Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

ވިދްޔާގެ ގައިގައި އަތްލި މީހަކު ދެކެ ރުޅި އަތުވެއްޖެ

ސެލްފީއެއް ނަގަން އެދުމުން އެކަމަށް ހުރަސްއަޅާފައި ވަނީ ވިދްޔާގެ މެނޭޖަރު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 16 މާރިޗު 2017 | ބުރާސްފަތި 09:01
ވިދްޔާ ބާލަން

ވިދްޔާ ބާލަން

ބޮލީވުޑް އެކްޓްރެސް ވިދްޔާ ބާލަންގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލި މީހކު ދެކެ ވަރަށް ބޮޑަށް ރުޅި އަތުވެއްޖެ އެވެ.

އެ ހާދިސާ ހިނގާފައިވަނީ ވިދްޔާ މިހާރު ކުޅެމުންދާ ފިލްމް "ބޭގަމް ޖާން" ގެ ޕްރޮޑިއސަރު މަހޭޝްބަޓް އާއި ޑައިރެކްޓާ ސިރިޖިތް މުކަރުޖީއާ އެކު ކަލްކޮތާ އެއަރޕޯޓްގައި ހުއްޓާ އޭނާގެ ފިރިހެން ފޭނެއް އައިސް ސެލްފީ ނަގަން އުޅުމުގެ ތެރޭގައި އޭނާގެ ގައިގައި އަތްލުމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވިދްޔާ ހިތްހަމަ ނުޖެހުނީ އެމީހާ ސެލްފީ ނަގަން އެޅުމުގެ ތެރޭގައި ވިދްޔާގެ އުނަގަނޑުގައި އަތް އެޅުވުމުން އޭނާގެ ގައިގައި އަތްނުލުމަށް އެދުމުން ދެވަނަ ފަހަރަށް ވެސް އުނަގަނޑުގައި އަތްލުމުން ކަމަށެވެ.

އެވަގުތު ވިދްޔާ ރުޅިގަދަވެ ހަޅޭލަވައިގަތުމުން އަނެއްކާ ވެސް ސެލްފީއެއް ނަގަން އެދުމުން އެކަމަށް ހުރަސްއަޅާފައި ވަނީ ވިދްޔާގެ މެނޭޖަރެވެ.

އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ވިދްޔާ ބުނެފައިވަނީ ނުދަންނަ މީހަކު ގޮސް މީހެއްގެ ގަޔަށް ބޮލަށް އަރައިގަތުން އަދި އެއީ އަންހެނެއް ވިޔަސް ފިރިހެނެއް ވިޔަސް ހިތްހަމަ ޖެހޭ ކަމެއް ނޫން ކަމަށެވެ.

ވިދްޔާ ބުނެފައިވަނީ އަހަރުމެންނަކީ މީހުން ދަންނަ ބަޔަކަށް ވިޔަސް އެންމެންގެ މުދާގަނޑެއް ނޫން ކަމަށެވެ.

ބޮލީވުޑްގައި ތަފާތު ރޯލުތަކުން ފެނިގެން ގޮސްފައިވާ ވިދްޔާ ބާލަން މިހާރު މަސައްކަތް ކުރަމުންދާ ފިލްމް "ބޭގަމް ޖާން" ގައި ދައްކުވައިދެނީ އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ސަރަހައްދީ ރޮނގުގައި ހުންނަ ނާސި ގެއެއްގައި ދިރިއުޅޭ އަންހެނުންތަކެއްގެ ވާހަކައެވެ. މި ގެ އެއްފަޅި އިންޑިއާގައި ހުންނަ އިރު އަނެއް ފަޅި ހުންނަނީ ޕާކިސްތާނުގައެވެ. މިއީ ބެންގާލް ޑްރާމާއެއް ކަމަށްވާ "ރާޖްކަހާނީ" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ނަސީރުއްދީން ޝާހް އާއި، ވިވެކް މުޝްރާން، ޗަންކީ ޕާންޑޭ، ޕޫނަމް ސިންގް ރާޖްޕޫތު، ރިދީމާ ތިވާރީ، ފްލޯރާ ސައިނީ، ޕްރިޔަންކާ ސަތިއާ، މިޝްތީ ޗަކްރޮބަތީ، ސުމިތު ނިޖާވަން، ޕްރިތިބާޝް އަދި ރާޖޭޝް ޝަރްމާ ހިމެނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ

ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ

07 ޖޫން 2017
ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި

ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި

18 މެއި 2017
ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ

ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ

12 މެއި 2017
މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް

މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް

01 މެއި 2017
ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި

ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި

28 އެޕްރީލު 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު