Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެރަރިޒަމްގެ ދައުވާ

ރައީސް މައުމޫނާއި، ފަނޑިޔާރުންނާއެކު 9 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

20 މާރިޗު 2018 | އަންގާރަ 15:54

ރައީސް މައުމޫންގެ ދަރިކަލުން ފާރިސްއާއި ދަނބިދަރިކަލުން ނަދީމްގެ މައްޗަށްވެސް ޓެރަރިޒަމްގެ ދައުވަ އުފުލާފައިވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 20 މާރިޗު 2018 | އަންގާރަ 15:54
ރައީސް މައުމޫން ޖަލުން މާލެ ގެންނަނީ، އެމަނިކުފާނާއެކު 8 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފަ

ރައީސް މައުމޫން ޖަލުން މާލެ ގެންނަނީ، އެމަނިކުފާނާއެކު 8 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފަ

ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދު ހިމެނިވަޑައިގަންނަވާގޮތައް 9 ބޭފުޅެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

ޓެރަރިޒަމްގެ ދައުވާއުފުލާފައިވަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މައުމޫންގެ ދަރިކަލުން ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި މެންބަރު ސިނާނާއި މެންބަރު އަބްދުﷲ ރިޔާޒްގެ އިތުރުން މެންބަރު އިލްހާމް އަހްމަދުގެ މައްޗަށެވެ.

Advertisement - newsAdvertisement

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރި ތަހުގީގުން، ސިޔާސީ ބޭފުޅުންތަކެއް ހިމެނޭ ގޮތުން ނުވަ މީހަކު މިނިވަންކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ނުފޫޒުން އެ މީހުން ބޭނުންވާ ގޮތަށް ދުރާލައި ރޭވިގެން ކޮށްފައިވާ އަމުރެއްކަން އެނގޭ ކަމަށެވެ.

ޓެރަރިޒަމްގެ ދައުވާގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާވެސް ވަނީ ކޮށްފަ އެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާ ކޮށްފައި ވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވަނީ ކޮށްފަ އެވެ.

މައްސަލައާ ގުޅުން ހުރި ހެކި ހުރި ކަމަށް ބެލެވިގެން ކުރީގެ ރައީސް މައުމޫނާއި ދެ ފަނޑިޔާރުންގެ ފޯނު ދިނުމަށް އެންގުމުން ފޯނު ދީފައި ނުވާތީ އެ ބޭފުޅުންގެ މައްޗަށް ވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާކޮށްފަ އެވެ. މީގެ އިތުރުން ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ސުޕްރީމް ކޯޓަށް ފޮނުވާ ލިޔެކިޔުންތަކަށް އެކްސެސް ވިޔަ ނުދިނުމަށް ކޯޓުގެ "ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް" ކަނޑާލާފައި ބެހެއްޓުމަށް ކޯޓުގެ މުވައްޒަފުންނަށް އަންގާފައި ވާތީ އުއްތަމަ ފަނޑިޔާރަށް ވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކޮށްފަ އެވެ.

މި ދައުވާތައް ކުރުމުގައި ބަލާފައިވާ ކަންކަމުގެ ގޮތުގައި ޕީޖީ އޮފީހުން، ފުލުހުންގެ ތަހުގީގާ ހަވާލާދީ ސީރިއަސް ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ހަސަން ސައީދުގެ ގެ ބަލައި ފާސްކުރި އިރު އޭނާ ނިދާ އެނދުގެ ގޮދަޑި ދަށުން 350،000ރ. އާއި އެ ކޮޓަރީގައި ހުރި ދަބަހެއްގެ ތެރެއިން 3،300 އެމެރިކާ ޑޮލަރާއި ވިލާ ޝިޕިންގެ އެންޑް ޓްރޭޑިން ކޮމްޕެނީގެ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ސޮއިކުރައްވާފައިވާ ސިޓީއެއް ފެނުނު ކަމަށް ބުނެފައިވެ އެވެ. އެއީ މައްސަލާގައި ތުހުމަތުކުރެވޭ މީހުންނާއި އެ މީހުންނާ ގުޅުން ހުރި ފަރާތްތަކުން ބޭރު ގައުމުތަކުން ގަނެފައިވާ "ޕްރޮޕަޓީތަކަށް" ފައިސާ ދައްކަން 2.4 މިލިއަން ޑޮލަރު ދިންކަން އެނގޭ ސިޓީއެއް ކަމަށްވެ އެވެ. މި ލިޔުމުގައި ބުނާ ގޮތުން ފައިސާގެ މަންފާ ލިބޭ މީހުންނަކީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ދަރިކަލެއް ކަމަށްވާ އަހްމަދު މިސްފިރު އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ ކުރީގެ އަނބިކަނބަލުން އާއިޝަތު ހަނާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ސިޓީގައިވާ ސޮޔަކީ ސިޔާދުގެ ސޮއި ކަމާއި އެ ސިޓީން ސިޔާދުގެ އިނގިލީގެ ނިޝާން ވެސް ފޮރެންސިކް ތަހުލީލުން އެނގިފައިވާ ކަމަށް ޕީޖީގެ ބަޔާނުގައިވެ އެވެ. މީގެ އިތުރުން މި ލިޔުމުގެ ފޮޓޯއަކާއި އޭގައި ހުރި މައުލޫމާތު ހިމެނޭ ނޯޓެއްގެ ފޮޓޯ ވެސް ސިޔާދުގެ ފޯނުން ފެނުނު ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ޕީޖީން ބުނި ގޮތުގައި، މައްސަލާގައި ތުހުމަތުކުރެވޭ މީހުން ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި މައްސަލަތައް ވަކި ގޮތަކަށް ނިންމަން މަސައްކަތްކޮށްފައިވާ ކަމުގެ ހެކި ވަނީ ލިބިފަ އެވެ. އަދި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުގެ ފައިސާ ދީ އެ ފައިސާގައި ހިފާފައިވާކަން އެނގެ އެވެ. ޕީޖީން ބުނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަންކަން އެނގޭ ކަމަށާއި އެއީ ދުރާލައި ރޭވި ޕްލޭނެއްގެ ދަށުން ފައިސާގެ ބަދަލުގައި ނެރެނު އަމުރެއްކަން އެނގޭ ކަމަށެވެ.

އެބަޔާނުގައި ބުނަެފައިވަނީ 1 ފެބްރުއަރީ 2018 ވަނަ ދުވަހު ސުޕްރީމް ކޯޓުން، ބޮޑެތި ކުށްވެރިންތަކެއް ދޫކޮށްލައި، އެ ކުށްވެރިންގެ މައްސަލަތައް އަލުން ބެލުމަށް އަންގައި، ނެރުނު އަމުރަކީ ދުރާލައި ރޭވިގެން، މީގައި ހިމެނޭ ފަރާތްތަކުގެ އެނގުމުގެ ތެރެއިން، ޝަރީއަތުގެ އުސޫލުތަކުގެ ބޭރުން ނެރެފައިވާ އަމުރެއްކަން އެނގެން އޮންނަ ކަމަށެވެ.

މި މައްސަލާގައި ހިމެނޭ ފަރާތްތަކުން ވަނީ އޭރުގެ ޕޮލިސް ކޮމިޝަނަރު އަރީފް މެދުވެރިކޮށް، ކޯޓުން އަމުރު ނެރުމުގެ ކުރިން، ފުލުހުންގެ އުސޫލުތަކާ ޚިލާފަށް އޮޕަރޭޝަންތަކަށް ބޮޑެތި ބަދަލުތައް ގެނެސް އަރީފް ބޭނުންވާ ބަޔަކު ހޮވައި އެކި ތަންތަނުގައި ތިބި މީހުން އެއްތަނަކަށް ގެނުވައި ޑިއުޓީގައި ތިބި ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށްފައި ކަމަށް މިހާތަނަށް ތަހުގީގަށް އެނގިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް