Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓު

އެންޓި ޑިފެކްޝަން ގާނޫނާއި ފަނޑިޔާރުން ވަކިކުރެވޭ އިސްލާހު ބާތިލް ކުރުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި

15 މާރިޗު 2018 | ބުރާސްފަތި 10:29

ފުރަތަމަ މައްސަލަ އާދިއްތަ ދުވަހުގެ 11:00 އަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 މާރިޗު 2018 | ބުރާސްފަތި 10:29
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން

ރައްޔިތުންގެ މަޖިލީހުން އަންގާރަ ދުވަހު ފާސްކުރި، އަދި ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވާފައިވާ އެންޓި ޑިފެކްޝަން ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު، ބާތިލް ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުގައި ތާވަލް ކޮށްފި އެވެ.

ދުސްތޫރީ މި ދެ މައްސަލައިގެ ތެރެއިން ފުރަތަމަ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވަނީ، އާދިއްތަ ދުވަހުގެ 11:00 އަށެވެ. ދެވަނަ މައްސަަލަ ތާވަލް ކޮށްފައިވަނީ ހަމަ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:30 އަށެވެ.

Advertisement - newsAdvertisement

އެންޓި ޑިފެކްޝަން ގާނޫނާއި ފަނޑިޔާރުން މަގާމުން ވަކިކުރެވޭގޮތަށް ފާސްކޮށްފައިވާ އިސްލާހު، ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު އަލީ ހުސައިން އާއި އަދާލަތު ޕާޓީގެ ޕާލަމެންޓް މެމްބަރު އަނާރާ ނައީމު އެވެ.

އެ ދެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށް ފަހު އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ގަބޫލް ކުރާ ގޮތުގައި މިމަހުގެ 13 ވަނަ ދުވަހު މަޖިލީހުން ފާސްކުރެއްވި ބިލްތަކަކީ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިޖުރާއަތުތަކާ ހިލާފަށް ފާސްކޮށްފައިވާ ބިލްތަކެއް ކަމަށާއި އެބިލްތައް ބާތިލް ކުރުމަށް ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެދިވަޑައިގަންނަވަނީ މީގެ ކުރިން ވެސް މިފަދަ ހައްސާސީ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ކަންކަން ނިންމަވާފައިވާ ފަދައިން މި މައްސަލަ އަށް ވެސް ވީހާ ވެސް އަވަހަށް ގޮތެއް ނިންމެވުން ކަމަށް އިބޫ ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް އިޝާރާތް ކުރައްވާ އިބޫ ވިދާޅުވީ ގާނޫނު އަސާސީގެ 154 ވަނަ މާއްދާ ނުހިނގާނޭ ކަމަށް އެ ބިލްގައި ބުނެފައި ކަމަށެވެ. ގާނޫނު އަސާސީގައި އޮތް މާއްދާއެއް ނުހިނގާނޭ ކަމަށް ނުބުނެވޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ އިތުރަށް ވިދާޅުވީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނޭ ކަމަށް ބުނުމަކީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށާއި މިހާރު ވެސް ދިރިދިރިއޮތް ސިޔާސީ ޕާޓީތަކުގެ ގާނޫނު ވެސް އެބައޮތް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 253 ވަނަ މާއްދާގައި ބުނާ ގޮތުން ނަމަ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މެންބަރެއް ކަމުގައި ވިޔަސް މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ ކޮމެޓީތަކަށް އެ މެންބަރަކު ގެންނަން ޖެހޭނެ ކަމަށް ބުނާއިރު، އިދިކޮޅު 16 މެންބަރަކު މަޖިލީހަށް ނުވަދެވޭ ގޮތް ހަދައިގެން އެންމެ 39 މެންބަރުންނާ އެކު އެ ނިންމުން ނުނިންމޭނޭ ކަމަށް އިބޫ ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ މަޖިލީހުގެ ގަވާއިދަކީ ގާނޫނެއްގެ ބާރު ލިބިދޭ ގަވާއިދެއް ކަމަށާއި މަޖިލީހުގައި 43 މެންބަރުން ތިބެގެން ނޫން ގޮތަކަށް އެފަދަ އެއްވެސް ގާނޫނެއްގެ ބިލް ފާސް ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އަލީ ހުސައިން ވިދާޅުވީ އެންޓި ޑިފެކްޝަންގެ ގާނޫނަކީ ބަރުލަމާނީ ނިޒާމެއްގައި އޮންނަ ގާނޫނެއް ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތުން ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހް ގެނެސްފައި ވަނީ ގާނޫނު އަސާސީގެ 154 ވަނަ މާއްދާ އުވާލާފައި ކަމަށާއި ގާނޫނު އަސާސީގެ އެމާއްދާގެ ބޭނުމަކީ ފަނޑިޔާރުންނަކީ މިނިވަން މުސްތަގިއްލު އަދި ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ. އެކަމަކު ގާނޫނު އަސާސީގެ އެމާއްދާ ނުހިނގާ ގޮތަށް ހެދުމަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ކަމަށާއި އެއީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އަނާރާ ނައީމް ވިދާޅުވީ އިސްލާމް ދީނުގައި ވެސް އަންގަވާފައި ވަނީ ފަނޑިޔާރުންނަކީ މިނިވަން މުސްތަގިއްލު ބަޔަކަށް ވާން ޖެހޭނެ ކަމަށާއި މިހާރު މިގެނައި އިސްލާހުގެ ސަބަބުން އެ މުސްތަގިއްލުކަން ގެއްލިގެންދާނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ގާނޫނު ހިނގާނީ ފަހުން އަންނަ ކަމަކަށް ކަމަށާއި 13 ޖުލައި 2017 ގެ ފަހުން އެންޓި ޑިފެކްޝަން ގާނޫނު ހިނގާނެ ކަމަށް ބުނުމަކީ ގާނޫނު އަސާސީގެ އެމާއްދާއާ ހިލާފް ކަމެއް ކަމަށް އަނާރާ ވިދާޅުވިއެވެ.

މީގެ އިތުރުން އަނާރާ ވިދާޅުވީ އެބިލް ފާސްކުރެއްވި މެންބަރުންގެ އިހުލާސްތެރި ކަމެއް ނެތް ކަމަށާއި އިހުލާސްތެރިކަމެއް ހުރި ނަމަ ވަކި މެންބަރުންތަކެއްގެ ގޮނޑި ގެއްލޭ ގޮތް ހެދުމުގެ ބަދަލުގައި މިހާރު އޮތް ރައްޔިތުންގެ މަޖިލީސް ފެށުނީންސުރެ އެގާނޫނު ހިނގާނެ ކަމަށް ލިޔުނީސް ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ފަނޑިޔާރުން ދަނީ ފާޅުގައި ކެމްޕެއިން ކުރަމުން، ގާޒީންގެ ނުފޫޒުން މި ޤައުމު މިނިވަންކުރަންޖެހޭ: ކައުންސިލަރ ފާރޫޤު

07 އެޕްރީލު 2017
ފަނޑިޔާރުން ދަނީ ފާޅުގައި ކެމްޕެއިން ކުރަމުން، ގާޒީންގެ ނުފޫޒުން މި ޤައުމު މިނިވަންކުރަންޖެހޭ: ކައުންސިލަރ ފާރޫޤު
04 އެޕްރީލު 2017

ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި

04 އެޕްރީލު 2017
ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި
22 މާރިޗު 2017

އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި

22 މާރިޗު 2017
އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި
15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
11 މާރިޗު 2017

މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް

11 މާރިޗު 2017
މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް