Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ގުޅިފައިވާ ޕާޓީތައް

މެންބަރުންގެ ގޮނޑި ގެއްލޭ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

13 މާރިޗު 2018 | އަންގާރަ 14:45

ބިލްތައް ނިންމާފައިވަނީ ޤާނޫނު އަސާސީއާ ޚިލާފަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 13 މާރިޗު 2018 | އަންގާރަ 14:45
ގުޅިފައިވާ ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން

ގުޅިފައިވާ ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން

ރައްޔިތުންގެ މަޖިލީހުން އަންގާރަ ދުވަހު ފާސްކުރި އެންޓި ޑިފެކްޝަން ޤާނޫނުގެ ބިލާއި ފަންޑިޔާރުންގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލް ބާތިލް ކުރުމަށް ގުޅިފައިވާ ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ގުޅިފައިވާ ޕާޓީތަކުން މިއަދު މ. ކުނޫޒްގައި ބޭއްވި ޕްރެސް ކޮނަފަރެންސެއްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިޙް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ޤަބޫލް ކުރާ ގޮތުގައި މިއަދު މަޖިލީހުން ފާސްކުރެއްވި ބިލްތަކަކީ ޤާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިޖުރާއަތުތަކާ ޚިލާފަށް ފާސްކޮށްފައިވާ ބިލްތަކެއް ކަމަށާއި އެބިލްތައް ބާތިލް ކުރުމަށް ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެދިވަޑައިގަންނަވަނީ މީގެ ކުރިން ވެސް މިފަދަ ޚައްޞާސީ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ކަންކަން ނިންމަވާފައިވާ ފަދައިން މި މައްސަލަ އަށް ވެސް ވީހާ ވެސް އަވަހަށް ގޮތެއް ނިންމެވުން ކަމަށް އިބޫ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިއަދު ފާސްކުރި ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލަށް އިޝާރާތް ކުރައްވާ އިބޫ ވިދާޅުވީ ޤާނޫނު އަސާސީގެ 154 ވަނަ މާއްދާ ނުހިނގާނޭ ކަމަށް ވަނީ ބިލްގައި ބުނެފައި ކަމަށެވެ. ޤާނޫނު އަސާސީގައި އޮތް މާއްދާއެއް ނުހިނގާނޭ ކަމަށް ނުބުނެވޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ އިތުރަށް ވިދާޅުވީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނޭ ކަމަށް ބުނުމަކީ ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފް ކަމެއް ކަމަށާއި މިހާރު ވެސް ދިރިދިރިއޮތް ސިޔާސީ ޕާޓީތަކުގެ ޤާނޫނު ވެސް އެބައޮތް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 253 ވަނަ މާއްދާގައި ބުނާ ގޮތުން ނަމަ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މެންބަރެއް ކަމުގައި ވިޔަސް މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ ކޮމެޓީތަކަށް އެ މެންބަރަކު ގެންނަން ޖެހޭނެ ކަމަށް ބުނާއިރު، އިދިކޮޅު 16 މެންބަރަކު މަޖިލީހަށް ނުވަދެވޭ ގޮތް ހަދައިގެން އެންމެ 39 މެންބަރުންނާ އެކު އެ ނިންމުން ނުނިންމޭނޭ ކަމަށް އިބޫ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ޤާނޫނީ ވަކީލް ޢަލީ ހުސައިން ވިދާޅުވީ މަޖިލީހުގެ ޤަވާއިދަކީ ޤާނޫނެއްގެ ބާރު ލިބިދޭ ޤަވާއިދެއް ކަމަށާއި މަޖިލީހުގައި 43 މެންބަރުން ތިބެގެން ނޫން ގޮތަކަށް އެފަދަ އެއްވެސް ޤާނޫނެއްގެ ބިލް ފާސް ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ޢަލީ ހުސައިން ވިދާޅުވީ އެންޓި ޑިފެކްޝަންގެ ޤާނޫނަކީ ބަރުލަމާނީ ނިޒާމެއްގައި އޮންނަ ޤާނޫނެއް ކަމަށާއި ރާއްޖޭގެ ޤާނޫނު އަސާސީ ބުނާ ގޮތުން ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.

ޢަލީ ހުސައިން ވިދާޅުވީ ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހް ގެނެސްފައި ވަނީ ޤާނޫނު އަސާސީގެ 154 ވަނަ މާއްދާ އުވާލާފައި ކަމަށާއި ޤާނޫނު އަސާސީގެ އެމާއްދާގެ ބޭނުމަކީ ފަނޑިޔާރުންނަކީ މިނިވަން މުސްތަޤިއްލު އަދި ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ. އެކަމަކު ޤާނޫނު އަސާސީގެ އެމާއްދާ ނުހިނގާ ގޮތަށް ހެދުމަކީ ފަނޑިޔާރުންނަށް ނުފޫޒް ފޯރުވުން ކަމަށާއި އެއީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ޢަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ އިސްލާމް ދީނުގައި ވެސް އަންގަވާފައި ވަނީ ފަނޑިޔާރުންނަކީ މިނިވަން މުސްތަޤިއްލު ބަޔަކަށް ވާން ޖެހޭނެ ކަމަށާއި މިހާރު މިގެނައި އިސްލާހުގެ ސަބަބުން އެ މުސްތަޤިއްލުކަން ގެއްލިގެންދާނެ ކަމަށެވެ. އަދި ޤާނޫނު އަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ޤާނޫނު ހިނގާނީ ފަހުން އަންނަ ކަމަކަށް ކަމަށާއި 13 ޖުލައި 2017 ގެ ފަހުން އެންޓި ޑިފެކްޝަން ޤާނޫނު ހިނގާނެ ކަމަށް ބުނުމަކީ ޤާނޫނު އަސާސީގެ އެމާއްދާއާ ޚިލާފް ކަމެއް ކަމަށް އަނާރާ ވިދާޅުވިއެވެ.

މީގެ އިތުރުން އަނާރާ ވިދާޅުވީ މިއަދު އެބިލް ފާސްކުރެއްވި މެންބަރުންގެ އިޚްލާސްތެރި ކަމެއް ނެތް ކަމަށާއި އިޚްލާސްތެރިކަމެއް ހުރި ނަމަ ވަކި މެންބަރުންތަކެއްގެ ގޮނޑި ގެއްލޭ ގޮތް ހެދުމުގެ ބަދަލުގައި މިހާރު އޮތް ރައްޔިތުންގެ މަޖިލީސް ފެށުނީންސުރެ އެޤާނޫނު ހިނގާނެ ކަމަށް ލިޔުނީސް ކަމަށެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ މިއީ ދަރުބާރު ފެކްޝަންގެ މެންބަރުންގެ ހަތަރެސްފައިގާ ބިޑިއެޅުވުނު ބިލެއް ކަމަށާއި އެމީހުން ފޭހުނު އިލޮށިގަނޑު އެމީހުންގެ ލޮލަށް ހެރޭނެ ކަމަށެވެ. އަދި 12 މެންބަރުން ޕީޕީއެމުން ވަކިވެފައި ވަނީ ވެސް އަދި ވަކިކޮށްފައި ވަނީ ވެސް 13 ޖުލައިގެ ކުރިން ކަމަށާއި 12 މެންބަރުންގެ ތެރެއިން އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލޭނޭ ޤާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް އަމީތު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

22 މާރިޗު 2017

އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް

22 މާރިޗު 2017
އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް
17 މާރިޗު 2017

ފަހިރޯދި ދޯނި ނުގެއްލޭ: ފަޅުވެރިން

17 މާރިޗު 2017
ފަހިރޯދި ދޯނި ނުގެއްލޭ: ފަޅުވެރިން
09 މާރިޗު 2017

އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

09 މާރިޗު 2017
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ
09 މާރިޗު 2017

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

09 މާރިޗު 2017
މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް
02 މާރިޗު 2017

ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން

02 މާރިޗު 2017
ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް