޓްގެ ވަކީލުން ވަނީ، ފިންލެންޑް ދޫކޮށް ބެލްޖިއަމްގެ ބްރަސަލްސް އަށް އޭނާ ދަތުރު ފަށްޓަވާފައިވާކަން ހޮނިހިރު ދުވަހު ކަށަވަރުކޮށްދީފައެވެ.

ޕުއިޖެމޮންޓް ހައްޔަރު ކޮށްފައި މިވަނީ ކެޓަލޯނިއާގެ ސަރަހައްދީ އައު ސަރުކާރުގެ ވެރިޔަކު އައްޔަން ކުރުމުގެ މައްސަލާގައި ކެޓަލޯނިއާގެ މަޝްރަޚު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ.

ކެޓަލޯނިއާގެ އައު ރައީސްގެ ގޮތުގައި އެންމެ ފަހުން އިއުލާން ކުރި ކެންޑިޑޭޓް ޖޯޑީ ޓުރުލް ހައްޔަރު ކުރުމާއި ގުޅިގެން، ކެޓަލޯނިއާގެ ވަކި ދައުލަތަކަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އައު ރައީސްގެ މަގާމަށް ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަސައްކަތް ހުއްޓާލާފައެވެ.

ސްޕެއިންގެ ސުޕްރީމް ކޯޓުން ހުކުރު ދުވަހު ވަނީ، ކެޓަލޯނިއާގެ ވަކި ދައުލަތަކަށް ތާއީދުކުރާ ސިޔާސީ އިސް ފަރާތްތަކުގެ ތެރެއިން އިތުރު 6 މީހަކު ހައްޔަރު ކުރުމުގެ ބައިނަލްއަޤްވާމީ އަމުރު ނެރެފައެވެ.

މީގެ އިތުރުން ކެޓަލޯނިއާގެ މިނިވަން ދައުލަތެއް އެކުލަވާލުމާއިމެދު މިދިޔަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓުގެ މައްސަލާގައި، އެކަމުގައި އިސްކޮށް އުޅުނު އިތުރު ފަސް މީހަކު ސްޕެއިންގެ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

މިކަމާއި ގުޅިގެން ކެޓަލޯނިއާގެ މިނިވަން ދައުލަތަކަށް ތާއީދުކުރާ އާއްމުން ވަނީ ހުކުރު ދުވަހު ކެޓަލޯނިއާގެ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައެވެ. މިމުޒާހަރާތަކުގައި ރަޔަޓް ފުލުހުންނާއި އާއްމުންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، އެ ކުރިމަތިލުންތަކުގައި 24 މީހަކު ޒަޚަމްވެފައިވެއެވެ.

ސްޕެއިންގެ ސުޕްރީމް ކޯޓުން ވަނީ ކެޓަލޯނިއާގެ ވަކި ދައުލަތަކަށް ތާއީދުކުރާ 13 ލީޑަރެއްގެ މައްޗަށް ބަޣާވާތުގެ ދައުވާ ކުރާނެކަން ހާމަކޮށްފައެވެ. އެމީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، 30 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.

ކެޓަލޯނިއާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ، ސަރަހައްދީ ލީޑަރަކު ކަނޑައެޅުމުގެ ބަހުސް މެދުކަނޑާލާފައެވެ. އެމަސައްކަތް މެދުކަނޑާލާފައި ވަނީ އެމަގާމަށް ވާދަކުރި ކެންޑިޑޭޓް ޖޯޑީ ޓުރޫލް ހައްޔަރު ކުރުމާއި ގުޅިގެންނެވެ.

އަންނަ މެއި މަހުގެ 22 ވަނަ ދުވަހުގެ ކުރިން ކެޓަލޯނިއާގެ އައު ރައީސަކު ކަނޑަނޭޅިއްޖެނަމަ، ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު އަލުން ބާއްވަން ޖެހޭނެ އެވެ.

ކެޓަލޯނިއާގެ އައު ސަރުކާރު އެކުލަވާލެވެންދެން އެސަރަހައްދު އޮންނާނީ ސްޕެއިންގެ މައި ސަރުކާރުގެ ބެލުމުގެ ދަށުގައެވެ. ސްޕެއިންގެ މައި ސަރުކާރުގެ ބާރުގެ ދަށަށް އެސަރަހައްދު ގެނެސްފައިވަނީ، ކެޓަލޯނިއާގެ ސަރަހައްދީ ގާނޫނު ހަދާ މަޖިލީހުން މިދިޔަ އޮކްޓޯބަރު މަހު ކެޓަލޯނިއާގެ މިނިވަން ދައުލަތެއް އިއުލާން ކުރުމާއި ގުޅިގެން ސަރަހައްދީ ސަރުކާރު އުވާލުމަށްފަހު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

27 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު