Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިންތިޚާބު

އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި

ހަމަހަމަކަމާ އެކު، އެއްވެސް ކެންޑިޑޭޓަކަށް ތަފާތުކުރުމެއް ނެތި ވަގުތު ދިނުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 22 މާރިޗު 2017 | ބުދަ 10:39
ލޯކަލް ކައުންސިލް އިންތިޚާބަށް ހޭލުންތެރިކުރުމުގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ޕޯސްޓަރެއް

ލޯކަލް ކައުންސިލް އިންތިޚާބަށް ހޭލުންތެރިކުރުމުގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ޕޯސްޓަރެއް

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާ ގުޅުން ހުރި ޚަބަރާއި މައުލޫމާތު ގެނައުމުގައި އަސްލެއް ނެތް ނުވަތަ "އެންޓި ކެމްޕެއިން" ކަމަށް ބެލެވޭ އެއްވެސް ކޮންޓެންޓެއް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން(އެމްބީސީ) އިން ގޮވާލައިފި އެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވަގުތު ދިނުމުގައި އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނުގެ 30 ވަނަ މާއްދާގައި ބުނާ ފަދައިން، ހަމަހަމަކަމާ އެކު، އެއްވެސް ކެންޑިޑޭޓަކަށް ތަފާތުކުރުމެއް ނެތި ވަގުތު ދިނުމަށާއި ބްރޯޑްކާސްޓްކުރާ އެއްވެސް ފަރާތަކުން މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ބުރޫއަރާފާނެ ފަދަ އެއްވެސް ބާވަތެއްގެ އަމަލެއް ނުކުރަމަށް ނަސޭހަތްތެރިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އަބުރު ރައްކައުތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް ލާޒިމްކުރާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރުމަށް ހަނދާންކޮށްދޭ ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައި ވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ސިޔާސީ ގޮތުން ވާދަވެރިކަން އުފެދިފައިވާ މި ދުވަސްވަރު އިންތިޚާބާ ބެހޭ ކަންތައްތަކުގައި ޞައްޙަ އަދި ތެދު މައުލޫމާތު ހަމަހަމަކަމާއެކު ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ މައްޗަށް ބިނާކޮށް އެ ކޮމިޝަނުން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ކޮންޓެންޓް ގެނެސްދިނުމަކީ އިންތިޚާބާ މެދު ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާނޭ ކަމެއް ކަމަށެވެ.

އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވަގުތު ދިނުމުގައި ހަމަހަމަކަމާ އެކު، އެއްވެސް ކެންޑިޑޭޓަކަށް ތަފާތުކުރުމެއް ނެތި ވަގުތު ދިނުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނަސޭހަތްތެރިވެފައިވާއިރު، ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން ހަމައެކަނި ޕީޕީއެމްގެ ހަރަކާތްތައް ގެނެސްދޭ މައްސަލަ އެމްޑީޕީން ވަނީ ކޮމިޝަނަށް ހުށަހަޅާފަ އެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކޮށްފި

27 ފެބުރުއަރީ 2017
ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކޮށްފި
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
25 ފެބުރުއަރީ 2017

އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް

25 ފެބުރުއަރީ 2017
އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
25 ޖެނުއަރީ 2017

ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

25 ޖެނުއަރީ 2017
ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު