Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

އަހަރުމެން ކަޝްމީރު މައްސަލައަކަށް ވެސް ނުވަންނަން، އިންޑިއާ އިން ވެސް ރާއްޖޭގެ އެތެރޭގެ މައްސަލަތަކަށް ވަންނާކަށް ނުޖެހޭ: ސަރުކާރު

13 މާރިޗު 2018 | އަންގާރަ 12:40

ރާއްޖޭގެ އެތެރޭގެ މައްސަލަތައް ހައްލު ކުރުމުގެ ފުރުޞަތު ރާއްޖެއަށް ދޭން ޖެހޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 13 މާރިޗު 2018 | އަންގާރަ 12:40
މިނިސްޓަރ ޝައިނީ ރައީސް އޮފީހުގެ ޕްރެސްކޮންފަރެންސެއްގައި

މިނިސްޓަރ ޝައިނީ ރައީސް އޮފީހުގެ ޕްރެސްކޮންފަރެންސެއްގައި

ދިވެހިރާއްޖެ އިން ކަޝްމީރުގެ މައްސަލައިގައި މެދުވެރިއަކަށް ވާން އެދިފައި ނުވާނެ ކަމަށާއި، ހަމަ އެފަދައިން ރާއްޖޭގެ އެތެރޭގެ މައްސަލައަކަށް އިންޑިއާ އިން ވެސް ވަންނަން ނުޖެހޭ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ބޭރުގެ މީޑިއާތަކަށް ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ކަމަށް ބުނެ އަންގާރަ ދުވަހު ދިވެހި ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިންޑިއާގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އޮފް ފިޝަރީޒް ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، ރާއްޖޭގެ އެތެރޭގެ މައްސަލަތައް ހައްލު ކުރުމުގެ ފުރުޞަތު ރާއްޖެއަށް ދޭން ޖެހޭ ކަމަށާއި، އެފަދަ މައްސަލަތައް ހައްލު ކުރުމުގެ ޤާބިލިއްޔަތުކަން ދިވެހިންގެ އެބަހުރި ކަމަށެވެ. އަދި ބޭރު ބައެއްގެ އެހީ ބޭނުންވާ ހާލަތެއް މިވަގުތު ޤައުމުގައި ނެތް ކަމަށް ޝައިނީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބޭރުގެ ކުލީ ސިފައިންތަކެއް މާލެއަށް އަރައި 1988 ވަނަ އަހަރު ދިން އުދުވާނީ ހަމަލާއަށް އިޝާރާތް ކުރައްވައި މިނިސްޓަރ ޝައިނީ އިތުރަށް ވިދާޅުވީ، ފަހުގެ ތާރީޚުގައި ބޭރު ބައެއްގެ އެހީ ރާއްޖެއިން ބޭނުންވީ އެންމެ ފަހަރަކު ކަމަށާއި އެފަހަރު އެހީ ހޯދީ އިންޑިއާގެ ފަރާތުން ކަމަށެވެ. އަދި ދެންވެސް އެފަދަ އެހީއެއް ބޭނުންވެއްޖެ ނަމަ ރާއްޖެ އިން އެހީއަށް އެދޭނެ ކަމަށާއި، އެހީއަށް އެދެންދެން ބައިނަލްއަޤުވާމީ ދުނިޔެއިން އަމިއްލަ ހާލައިގެން ރާއްޖެ ދޫކޮށްލަން ޖެހޭ ކަމަށް ވެސް ޝައިނީ ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ހިނގަމުންދާ ކަންކަމުގެ ތެރެއަށް އިނޑިއާ ވައްދައި މައްސަލަ ގޯސް ކުރުމަށް މަސައްކަތް ކުރަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށާއި، އެގޮތުން އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް އެރުމަށް ނަޝީދު ގޮވާލެއްވި ކަމަށް ވެސް ޝައިނީ ވިދާޅުވިއެވެ. ރާއްޖޭގެ މައްސަލަ ހައްލުކުރުމަށް އަސްކަރީ އިތުބާރު ލިބިފައިވާ ސަފީރަކު ރާއްޖެއަށް ފޮނުވައިދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެން އެ އެދިވަޑައިގަތުމާއި ގުޅޭ ގޮތުން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހާއި މީޑިއާގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރެވިފައިވާއިރު، އެ މަޢުލޫއަށް އިންޑިއާ ސަރުކާރުން އަޅައި ނުލާ ކަމަށް ވެސް ޝައިނީ ވިދާޅުވިއެވެ.

ރާއްޖެއިން މިހާރު ގެންގުޅެނީ "އެންމެ ފުރަތަމަ އިންޑިއާ" ސިޔާސަތެއް ކަމަށާއި، ނަމަވެސް ތަރައްޤީއަށްޓަކައި، އެހީ ލިބުނު ދިމާލަކުން އެހީ ހޯދާނެކަން ޝައިނީ ފާހަގަކުރެއްވިއެވެ.

ޗައިނާ އަށް ރާއްޖެ އިން ފުރުސަތުތައް ދިނުމުގައި އިސްކަން ދޭ ކަމަށް ބުނާ ވާހަކައާ ގުޅިގެން ވެސް ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ. އޭގެ ޖަވާބުގައި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ޒުވާނުންގެ ތަރައްގީ އަށް ރާއްޖެއިން އިސްކަންދޭ އިރު ވަޒީފާތަކާއި އުމްރާނީ ތަރައްގީ ގެނައުން ސަރުކާރަށް މުހިންމު ކަމަށާއި އެހެން ކަމުން އެ މަޝްރޫއުތައް ހިންގުމަށް އިންވެސްޓްކުރާނެ ފަރާތްތަކަށް ރާއްޖެ ހުޅުވާލެވިފައިވާ ކަމަށެވެ. އެހެން ކަމުން އެކަމަށް އެހީތެރިކަން ފޯރުކޮށްދޭ ކޮންމެ ބައެއްގެ އެހީތެރިކަން ވެސް ރާއްޖެ އިން ބަލައި ގަންނާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އިންވެސްޓްކޮށްފައި ވަނީ ހަމައެކަނި ޗައިނާ އިން ނޫން ކަމަށާއި އިންޑިއާ އާއި ޔޫރަޕް އަދި ހާއްސަކޮށް އެމެރިކާގެ ނަން މަޝްހޫރު ބްރޭންޑްތައް ރާއްޖޭގައި އެބަހުރި ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ނަޝީދަށް ވާދަކުރެވިދާނެތޯ ކުރި ސުވާލާ ގުޅިގެން ޑރ. ޝައިނީ ވިދާޅުވީ ރާއްޖޭގައި ހަދާފައިވާ ގާނޫނޫތަކުގެ ދަށުން އެކަމަށް ހުރަސްތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެއީ ސިޔާސީ ފަރާތްތަކުން އެއްބަސްވެއްޖެ ނަމަ އިސްލާހު ގެނެސްގެން ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ފަނޑިޔާރަކު ރަހީނުކުރި ކަމަށް ޚުދު ރައީސް ނަޝީދު ވެސް އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި އަދި އެކަމާ ގުޅިގެން ދިގު މުއްދަތެއްގެ ހުކުމެއް އިއްވާފައިވާތީ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ބަައިވެރިވަޑައިގެންނެވޭ ގޮތް ހަދައިފި ނަމަ އެހެން ގައިދީންނާއި ޓެރަރިސްޓުންނަށް ވެސް ވާދަކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ޝައިނީ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ

28 ފެބުރުއަރީ 2017
ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ
26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް