Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުގޯރީ ޚާން

ސުހާނާ ފުރަތަމަ ފެނިގެންދާނީ މެގަޒިނެއްގެ ކަވަރއިން: ގޯރީ ޚާން

މީގެ ކުރިން ޝާހު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ ސުހާނާ އެކްޓްކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވާކަމަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 19 މާރިޗު 2018 | ހޯމަ 04:41
ގޯރީ ޚާން އާއި ސުހާނާ ޚާން

ގޯރީ ޚާން އާއި ސުހާނާ ޚާން

މަޝްހޫރު އެކްޓަރ ޝާހްރުކް ޚާންގެ އަންހެން ދަރި ސުހާނާ ޚާން ފުރަތަމަ ފެނިގެންދާނީ މަޝްހޫރު މެގަޒިނެއްގެ ކަވަރ އިން ކަމަށް އޭނާގެ މަންމަ ގޯރީ ޚާން ބުނެފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޑީއެންއޭއިންޑިއާއަށް ދީފައިވާ އިންޓަވިއުއެއްގައި ގޯރީ ބުނެފައި ވަނީ އޭނާގެ ދަރިފުޅު ސުހާނާ ވަރަށް އަވަހަށް މަޝްހޫރު މެގަޒިންގެ ކަވަރ އިން ފެނިގެން ދާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން މެގަޒިނެއް ކަމެއް ގޯރީ ނުބުނެއެވެ.

ސުހާނާ 17، މެގަޒިންއަކުން ފެންނާނެ ކަމަށް ގޯރީ ބުނެފައި ވާއިރު މީގެ ކުރިން ޝާހު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ ސުހާނާ އެކްޓުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެކްޓްކުރަން ޝައުގުވެރިކަން ފާޅުކުރުމުން އޭނާ އެކަމަށް ހުރަހެއް ނާޅާނެ ކަމަށާއި ސުހާނާ ބޭނުން ދާއިރާއަކުން ކުރިއަށް ދާން ފުރުސަތު އޮންނާނެ ކަމަށް ޝާހު ވަނީ ބުނެފައެވެ. ޝާހު ބުނީ އޭނާގެ ދަރިފުޅު ރަނގަޅަށް ކިޔަވައި ނިމުމުން އެކަން ސުހާނާއަށް އޮންނާނެ ކަމަށާއި އޭނާގެ ސަޕޯޓް ސުހާނާއަށް ލިބޭނެ ކަމަށެވެ.

ސުހާނާ ބޮލީވުޑަށް ތައާރަފް ވާނެ ކަމަށް ބުނެ އެންމެ ފުރަތަމަ އަޑުތައް ފެތުރުނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ޝާހުރުކް ޚާންގެ ގާތް މީހަކު އިންޑިއާގެ ބައެއް ނޫސްތަކުގައި އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނެފައި ވަނީ އަންނަ އަހަރު ސުހާނާ ބޮލީވުޑުން ފެނިގެންދާނެ ކަމަށެވެ. އެހެންކަމުން އޭގެ ކުރިން ހަދަންޖެހޭ ޓްރެއިނިންތައް ސުހާނާ ހަދަމުންދާ ކަމަށް އޭނާ ބުންޏެވެ. އަދި ސުހާނާ ފިލްމީ ދުނިޔެއަށް ވެއްދުމުގެ ތައްޔާރީތައް ޝާހްރުކް ވަނީ ފަށާފައި ކަމަށާއި ސުހާނާ ތައާރަފްވާ ފިލްމު އުފައްދަނީ ކަރަން ޖޯހަރް ކަމަށް ވެސް މީގެ ކުރިން ވަނީ އަޑުފެތުރިފައެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

"ނަޗްބަލިޔޭ8" ގެ ފުރަތަމަ ޝޯ ހޯސްޓްކުރަނީ ރަންބީރު

22 މާރިޗު 2017
"ނަޗްބަލިޔޭ8" ގެ ފުރަތަމަ ޝޯ ހޯސްޓްކުރަނީ ރަންބީރު
14 މާރިޗު 2017

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
11 މާރިޗު 2017

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް
05 މާރިޗު 2017

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!
01 މާރިޗު 2017

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު