Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޓި ޑިފެކްޝަން ބިލް

މެމްބަރުންގެ ގޮނޑި ގެއްލުވާލާ ބިލައި ފަނޑިޔާރުން މަޤާމުން ވަކިކުރާ އިސްލާހު ރައީސް ތަސްދީޤު ކުރައްވައިފި

14 މާރިޗު 2018 | ބުދަ 09:28

ރައްޔިތުންގެ މަޖިލިސް އޮތީ ސިފައިން ހިސޯރުކޮށްފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 މާރިޗު 2018 | ބުދަ 09:28
މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ރަސްމިއްޔާތުގެ ތެރެއިން

މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ރަސްމިއްޔާތުގެ ތެރެއިން

ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ބިލާއި ފަނޑިޔާރުން ވަކި ކުރެވޭ ގޮތަށް, ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަސްދީގު ކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރައްވައިފިއެވެ.

މެމްބަރުންގެ ގޮނޑި ގެއްލޭ އެންޓި-ޑިފެކްޝަން ބިލާއި ފަނޑިޔާރުން މަގާމުން ވަކި ކުރެވޭގޮތަށް، ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

އަސްކަރިއްޔާއިން ސުޕްރީމް ކޯޓް ހިސޯރުކުރުމަށް ފަހު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް އެ ދެ ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ މަގުސަދުގައި، ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި ބިލް ފާސްކުރީ 38 މެމްބަރުންގެ ވޯޓުންނެވެ.

ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުށަހެޅުއްވި އެންޓި ޑިފެކްޝަން ބިލް ފާސްކުރީ 36 މެމްބަރުންގެ ވޯޓުންނެވެ.

އެ ދެ ބިލް މަޖިލީހުން ފާސްކުރި ނަމަވެސް އެ ދެ ބިލް ފާސްކުރުމުގެ މަސައްކަތް މަޖިލީހުުން ކޮށްފައިވަނީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މެމްބަރުންނާއި ގިނަ ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މަޖިލީހުގެ އެ ޖަލްސާގައި މަޖިލީހުގެ ރައީސަށް ގާނޫނީ ލަފާ ދެއްވާ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާވެސް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

މި ދެ ވޯޓަކީ ގައުމަށްޓަކައާއި މިނިވަންކަމަށްޓަކައާއި މާދަމާއަށްޓަކައި، އަދި ރައީސް ޔާމީން ކުރައްވާ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެވޭ ވޯޓެއް ކަމަށް، މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފުގެ މަރުހަލާތައް ނިމޭ ހިސާބުން އެ ފަނޑިޔާރަކު މަޤާމުން ވަކިވާނެ ކަމަށެވެ.

އެންޓި ޑިފެކްޝަންގެ ބިލް ފާސްކޮށްފައިވަނީ މިހާރު ގޮނޑި ގެއްލިފައިވާ ކަމަށް، ގަދަބާރުން ވެރިކަމުގައި ހުންނެވި ރައީސް ޔާމީން ޤާބޫލުކުރައްވާ 12 މެމްބަރުންގެ ގޮނޑި ގެއްލިގެންދާ ގޮތަށެވެ.

ޤާނޫނު އަސާސީއާ ޚިލާފު ކަމަށް ގިނަ މެމްބަރުން ވިދާޅުވަމުން ދިޔަ މި ދެ ބިލަށް ވޯޓަށް އެހުމުގެ ރަނގަބީލް ޖެހުމަށް ފަހު، ވޯޓް ނެގުން ދިގު ދެންމިއެވެ. ބަހަނާއެއްގެ ގޮތުގައި ރިޔާސަތުން ވިދާޅުވީ "ޓެކްނިކަލް މައްސަލައެއް" ދިމާވީ ކަމަށް ކަމަށެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
09 މާރިޗު 2017

އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

09 މާރިޗު 2017
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް