Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓު

އެންޓި ޑިފެކްޝަން ގާނޫނާއި ފަނޑިޔާރުން ވަކިކުރެވޭ އިސްލާހު ބާތިލް ކުރުމަށް ހުށަހެޅި މައްސަލައިގެ ދެވަނަ އަޑުއެހުން މާދަމާ

19 މާރިޗު 2018 | ހޯމަ 19:40

އިޖުރާއީ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ މިދިއަ އަދިއްތަ ދުވަހު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 މާރިޗު 2018 | ހޯމަ 19:40
ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ފާސްކުރި، އަދި ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވާފައިވާ އެންޓި ޑިފެކްޝަން ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު، ބާތިލް ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައި ދެވަނަ އަޑުއެހުން އަންގާރަ ދުވަހަށް ތާވަލް ކޮށްފި އެވެ.

މި ދެ މައްސަލައިގެ ތެރެއިން ފުރަތަމަ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވަނީ، އަންގާރަ ދުވަހުގެ 11:00 އަށެވެ. ދެވަނަ މައްސަަލަ ތާވަލް ކޮށްފައިވަނީ ހަމަ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 އަށެވެ.

Advertisement - newsAdvertisement

އެންޓި ޑިފެކްޝަން ގާނޫނާއި ފަނޑިޔާރުން މަގާމުން ވަކިކުރެވޭގޮތަށް ފާސްކޮށްފައިވާ އިސްލާހު، ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު އަލީ ހުސައިން އާއި އަދާލަތު ޕާޓީގެ ޕާލަމެންޓް މެމްބަރު އަނާރާ ނައީމު އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަތަކާއި ގުޅިގެން އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި، އިސްލާމް ދީން ނޫން ދީނަކަށް ރާއްޖޭގައި ފުރުސަތު ދޭނަންތޯ އޭ ވިދާޅުވެ، އަނާރާ ނައީމް ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާ ސުވާލު ކުރައްވާފަ އެވެ.

ޝަރީއަތުގެ އަޑުއެހުމަށްފަހު އަނާރާ "ރާއްޖެއެމްވީ"އަށް ވިދާޅުވެފައި ވަނީ ގާނޫނުއަސާސީގައި ވަކިކަމެއް ވަކި ގޮތަކަށް ކުރަން ކަނޑައަޅާފައި ވަނިކޮށް، ގާނޫނަކުން އެ ކަމެއް އެހެން ގޮތަކަށް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އެގޮތުން އިސްލާމް ދީން ނޫން ދީނަކަށް ރާއްޖޭގައި ފުރުސަތު ނެތް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވަނިކޮށް، ގާނޫނަކުން އެހެން ދީނެއް ރާއްޖެ ނުގެނެވޭނެ ކަމަށް ވެސް އަނާރާ ވިދާޅުވިއެވެ.

އެ ތިން ބޭފުޅުންގެ ފަރާތުން އާދީއްތަ ދުވަހު ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވީ ގާނޫނީ ވަކީލު އިބްރާހިމް ރިއްފަތާއި ގާނޫނީ ވަކީލު ސަފާ ޝަރީފެވެ.

ދުސްތޫރީ މައްސަލައިގެ އިޖުރާއީ އަޑުއެހުމުގައި ގާނޫނީ ވަކީލު ސަފާ ޝަރީފު ވިދާޅުވީ އެންޓި ޑިފެކްޝަންގެ ގާނޫނަކީ މަޒީގައި ހިނގައިދިޔަ ކަންކަމަށް، އަމަލު ކުރެވޭ ގޮތަށް ހަދާފައިވާ ގާނޫނެއް ކަމަށެވެ. އަދި އެގޮތަށް ގާނޫނު ހެދުމަކީ ގާނޫނުއަސާސީގެ 59 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ސަފާ ވިދާޅުވިއެވެ.

ސަފާގެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ މާޒީގައި ހިނގައިދިޔަ ކަމަކަށް ފަހުން އަންނަ ގާނޫނަކުން އަދަބު ނުދެވޭނީ ޖިނާއީ މައްސަލަތަކުގައި އެކަނި ކަމަށެވެ. ނަމަވެސް މަދަނީ މައްސަލަތަކުގައްޔާއި އެހެނިގެން މައްސަލަތަކުގައި މާޒީގައި ހިނގައިދިޔަ ކަންތައްތަކަށް އަދަބު ދެވޭނެ ކަމަށާއި ޓޫރިޒަމްގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ވެސް މާޒީގައި ހިނގައިދިޔަ ކަމަކަށް ފަހުން ގެނައި އިސްލާހުން އަމަލުކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނު ބާތިލު ކުރުމަށް ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމާމެދު, ގޮތް ނިންމާނީ އިޖުރާއީ އަޑުއެހުންތައް ނިންމާލުމަށްފަހުއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ފަނޑިޔާރުން ދަނީ ފާޅުގައި ކެމްޕެއިން ކުރަމުން، ގާޒީންގެ ނުފޫޒުން މި ޤައުމު މިނިވަންކުރަންޖެހޭ: ކައުންސިލަރ ފާރޫޤު

07 އެޕްރީލު 2017
ފަނޑިޔާރުން ދަނީ ފާޅުގައި ކެމްޕެއިން ކުރަމުން، ގާޒީންގެ ނުފޫޒުން މި ޤައުމު މިނިވަންކުރަންޖެހޭ: ކައުންސިލަރ ފާރޫޤު
04 އެޕްރީލު 2017

ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި

04 އެޕްރީލު 2017
ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި
22 މާރިޗު 2017

އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި

22 މާރިޗު 2017
އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި
15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
11 މާރިޗު 2017

މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް

11 މާރިޗު 2017
މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް