Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮރަޕްޝަންގެ މައްސަލަތައް

އޭސީސީގެ ތުހުމަތު: ކޮރަޕްޝަން ހިންގާ ބައެއް މީހުންނާ މެދު ޕީޖީ ދައުވާއެއް ނުކުރޭ

19 މާރިޗު 2018 | ހޯމަ 07:13

ދައުވާ ނުކުރަން ނިންމީ އެކަށީގެންވާ ސަބަބެއް ނެތި: އޭސީސީ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 19 މާރިޗު 2018 | ހޯމަ 07:13
ޕީޖީ ބިޝާމް މަގާމުގެ ފަތްކޮޅު އެރުވި ރަސްމިއްޔާތުގެ ތެރެއިން

ޕީޖީ ބިޝާމް މަގާމުގެ ފަތްކޮޅު އެރުވި ރަސްމިއްޔާތުގެ ތެރެއިން

ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކާ މެދު، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާ ބައެއް މައްސަލަތަކުގައި އެކަށީގެންވާ ސަބަބެއް ނެތި ދައުވާކޮށްފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އޭސީސީން އެގޮތަށް ބުނެފައި ވަނީ އެ ކޮމިޝަނުން މިދިޔަ ހަފްތާގައި އާންމުކޮށްފައިވާ އެ ކޮމިޝަންގެ އަހަރީ ރިޕޯޓުގައެވެ.

Advertisement - newsAdvertisement

އޭސީސީއަށް ދިމާވެފައިވާ ގޮންޖެހުންތައް ފާހަގަކޮށް، އެ ރިޕޯޓުގައި ބުނެފައި ވަނީ އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމައި، ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާ މައްސަލަތަކާ ގުޅިގެން އެކަށީގެންވާ ގޮތެއްގައި އެ އޮފީހުން އެއްބާރުލުން ދީފައި ނުވާ ކަަމަށެވެ. އެކަށިގެންވާ ގާނޫނީ ސަބަބެއް ނެތި ދައުވާ ނުކުރަން ޕީޖީ ނިންމުމުގެ ސަބަބުން ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ވެސް އޭސީސީގެ އަހަރީ ރިޕޯޓުގައިވެއެވެ.

އެ ރިޕޯޓުން ދައްކާ ގޮތުން 56 މައްސަލަ ޕީޖީން އަނބުރާ ފޮނުވާލާފައި ވެއެވެ. އެ މައްސަލަތަކުގެ ތެރޭގައި ހަތް މައްސަލަ އަނބުރާ ފޮނުވާލާފައި ވަނީ އިތުރު ފުރުސަތުގެ ދަށުންނެވެ.

މިދިޔަ އަހަރު އެކަނި ވެސް 1.3 ބިލިއަން ރުފިޔާގެ އަނބުރާ ދައުލަތަށް ހޯދުމަށް 23 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް އޭސީސީން ވަނީ ފޮނުވާފައެވެ. އެ މީހުންގެ މައްޗަށް 20 ދައުވާއެއް ކުރުމަށް ވަނީ ނިންމާފައެވެ.

އޭސީސީގެ އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ ކޮމިޝަންގެ މަސައްކަތްތައް ހަލުވި ކުރުމަށް، ގާނޫނުން ލާޒިމު ކުރާ މަސްއޫލިއްޔަތު ހަލުވި ކަމާއެކު އަދާކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ކޮމިޝަންގެ ގާނޫނަށާއި ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހުތައް ފާސްނުވެ ދިގުލައިގެން ދިއުމުން ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެއް ނުވެއެވެ. ގާނޫނުލް އުގޫބާތަށް އޭސީސީން ހުށަހެޅި އިސްލާހުގައި ވަނީ އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކޮށް ތިބޭ މީހުން ކުއްލި މުއްސަނދިކަން ހޯދަމުންދާތީ އެކަން ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް ގާނޫނު އިސްލާހުކޮށްދިނުމަށެވެ. އެ އިސްލާހު މަޖިލީހަށް ހުށަހަޅާފައި ވަނީ މަޖިލީހުގެ ބައެއް މެމްބަރުން އާމްދަނީއާ ނުބައްދަލު، ކުއްލި މުއްސަނދިކަން ހޯދަމުންދާތީ، އެ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމަށް ގާނޫނީ ނިޒާމެއް އެކުލަވާލުމަށް މަދަނީ ޖަމިއްޔާތަކުން ގޮވާލަމުންދަނިކޮށެވެ.

އޭސީސީން ބުނީ އެ ކޮމިޝަންގެ ތަހުގީގުތަކަށް ބޭނުންވާ ލިޔެކިޔުންތަކާއި މައުލޫމާތު ހޯދައި، އެއްކުރުމުގައި ދައުލަތުގެ ބައެއް އިދާރާތަކުން އެންމެ އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ދީފައި ނުވާ ކަމަށެވެ. އަދި އެ ކޮމިޝަންގެ ތަހުގީގުތަކަށް ހާޒިރުކުރަން ބޭނުންވި ފަރާތްތައް ހާޒިރުކުރުމުގައި ދަތިވުމުގެ ސަބަބުން މައްސަލަތައް ނިންމުމުގައި ލަސްތަކެއްވެފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް