Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުތުމާރީ ސޫލޫޫ

"ތުމާރީ ސޫލޫ": ވިދްޔާގެ އެކްޓިންއަށް ބޮޑު ތައުރީފެއް

މި ފިލްމު ނިކުންނާނީ މިމަހުގެ 17 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 16 އޮކްޓޯބަރު 2017 | ހޯމަ 04:02
ތުމާރީ ސޫލޫ

ތުމާރީ ސޫލޫ

ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ނެރޭ "ތުމާރީ ސޫލޫ"ގައި ވިދްޔާގެ އެކްޓިންއަށް ބޮޑު ތައުރީފެއް ދަނީ އޮހެމުންނެވެ.

އެ ފިލްމުގެ ދެވަނަ ޓްރެއިލާ އާންމު ކުރުމާއެކު ވިދްޔާގެ އެކްޓިން މި ފިލްމުގައި ވަރަށް ފުރިހަމަ ވާނެ ކަމަށާއި މި ފިލްމު ބަލާމީހުންނަށް އުފާވެރިކަން ގެނެސްދޭނެކަމަށް ޓްރެއިލާ ބެލި މީހުން ވަނީ ބުނެފައެވެ.

މި ފިލްމުގެ ދެވަނަ ޓްރެއިލާ އާންމު ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގައެވެ. ދެ ދުވަސް ތެރޭގައި އެ ޓްރެއިލާއަށް ވަނީ ހަތަރު މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައެވެ. މި ފިލްމުގެ ޓްރެއިލާ މިހާ ގިނަ އަދަދެއްގެ ބަޔަކު ބަލާފައި މިވަނީ ފިލްމުގައި ވިދްޔާ ބާލަންގެ މޮޅު އެކްޓާއި ކެރެކްޓާ ކަމުދާތީކަމަށް އިންޑިއާގެ ނޫސްތަކުގައި ވެއެވެ.

"ތުމާރީ ސޫލޫ" ގެ ޓްރެއިލާ އާންމު ކުރުމާއެކު ބޮލީވުޑްގެ ފަންނާނުންވެސް ވަނީ މި ޓްރެއިލާއަށް ތައުރީފުކޮށްފައެވެ. އެގޮތުން ޕްރޮޑިއުސަރ ކަރަން ޖޯހަރާއި އެކްޓަރ އަނިލް ކަޕޫރު ހިމެނެއެވެ.ކުރިން "ތުމާރީ ސޫލޫ" ރިލީޒްކުރުމަށް ހަމަޖެހިފައި އޮތީ ޑިސެމްބަރު 1 ވަނަ ދުވަހަށެވެ. އެހެން ނަމަވެސް ފަހުން ވަނީ ނޮވެމްބަރ 24 އަށް އަވަސްކޮށްފައެވެ.

"ތުމާރީ ސޫލޫ" ގައި ވިދްޔާ ބާލަން އެކްޓް ކޮށްފައިވަނީ ގެވެހި އަންބެއްގެ ގޮތުގައެވެ. އަދި އޭނާ ޝޯއެއް ހޮސްޓް ކުރާތަން ވެސް ޓްރެއިލާއިން ފެނެއެވެ.މި ފިލްމުގައި ވިދްޔާގެ އިތުރުން ފެނިގެން ދާނީ މަނަޗް ކައުލް އެވެ. އޭނާ އަކީ ވިދްޔާގެ ފިރިމީހާގެ ރޯލު އަދާކުރާ އެކްޓަރެވެ. އަދި ނޭހާ ދޫޕިޔާ ވެސް ފިލްމުން ފެނިގެން ދެއެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

13 މާރިޗު 2017
ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި
11 މާރިޗު 2017

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް
06 މާރިޗު 2017

އެމިރޭޓްސް މުބާރާތުން ނަޝީ ކޭކްސް އަށް ބޮޑު ކާމިޔާބެއް

06 މާރިޗު 2017
އެމިރޭޓްސް މުބާރާތުން ނަޝީ ކޭކްސް އަށް ބޮޑު ކާމިޔާބެއް
05 މާރިޗު 2017

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!
27 ފެބުރުއަރީ 2017

"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

27 ފެބުރުއަރީ 2017
"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު