Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމީން

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

އެއްވެސް އިރަކު އޭސީސީގެ ބެލުމުގެ ދަށަށް އެ ފައިސާ އައިސްފައެއްނުވޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 14 މާރިޗު 2018 | ބުދަ 14:28
ރައީސް އަބްދުﷲ ޔާމީން: ރައީސް ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާވިކަން އޭސީސީގެ ރިޕޯޓުގައި ބުނެފައިވޭ

ރައީސް އަބްދުﷲ ޔާމީން: ރައީސް ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާވިކަން އޭސީސީގެ ރިޕޯޓުގައި ބުނެފައިވޭ

ރައީސް އަބްދުﷲ ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލިބިފައިނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި އޭސީސީގެ މެންބަރަކު ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު އޭސީސީގެ ބެލުމުގެ ދަށުގައި އެބަހުރި ކަމަށް ބުނެ ފަތުރަނީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. އެ ފައިސާ އެއްވެސް އިރަކު އޭސީސީގެ ބެލުމުގެ ދަށަށް ގެނެސްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން ބޭނުން ނުކުރައްވާ ކަމަށާއި އެ ފައިސާ ހުރީ އޭސީސީގެ ބެލުމުގެ ދަށުގައި ކަމަށް ވިދާޅުވީ ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.

ބުދަ ދުވަހު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ، އެމްއެމްޕީއާރްސީގެ ފައިސާ އެސްއޯއެފް އެކައުންޓް މެދުވެރިކޮށް ރައީސް ޔާމީންގެ އެކައުންޓަށް، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ޖަމާ ކުރެއްވީ ކީއްވެގެން ކަން ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި، އެ ފައިސާއަކީ އެސްއޯއެފްގެ ފައިސާ ކަމެއް ރައީސަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އޭސީސީން އެކަން ހާމަކުރުމާ ހަމައަށް އެ އެކައުންޓަށް ފައިސާ ޖަމާކުރިކަން ވެސް ރައީސް އަށް އެނގިވަޑައިނުގަންނަވާ ކަމަށް ނިހާން ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ އިސްލާމިކް ބޭންކް އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ބުނާ މައްސަލަ ބެލުމަށް ފަހު އޭސީސީއިން ތައްޔާރުކުރި ރިޕޯޓްގައި ބުނެފައި ވަނީ، ރައީސް ޔާމީނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް 2015 ވަނަ އަހަރުގެ އޮކްޓޯބަރު 13 ވަނަ ދުވަހު ފަސް ލައްކަ އެމެރިކާ ޑޮލަރު (7.7 މިލިއަން ރުފިޔާ) ޖަމާކުރިކަމާއި އަދި 2015 ވަނަ އަހަރުގެ އޮކްޓޯބަރު 15 ވަނަ ދުވަހު ވެސް ފަސް ލައްކަ ޑޮލަރު ޖަމާކުރިކަން ފާހަގަކުރެވުނު ކަމަށެވެ.

ރައީސް ޔާމީނުގެ އެކައުންޓަށް ޗެކު ޖަމާކުރަން ދިޔައީ އެސްއޯއެފް ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ ކަމަށް އޭސީސީ އިން ބުނެފައި ވެއެވެ. ނަމަވެސް އެއީ ކޮން ކަމަކާ ގުޅިގެން އަދި ކޮން ބޭނުމެއްގައި ޖަމާކޮށްފައިވާ ފައިސާ ކަމެއް އޭސީސީގެ ރިޕޯޓްގައި ފާހަގަކޮށްފައެއް ނުވެއެވެ.

ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރި ޖުމްލަ އެއް މިލިއަން ޑޮލަރު އެމަނިކުފާނު އަނބުރާ ދައުލަތަށް ދެއްކެވި ކަމެއް ނުވަތަ ނޫން ކަމެއް އޭސީސީގެ ރިޕޯޓުގައި ބުނެފައެއް ނުވެއެވެ. ނަމަވެސް ނިހާން ވިދާޅުވީ އެ ފައިސާ ޖަމާކުރިކަން އެނގިވަޑައިގެންނެވި ހިސާނުން އެ ފައިސާއަކީ ދައުލަތުން ގެއްލުނު ފައިސާކަން ކަނޑައެޅެންދެން އެ ފައިސާ އެ އެ ކައުންޓްގައި އެމަނިކުފާނު ބޭނުން ނުކުރައްވައި ބަހައްޓާފައި ހުރި ކަމަށެވެ.

"އެ އެއް މިލިއަން ޑޮލަރަކީ އެސްއޯއޮފްގެ ލާރިކަން ރައީސް އަށް އެނގިވަޑައެއް ނުގަންނަވާނެ އޭސީސީން ރައީސްއާ ސުވާލުކުރުމާ ހަމައަށް. އެ ވާހަކަ ސުވާލު ކުރެއްވި ވަގުތުން ފެއްޓިގެން ރައީސް ޔާމީނު އެ އޮތީ އެއް މިލިއަން ޑޮލަރު އެ އެކައުންޓްގައި އެ އެސްއޯއެފްގައި އެކައުންޓްގައި ހުރި ހުރިހާ ލާރިއަކީ އެމްއެމްޕީއާރުސީގެ ލާރިކަން ކަނޑައެޅެންދެން އަތް ނުލެވޭ ގޮތަށް ބަހައްޓަވާފައި....ރައީސް ޔާމީނަށް ލިބިވަޑައިގަންނަވަންޖެހޭ ފައިސާއެއް އަދީބު ފޮނުއްވީ ކޮންތާކުން، ކޮން ހެނެއްކަން އެނގޭނީ އެ ފައިސާ އައި ހިސާބު އެނގިގެންތާ. ޗެކަކުން އައީ، ޗެކް އައީ ކޮން ދިމާލަކުން ކަމެއް، ރައީސް ޔާމީނަކަށް އެނގިވަޑައެއް ނުގަންނަވާނެ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ޗެކަކީ އެސްއޯއެފްގެ ޗެކެއްތޯ އަދި ސްކޯސް އޮފް ފްލެއާ، އަދި އެސްއޯއެފްއަކީ ވިޔަފާރިކުރާ ކުންފުންޏެއް. ތަފާތު އެތައް ވިޔަފާރިތަކެއް އެ ކުންފުނި ތެރޭގައި އުޅެފާނެ. ނުވަތަ އެހެން ގޮތަކުން ވެސް އެ ކުންފުނީގެ ތެރޭގައި އެހެން ވިޔަފާރިތަކެއްގެ ފައިސާ ހުރެދާނެ. އެހެންވީމާ އެ ވަގުތު ނިންމާކަށް ފަސޭހައެއް ނުވާނެ މިއީ އެމްއެމްޕީއާރުސީގެ ފައިސާ ކަމެއް ނުވަތަ ނޫން ކަމެއް. އެކަން އެނގިވަޑައިގަންނަވާނީ މިއޮއް ބޮޑު ކަންތައް ތަހުގީގުކުރާ ފަރާތްތަކަށް،" ނިހާނު ވިދާޅުވިއެވެ.

އެސްއޯއެފް ކުންފުނީގެ ހިއްސާދާރުން ރާއްޖެ ގެނެއުމަށް ފުލުހުންގެ އިދާރާ އިން އެފަރާތްތަކުގެ މައްޗަށް ރެޑް ނޯޓިސް ނެރެފައިވާ ކަމާއި އެހެންނަމަވެސް މިހާތަނަށް ރާއްޖެ ގެނެވިފައިނުވާކަން އޭސީސީން ފާހަގަކޮށްފައިވެއެވެ.

އޭސީސީ އިން ބުނީ އެ ފަރާތްތަކުގެ ބަހެއް ވެސް ތަހުގީގައި ހޯދިފައި ނުވާތީ މައްސަލަ އިތުރަށް ކުރިއަށް ގެންގޮސް ފުރިހަމަކުރެވޭނީ އެފަރާތްތައް ހާޒިރުކޮށް އެ ފަރާތްތަކުގެ ބަހެއް ހޯދައިގެން ކަން ފާހަގަކުރެވޭތީ އެފަރާތްތައް ހާޒިރުކުރެވެންދެން އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.

އެސްއޯއެފް ކުންފުންޏަކީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާ ގާތްގުޅުމެއް އޮންނަ، އަދި ހިބަޅިދޫ މައްސަލަ އާއި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އިންޓަޕޯލް މެދުވެރިކޮށް ހޯދަން އިއުލާނުކޮށްފައިވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ ހިއްސާ އޮތް ކުންފުންޏެކެވެ. ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެސްއޯއެފް މެދުވެރިކޮށް އެކި ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައި ވެއެވެ.

އެސްއޯއެފް އިން ބުނާ ގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާ ޖަމާކޮށްފައި ވަނީ ރައީސް ޔާމީނާއި އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ އާއި ޕީޕީއެމްގެ އެކައުންޓްތަކަށެވެ. ނަމަވެސް، އެމްއެމްޕީއާރްސީ އިން ފައިސާ ހޯދަން ދައުވާކުރުމުން ސިވިލް ކޯޓުން ސެޕްޓެމްބަރު މަހު ވަނީ 160 މިލިއަން ރުފިޔާ ދެއްކުމަށް އެސްއޯއެފްގެ މައްޗަށް ހުކުމް ކޮށްފައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ރައީސް ޔާމީނަށް ވެސް ލިބިވަޑައިގެންނެވި ކަމަށް ތުހުމަތު ކުރެވޭއިރު، ރައީސް ޔާމީން ގެންދަވަނީ އެ ތުހުމަތުތައް ދޮގު ކުރައްވަމުންނެވެ.

ނ. ކުޑަފަރީ ބަނދަރު ހުޅުވުމަށް 2016 ވަނަ އަހަރުގެ ފެބްރުއަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އެކައުންޓަކަށް އެމްއެމްޕީއާރްސީގެ އެއްވެސް ފައިސާއެއް ޖަމާވެފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އެމްއެމްޕީއާރްސީގެ ފައިސާތައް ރައީސް އާއި އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ތުހުމަތުކުރާއިރު، އެކަން އެނގޭ އެއްވެސް ލިޔުމެއް ފެންނަން ނެތް ކަމަށް ރައީސް ޔާމީން އެ ރަސްމިއްޔާތުގައި ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރުގެ ޗެކްތަކެއް ޖަމާކުރި މައްސަލަ އިދިކޮޅު ފަރާތްތަކުން ފުލުހުންގެ އިދާރާއަށް ވެސް ހުށަހެޅި އެވެ. ނަމަވެސް، ފުލުހުން ވަނީ އެ މައްސަލަ ނުބަލަން ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު