Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު

ފަލަސްތީނުގެ ބޮޑުވަޒީރަށް ދިން ހަމަލާގެ ތަހުގީގު ހަމާސްއިން ފަށައިފި

14 މާރިޗު 2018 | ބުދަ 03:05

ހަމަލާގައި އެތައް ބޮޑީގާޑުންނެއް ޒަޚަމްވި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 14 މާރިޗު 2018 | ބުދަ 03:05
ހަމްދަﷲ ޣައްޒާއަށް ވަޑައިގެންްނެވީ ގޭބިސީތަކުން ބޭރުކުރާ ފެން ސާފުކުރާ ޕްލާންޓެއް ހުޅުވުމަށް

ހަމްދަﷲ ޣައްޒާއަށް ވަޑައިގެންްނެވީ ގޭބިސީތަކުން ބޭރުކުރާ ފެން ސާފުކުރާ ޕްލާންޓެއް ހުޅުވުމަށް

ފަލަސްތީނުގެ ބޮޑުވަޒީރު ރަމީ ހަމްދަﷲ ޣައްޒާއަށް ވަޑައިގަތުމުން އެމަނިކުފާނުގެ ވަފުދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލާފައިވަނީ އިސްރާއީލުން ކަމަށް ކަނޑަނާޅާ ކަމަށާއި އެކަން ތަހުގީގުކުރުމަށް ހަމާސް ޖަމާއަތުން ގޮވާލައިފިއެވެ.

ހަމާސްގެ ކޮންޓްރޯލް އޮންނަ ޣައްޒާގައި ޕަބްލިކް ވޯކްސް ފެސިލިޓީއެއް ހުޅުވުމަށް ރަމީ ހަމްދަﷲ އަންގާރަ ދުވަހު ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނަށް އަމާޒުކޮށް، ދިން ހަމަލާގައި އެތައް ސެކިއުރިޓީ ގާޑުންނެއް ޒަޚަމްވެފައިވާއިރު އެ މަނިކުފާނުވަނީ ޒަޚަމްވެ ވަޑައިނުގެން ސަލާމަތްވެ ވަޑައިގެންފައެވެ.

އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގޮވުން ގޮވާފައިވަނީ ހަމަދަﷲ އާއިއެކުގައި ދަތުރުކުރި ވެހިކަލްތައް އިސްރާއީލުން ކޮންޓްރޯލްކުރާ އަރްޒް ޗެކްޕޮއިންޓް ހުރަސްކުރުމާއިއެކުއެވެ.

ބައެއް މަސްދަރުތަކާއި ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ ހަމްދަﷲ އާއި ހަމާސްގެ ސިޔާސީ އިސް ލީޑަރު، އިސްމާއިލް ހަނިއްޔާ އަންގާރަ ދުވަހުގެ ފަހުގެ ވަގުތެއްގައި ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، އަދި ހަމަލާގެ ފައިދާ އޮތް ފަރާތަކީ އިސްރާއީލް ކަމަށް ފެންނައިރު ހަމަލާދީފައިވަނީ އިސްރާއީލުންކަމަށް ދެބޭފުޅުންވެސް އެއްބަސްވެ ވަޑައިގަންނަވާކަމަށެވެ.

ފަލަސްތީނުގެ ސަރުކާރުގެ ތަރުޖަމާނު ޔޫސުފު އަލް މަހްމޫދު ވަނީ އެ ދެބޭފުޅުން ފޯނުން ގުޅުއްވައި މަޝްވަރާކުރެއްވިކަމަށް ބުނާ ރިޕޯޓްތައް ފަލަސްތީނުގެ ނޫސް އޭޖެންސީ، ވަފާ މެދުވެރިކޮށް ދޮގު ކުރައްވާފައެވެ.

ހަމާސްއިންވަނީ އެ ހަމަލާގައި އެ ޖަމާއަތުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި އެ ޖަމާއަތުން އެ ކަމުގެ "ތަހުގީގެއްކޮށް ހަމަލާގެ ފަހަތުގައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ" ކަމަށެވެ.

މި ތަހުގީގު ހިންގުމުގެ ޒިންމާ ހަވާލުކުރައްވާފައިވަނީ ހަމާސްގެ ސަލާމަތީ ކަންކަމާއިބެހޭ އިސްވެރިޔާ ތައުފީޤް އަބޫ ނައީމް އާއެވެ.

ފަލަސްތީނުގެ ވާދަވެރި ސިޔާސީ ދެ ޕާޓީ ކަމަށްވާ ހަމާސް ޖަމާއަތާއި ފަތަހް ޖަމާއަތުން 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުވަނީ 10 ވަރަކަށް އަހަރުވީ ޚިލާފްތައް ނައްތާލައި ޣައްޒާއާއި ހުޅަނގު އައްސޭރީގައި އެއް ސަރުކާރެއް ބޭއްވުމަށް އެއްބަސްވުމަކަށް ގޮސްފައެވެ.

އޭގެ ކުރިން ހަމާސް ޖަމާއަތަކީ ހުޅަނގު އައްސޭރީގެ ވެރިކަންކުރާ ޕާޓީ ކަމަށްވާއިރު ޣައްޒާގެ ކޮންޓްރޯލް އޮންނަނީ ހަމާސް ޖަމާއަތުގެ އަތްމަތީގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް