Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސްރީދޭވީ

ސްރީދޭވީގެ ޖަނާޒާއަށް އޭނާގެ ހަށިގަނޑު މުމްބާއީއަށް މިއަދު ގެންދާނެ

ސްރީދޭވީ މަރުވިއިރު އުމުރަކީ 54

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 26 ފެބުރުއަރީ 2018 | ހޯމަ 05:36
ސްރީދޭވީ

ސްރީދޭވީ

މިދިޔަ ހޮނިހިރު ދުވަހު މަރުވި މަޝްހޫރު އެކްޓްރެސް ސްރީދޭވީ ކަޕޫރު މިއަދު މުމްބާއީއަށް ގެންދާނެއެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުގައި އޭނާ މިއަދު މެންދުރު ފަހު 1:30 ގައި މުމްބާއީއަށް ގެންދާނީ ޕްރައިވެޓް ޖެޓެއްގައެވެ.

ސްރީދޭވީގެ އާއިލާއިން ބުނެފައިވަނީ ސްރީދޭވީ މަރުވީ އާއިލާ މީހެއްގެ ކައިވެންޏަށް ދުބާއީއަށް ގޮސް އުޅެނިކޮށް ޖެހުނު ކުއްލި ހާޓްއެޓޭކެއްގެ ސަބަބުން ކަމަށެވެ. ހޮނިހިރު ދުވަހުގެ ރޭ ސްރީދޭވީ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ދުބާއީގައެވެ. މަރުވިއިރު އުމުރުން 54 އަހަރެވެ. މަރުވިއިރު ކައިވެނިކޮށްގެން އުޅުނީ ފިލްމް ޕްރޮޑިއުސަރ ބޮނީ ކަޕޫރާއެވެ. ބޮނީ އާއި ސްރީދޭވީއަށް ދެކުދިން ލިބިފައިވެއެވެ.

ބޮނީ އާއި ކައިވެނި ކުރުމުގެ ކުރިން ސްރީދޭވީ ވަނީ ބޮލީވުޑްގެ ލެޖެންޑް މިތުން ޗަކްރަބޮތީ އާއިވެސް ކައިވެނިކޮށްފައެވެ. އެ ކައިވެންޏަށް ކުއްޖަކު ލިބިފައެއް ނުވެއެވެ.

ސްރީދޭވީގެ ކުއްލި މަރާއި ގުޅިގެން ބޮލީވުޑްގެ ފަންނާނުންނާއި، އިންޑިއާގެ ރައްޔިތުން ހިމެނޭގޮތަށް ގިނަ ބަޔަކު ހިތާމަ ފާޅުކުރަމުންދާއިރު، އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީވެސް ވަނީ ސްރީދޭވީގެ ކުއްލި މަރާއި ގުޅިގެން ހިތާމަ ފާޅުކުރައްވާފައެވެ. މޯދީ ވިދާޅުވީ ސްރީދޭވީގެ ދިގު ފިލްމީ ކެރިއަރުގައި ވަރަށް މޮޅު ޕާފޯމަންސްތަކެއް ދައްކާފައިވާ ކަމަށެވެ.

ސްރީދޭވީ އެންމެ ފުރަތަމަ ފިލްމު ކުޅެން ފެށީ އުމުރުން އެންމެ ހަތަރު އަހަރުގަ އެވެ. އޭނާ ވަނީ އިންޑިއާގެ އެކި ފިލްމުތަކުން ފެނިގެން ގޮސްފައެވެ. އޭނާ ކުޅުނު ހިންދީ، ތަމަޅަ އަދި ތެލުގޫ ފަދަ ބަސްތަކުގެ ފިލްމުގެ އަދަދު 300 އަށް ވުރެ ގިނަ އެވެ. ސްރީދޭވީގެ އެންމެ ފަހު ފިލްމަކީ މިދިޔަ އަހަރު ނުކުތް "މޮމް" އެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ސޯނޫ ނިގަމްއަށް ކީ ފާޑު ކިޔުންތަކާއެކު އޭނާގެ ގޭގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

19 އެޕްރީލު 2017
ސޯނޫ ނިގަމްއަށް ކީ ފާޑު ކިޔުންތަކާއެކު އޭނާގެ ގޭގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
27 މާރިޗު 2017

ރިތިކް އޭނާގެ ބައޮގްރާފީ ލިޔަނީތަ؟

27 މާރިޗު 2017
ރިތިކް އޭނާގެ ބައޮގްރާފީ ލިޔަނީތަ؟
26 މާރިޗު 2017

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
23 މާރިޗު 2017

ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!

23 މާރިޗު 2017
ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!
18 މާރިޗު 2017

ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި

18 މާރިޗު 2017
ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު