Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސްރީދޭވީ

ސްރީދޭވީގެ ބަޔޯޕިކްގައި ވިދްޔާ ފެނިދާނެ!

18 މާރިޗު 2018 | އާދީއްތަ 09:12

މި ފިލްމަށް އެކްޓުކުރުމަށް ވިދްޔާއާއި އެކު ދަނީ ވާހަކަ ދެކެވެމުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 18 މާރިޗު 2018 | އާދީއްތަ 09:12
ސްރީދޭވީ އަދި ވިދްޔާ

ސްރީދޭވީ އަދި ވިދްޔާ

ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު މަރުވި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސްރީދޭވީގެ ބަޔޯޕިކްއެއް ހެދުމަށް ނިންމާފައިވާކަން ޑައިރެކްޓަރ ހަންސަލް މެހެތާ ހާމަކޮށްފިއެވެ.

މި ފިލްމުގައި ސްރީދޭވީގެ ބައި ކުޅުވަން ބޭނުންވަނީ ބޮލީވުޑްގެ ތަރި ވިދްޔާ ބާލަން ލައްވައި ކަމަށާއި، އޭނާއާއި އެވާހަކަ ދައްކަމުންދާކަމަށް ހަންސަލް ވަނީ ބުނެފައެވެ.

ހަންސަލް ބުނީ ސްރީދޭވީ މަރުވީ އޭނާއާއި އެކު ފިލްމެއްގެ މަސައްކަތް ކުރުމަށް ވާހަކަ ދެކެވެމުން ދަނިކޮށް ކަމަށެވެ. ހަންސަލް ބުނީ އޭނާއަށް ސްރީދޭވީއާއިއެކު މަސައްކަތް ނުކުރެވުނު ކަމުގައިވީނަމަވެސް އޭނާގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދާނެ ކަމަށެވެ.

ސްރީދޭވީގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަން ހަންސަލް ނިންމާފައިވާއިރު ސްރީދޭވީގެ ހަޔާތުގެ މައްޗަށް ޑޮކިއުމެންޓްރީއެއް ގެނެސްދިނުމަށް އޭނާގެ ފިރިމީހާ ބޯނީ ކަޕޫރު ވަނީ ނިންމާފައެވެ. ޚަބަރުތައް ބުނާ ގޮތުގައި މި ޑޮކިއުމެންޓްރީގެ މަސައްކަތް ޑައިރެކްޓަރ ޝޭކަރް ކަޕޫރު ވަރަށް އަވަހަށް ކުރާނެއެވެ.

ސްރީދޭވީގެ ޕޯސްޓްމޯޓަމް ރިޕޯޓްތައް އާންމު ކޮށްފައިވާއިރު އެ ރިޕޯޓްތަކުގައި ބުނެފައިވަނީ ސްރީދޭވީ މަރުވީ ގެނބިގެން ކަމަށެވެ. ސްރީދޭވީ އެންމެ ފުރަތަމަ ފިލްމު ކުޅެން ފެށީ އުމުރުން އެންމެ ހަތަރު އަހަރުގައެވެ. މަރުވިއިރު ސްރީދޭވީގެ އުމުރުން 54 އަހަރެވެ. އޭނާ މަރުވިއިރު ކައިވެނިކޮށްގެން އުޅުނީ ފިލްމް ޕްރޮޑިއުސަރ ބޮނީ ކަޕޫރާއެވެ. ބޮނީ އާއި ސްރީދޭވީއަށް ދެކުދިން ލިބިފައިވެއެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2018

ސްރީދޭވީގެ ޑޮކިއުމެންޓްރީއެއް ނެރެނީ

11 މާރިޗު 2018
ސްރީދޭވީގެ ޑޮކިއުމެންޓްރީއެއް ނެރެނީ
28 ފެބުރުއަރީ 2018

ސްރީދޭވީގެ މަރާއި ގުޅިގެން ޕަރީ އެޅުވުން ފަސްކޮށްފި

28 ފެބުރުއަރީ 2018
ސްރީދޭވީގެ މަރާއި ގުޅިގެން ޕަރީ އެޅުވުން ފަސްކޮށްފި
27 ފެބުރުއަރީ 2018

ސްރީދޭވީގެ މަރު: އޮޅުން ބޮޅުންގަނޑަކަށް

27 ފެބުރުއަރީ 2018
ސްރީދޭވީގެ މަރު: އޮޅުން ބޮޅުންގަނޑަކަށް
26 ފެބުރުއަރީ 2018

ސްރީދޭވީގެ ޖަނާޒާއަށް އޭނާގެ ހަށިގަނޑު މުމްބާއީއަށް މިއަދު ގެންދާނެ

26 ފެބުރުއަރީ 2018
ސްރީދޭވީގެ ޖަނާޒާއަށް އޭނާގެ ހަށިގަނޑު މުމްބާއީއަށް މިއަދު ގެންދާނެ
12 ޖެނުއަރީ 2018

އިންދިރާ ގާނދީގެ ބައޮޕިކްގައި ވިދްޔާ

12 ޖެނުއަރީ 2018
އިންދިރާ ގާނދީގެ ބައޮޕިކްގައި ވިދްޔާ
15 ނޮވެމްބަރު 2017

ވިދްޔާ ބާލަންގެ އައު ފިލްމު ރިލީޒް ނުކުރަނީސް 5 ކްރޯރްގެ ފައިދާއެއް

15 ނޮވެމްބަރު 2017
ވިދްޔާ ބާލަންގެ އައު ފިލްމު ރިލީޒް ނުކުރަނީސް 5 ކްރޯރްގެ ފައިދާއެއް
15 ނޮވެމްބަރު 2017

ޝާހާ އެކު ފިލްމެއް ކުޅޭކަށް ހުށަހެޅުމެއް ނުލިބޭ: ވިދްޔާ

15 ނޮވެމްބަރު 2017
ޝާހާ އެކު ފިލްމެއް ކުޅޭކަށް ހުށަހެޅުމެއް ނުލިބޭ: ވިދްޔާ
16 އޮކްޓޯބަރު 2017

"ތުމާރީ ސޫލޫ": ވިދްޔާގެ އެކްޓިންއަށް ބޮޑު ތައުރީފެއް

16 އޮކްޓޯބަރު 2017
"ތުމާރީ ސޫލޫ": ވިދްޔާގެ އެކްޓިންއަށް ބޮޑު ތައުރީފެއް
20 މާރިޗު 2017

ވިދްޔާ ބާލަން 10 ދުވަހުގެ ތެރޭގައި ބަޑިޖަހަށް ދަސްކޮށްފި

20 މާރިޗު 2017
ވިދްޔާ ބާލަން 10 ދުވަހުގެ ތެރޭގައި ބަޑިޖަހަށް ދަސްކޮށްފި
16 މާރިޗު 2017

ވިދްޔާގެ ގައިގައި އަތްލި މީހަކު ދެކެ ރުޅި އަތުވެއްޖެ

16 މާރިޗު 2017
ވިދްޔާގެ ގައިގައި އަތްލި މީހަކު ދެކެ ރުޅި އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް