Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޔޫއޯ

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

ހައްގުތައް ހޯދަން އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 23 ފެބުރުއަރީ 2017 | ބުރާސްފަތި 04:18
އިދިކޮޅު އިއްތިހާދު ހިޔަނި ކެބިނެޓް މެމްބަރު އާދަމް އާޒިމް

އިދިކޮޅު އިއްތިހާދު ހިޔަނި ކެބިނެޓް މެމްބަރު އާދަމް އާޒިމް

ދިވެހި ރައްޔިތުންނަން ގާނޫނު އަސާސީން ލިބިފައިވާ މިނިވަންކަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިގުޅާގަންނަމުން ދާއިރު ޙައްގުބަސް ބުނަން މަގުމައްޗަށް ނުނިކުމެއްޖެނަމަ މިހާރު ލިބިފައިވާ ހަނި މިނިވަންކަން ވެސް ގެއްލިގެންދާނެ ކަމަށް އެސްޓިއޯގެ ކުރީގެ އެމްޑީ އަދި އިދިކޮޅު އިއްތިހާދު ހިޔަނި ކެބިނެޓް މެމްބަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

"ވަޒީފާގެ ނާމާންކަން" ނަމުގައި ބުރާސްފަތި ދުވަހުގެ ރޭ އެމްޔޫއޯން ބޭއްވި ޕެނަލް ޑިސްކަޝަންގައި އާޒިމް ވިދާޅުވީ ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަން ލިބިދީފައިވާ މިނިވަންކަން ރައީސް ޔާމީންގެ ސަރުކާރުން ނިގުޅައި ގަންނަމުން ދާއިރު ހައްގުތައް ހޯދަން އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން ނިގުޅާއިގަތުމަށް ފަހު މިއަދު ވަޒީފާގެ ބިރު ދައްކާ ވެރިކަން ކުރާ ޕާޓީ ޕީޕީއެމަށް ސޮއި ކުރަން މަޖުބޫރުކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ދިވެހި ރައްޔިތުން ޙައްގު ބަސް ބުނުމަށް ނުނިކުމެއްޖެނަމަ، މި ސަރުކާރުން ރައްޔިތުން އަޅުވެތިކުރަމުން ދާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އެހެންކަމުން ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ގާނޫނެއް ފާސްކުރި ނަމަވެސް، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގެ ގޮތުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒިފުންނަން ވަޒީފާގެ ބިރުދައްކަމުން ދާއިރު، އެވާހަކަތައް ސޯސަލް މީޑިއާގައި މެދުވެރިކޮށް ވެސް ދަންކަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ. މިނިވަންކަން ދޫކުރަން ފަށާފިނަމަ މިނިވަންކަން މުޅިން ގެއްލިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު