Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ

ނިއުކްލިއަރ ހަތިޔާރު ތަރައްގީ ކުރާނެ ކަމުގެ އިންޒާރު ސައުދީ އަރަބިއްޔާ އިން ދީފި

16 މާރިޗު 2018 | ހުކުރު 06:03

އީރާނުން ނިއުކްލިއަރ ބޮމެއް ތަރައްޤީ ކުރާ ނަމަ، ވީހާ ވެސް އަވަހަކަށް ސައުދީން އެކަން ކުރާނެ: ވަލީ އަހުދު މުޙައްމަދު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 16 މާރިޗު 2018 | ހުކުރު 06:03
ސައުދީ ވަލީ އަހުދު އަދި ދިފާއީ ވަޒީރު މުޙައްމަދު ބިން ސަލްމާން

ސައުދީ ވަލީ އަހުދު އަދި ދިފާއީ ވަޒީރު މުޙައްމަދު ބިން ސަލްމާން

އީރާނުން ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ ނަމަ، ސައުދީ އަރަބިއްޔާ އިން ވެސް ނިއުކްލިއަރ ހަތިޔާރު ތަރައްޤީ ކުރާނެ ކަމުގެ އިންޒާރު އެގައުމުން ދީފިއެވެ.

އެމެރިކާގެ ސީބީއެސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވިދާޅުވީ، ނިއުކްލިއަރ ހަތިޔާރު ހޯދުމަށް ސައުދީ އަރަބިއްޔާ އިން ބޭނުން ނުވާ ކަމަށެވެ. އެހެންނަމަވެސް އީރާނުން ނިއުކްލިއަރ ބޮމެއް ތަރައްޤީ ކުރާ ނަމަ، ވީހާ ވެސް އަވަހަކަށް ސައުދީން ވެސް އެކަން ކުރާނެ ކަމުގެ ޝައްކެއް ނެތް ކަމަށް މުޙައްމަދު ވިދާޅުވިއެވެ.

ދުނިޔޭގެ ބާރުތަކާއެކު 2015 ވަނަ އަހަރު ހެދި ނިއުކްލިއަރ އެއްބަސްވުމަށް ފަހު އީރާނުން ވަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް މަޑު ޖައްސާލާފައެވެ.

އެހެންނަމަވެސް، އެ އެއްބަސްވުމުން ވަކިވާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފައިވުމާ އެކު، އެއްބަސްވުމުގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ސައުދީ އަރަބިއްޔާ އަދި އީރާނަކީ މެދުއިރުމަތީގައި ޒަމާންވީ ދެ ހަތުރުންނެވެ. މެދުއިރުމަތީގެ ސުންނީ މުސްލިމް ގައުމުތަކުން ސައުދީ އަރަބިއްޔާ އަށް ބައިއަތު ހިފާއިރު، ޝިއައީންގެ ކޮންޓްރޯލް އޮންނަ ގައުމުތަކުން އީރާނާއެކު ގާތް ގުޅުމެއް ބާއްވާއެވެ. އަދި ސަރަހައްދީ މައްސަލަތަކުގައި އީރާން އަދި ސައުދީ އަރަބިއްޔާ އިން އަބަދު ވެސް ވަކާލާތު ކުރަނީ ދެކޮޅަށެވެ.

ސީރިއާ އަދި ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ މައްސަލާގައި މި ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.

ސައުދީގެ ރަސްކަމަށް ދެން އަންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ވަލީއަހުދު އަދި އެގައުމުގެ ދިފާއީ ވަޒީރުގެ މަގާމުވެސް އަދާ ކުރައްވާ މުޙައްމަދު ބިން ސަލްމާން މިދިޔަ ނޮވެމްބަރު މަހު ވަނީ، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއަކީ މެދުއިރުމަތީގެ އާ ހިޓްލަރުގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

ސީބީއެސްގެ ސިކްސްޓީ މިނިޓްސް ޕްރޮގްރާމަށް ދިން އިންޓަވިއުގައި މުޙައްމަދު ވިދާޅުވީ، ޔޫރަޕްގައި ހިޓްލަރުގެ ބާރު ފުޅާ ކުރުމަށް މަސައްކަތް ކުރި ފަދައިން، މެދުއިރުމަތީގައި އަމިއްލަ ޕްރޮޖެކްޓެއް ފެތުރެއްވުމަށް ޚާމަނާއީ މަސައްކަތްޕުޅު ކުރައްވާ ކަމަށެވެ. އަދި އޭރު އެގޮތަށް ދިމާވީ ޔޫރަޕާއި ދުނިޔޭގެ ގިނަ ގައުމުތަކުން ހިޓްލަރުގެ ނުރައްކާ ދެނެނުގަނެވުމުން ކަމަށާއި، މެދުއިރުމަތީގައި އެހާލަތު ތަކުރާރުވާން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
21 މާރިޗު 2017

ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

21 މާރިޗު 2017
ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި
11 މާރިޗު 2017

ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ

11 މާރިޗު 2017
ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް