Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސްރީދޭވީ

ސްރީދޭވީގެ ޑޮކިއުމެންޓްރީއެއް ނެރެނީ

ސްރީދޭވީގެ ޑޮކިއުމެންޓްރީ ހަދަނީ ރާމް ގޯޕާލް ވަރްމާ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 11 މާރިޗު 2018 | އާދީއްތަ 07:45
ސްރީދޭވީ

ސްރީދޭވީ

ފެބްރުއަރީ މަހުގެ 24 ގައި މަރުވި އިންޑިއާގެ މަޝްހޫރު ތަރި ސްރީދޭވީގެ ޑޮކިއުމެންޓްރީއެއް ނެރުމަށް ހަމަޖެހިއްޖެއެވެ.

ސްރީދޭވީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ޑޮކިއުމެންޓްރީ ޑައިރެކްޓް ކުރަނީ ޝޭކަރް ކަޕޫރްއެވެ. މީގެ ކުރިން އަޑުތައް ފެތުރުނީ ސްރީދޭވީގެ ހަޔާތުގެ މައްޗަށް ރާމް ގޯޕާލް ވަރްމާ އާރުޖޭވީ ފީޗާ ފިލްމެއް ހަދަން އުޅޭ ކަމަށެވެ. އެހެން ނަމަވެސް އާރްޖީވީ ވަނީ އެކަން ދޮގުކޮށް އިންޑިއާގެ ތަރިންގެ ތެރެއިން ސްރީދޭވީގެ ރޯލު ކުޅެވޭނެ ވަރުގެ ބަތަލާއެއް ހޯދުމަކީ އުނދަގޫކަމެއް ކަމަށް ބުނެފައެވެ.

ސްރީދޭވީގެ ހަޔާތުގެ މައްޗަށް ޑޮކިއުމެންޓްރީއެއް ގެނެސްދިނުމަށް ނިންމާފައިވަނީ އޭނާގެ ފިރިމީހާ ބޯނީ ކަޕޫރެވެ. ޚަބަރުތައް ބުނާ ގޮތުގައި މި ޑޮކިއުމެންޓްރީގެ މަސައްކަތް ޑައިރެކްޓަރ ޝޭކަރް ކަޕޫރު ވަރަށް އަވަހަށް ކުރާނެއެވެ.

ޕޯސްޓްމޯޓަމް ރިޕޯޓްތައް އާންމު ކޮށްފައިވާއިރު އެ ރިޕޯޓްތަކުގައި ބުނެފައިވަނީ ސްރީދޭވީ މަރުވީ ގެނބިގެން ކަމަށެވެ. ސްރީދޭވީ އެންމެ ފުރަތަމަ ފިލްމު ކުޅެން ފެށީ އުމުރުން އެންމެ ހަތަރު އަހަރުގަ އެވެ. މަރުވިއިރު ސްރީދޭވީގެ އުމުރުން 54 އަހަރެވެ. އޭނާ މަރުވިއިރު ކައިވެނިކޮށްގެން އުޅުނީ ފިލްމް ޕްރޮޑިއުސަރ ބޮނީ ކަޕޫރާއެވެ. ބޮނީ އާއި ސްރީދޭވީއަށް ދެކުދިން ލިބިފައިވެއެވެ.

ބޮނީ އާއި ކައިވެނި ކުރުމުގެ ކުރިން ސްރީދޭވީ ވަނީ ބޮލީވުޑްގެ ލެޖެންޑް މިތުން ޗަކްރަބޮތީ އާއިވެސް ކައިވެނި ކޮށްފައެވެ. އެ ކައިވެންޏަށް ކުއްޖަކު ލިބިފައެއް ނުވެއެވެ.

އޭނާ ވަނީ އިންޑިއާގެ އެކި ފިލްމުތަކުން ފެނިގެން ގޮސްފައެވެ. އޭނާ ކުޅުނު ހިންދީ، ތަމަޅަ އަދި ތެލުގޫ ފަދަ ބަސްތަކުގެ ފިލްމުގެ އަދަދު 300 އަށް ވުރެ ގިނަ އެވެ. ސްރީދޭވީގެ އެންމެ ފަހު ފިލްމަކީ މިދިޔަ އަހަރު ނުކުތް "މޮމް" އެވެ. އޭނާއަށް ވަނީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަ ކުރުމަށް 2013 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަޕަދްމާ ޝްރީ އެވޯޑު ވެސް ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖޯންގެ "ޕަރްމާނޫ: ދަ ސްޓޯރީ އޮފް ޕޮޚްރާން" ނެރެނީ ޑިސެންބަރު މަހުގައި

ޖޯންގެ "ޕަރްމާނޫ: ދަ ސްޓޯރީ އޮފް ޕޮޚްރާން" ނެރެނީ ޑިސެންބަރު މަހުގައި

23 އޯގަސްޓު 2017
ޕްރިޔަންކާ މިފަހަރު ޑީޖޭ ވިލް ސްޕާކްސްއާ އެކު ލަވައެއް ނެރެނީ

ޕްރިޔަންކާ މިފަހަރު ޑީޖޭ ވިލް ސްޕާކްސްއާ އެކު ލަވައެއް ނެރެނީ

06 އޯގަސްޓު 2017
ޝަލަބީގެ ދެވަނަ މަދަހަ އަލްބަމް މިއަދު ނެރެނީ

ޝަލަބީގެ ދެވަނަ މަދަހަ އަލްބަމް މިއަދު ނެރެނީ

21 ޖޫން 2017
ސަލްމާން ޚާންގެ "ޓިއުބްލައިޓް" ގެ ޓްރެއިލާ ނެރެނީ މާދަމާ

ސަލްމާން ޚާންގެ "ޓިއުބްލައިޓް" ގެ ޓްރެއިލާ ނެރެނީ މާދަމާ

24 މެއި 2017
"މާމާ މިއާ" ގެ ދެވަނަ ބައި ނެރެނީ

"މާމާ މިއާ" ގެ ދެވަނަ ބައި ނެރެނީ

22 މެއި 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު