Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެންޓި ޑިފެކްޝަން ބިލް

އެންޓި ޑިފެކްޝަން ބިލަކީ ވުޖޫދު ކުރެވޭނެ ޤާނޫނެ ނޫން، ބިލް ޤާނޫނު އަސާސީއާ ހިލާފު: ހަނީފާ

މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައެޅުމަކީ އިލެކްޝަންސް ކޮމިޝަންގެ މެންޑޭޓުގެ ތެރޭގައި ހިމެނޭކަމެއް ނޫން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 12 މާރިޗު 2018 | ހޯމަ 03:53
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ޤާނޫނީ ވަކީލާ ހަނީފާ ހާލިދު

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ޤާނޫނީ ވަކީލާ ހަނީފާ ހާލިދު

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އެންޓި ޑިފެކްޝަން ބިލަކީ ޤާނޫނު އަސާސީއާއި ހެދިފައިވާ ޤާނޫނުތަކާ ފުށުއަރާ ބިލެއް ކަމަށާއި، އެހެން ކަމުން އެއީ ވުޖޫދު ކުރެވޭނެ ޤާނޫނެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ލީގަލް ޑިރެކްޓަރ ހަނީފާ ހާލިދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ބިލާ ގުޅޭ ގޮތުން ރާއްޖެޓީވީގެ "ވަރަކޮށާ ބިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަނީފާ ވިދާޅުވީ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމަކީ އިލެކްޝަންސް ކޮމިޝަންގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އެއީ ޤާނޫނު އަސާސީން އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ ބާރެއް ނޫން ކަމަށާއި، އިލެކްޝަންސް ކޮމިޝަނަށް ޤާނޫނު އަސާސީން ނުދޭ މެންޑޭޓެއް، ހަދާ ޤާނޫނަކުން ވެސް ނުދެވޭނެ ކަމަށް ހަނީފާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ހަނީފާ ވިދާޅުވި ގޮތުގައި މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދޭނަމަ ފުރަތަމަ ޤާނޫނު އަސާސީއަށް ބަދަލުގެންނަންޖެހޭނެ އެވެ. އަދި އެޔަށްފަހު އިންތިހާބުތަކާއި ގުޅޭ ގޮތުން ހެދިފައިވާ އެހެން ޤާނޫނުތަކަށް ބަދަލުގެނައުމަށްފަހުގައި ނޫނީ އެންޓި ޑިފެކްޝަން ޤާނޫނެއް ނުހެދޭނެ ކަމަށް ހަނީފާ ވިދާޅުވި އެވެ.

"ސިޔާސީ ޕާޓީތަކުގެ ޤާނޫނު 17 ވަނަ މާއްދާގެ އޮންނަނީ (ހ) އަދި (ށ) އެކަނި. އެއީ ޕާޓީގެ ނަމުގައި އިންތިހާބަށް ކުރިމަތިލުން އެކަނި. 16 ވަނަ މާއްދާގެ (ބ) ގައި އެބަ އޮތް ޕާޓީ ބަދަލުކުރިކަމުގައިވިޔަސް މެމްބަރުކަމުގެ ގޮނޑި ނުގެއްލެނެކަމަށް. އެކަން އޮންނަނީ 16 ވަނަ މާއްދާގެ (ބ) ގައި. އެހެންކަމުން ފުރަތަމަ މި ބިލްގައި އޮތް މާއްދާވެސް ޤާނޫނަކުން އަޅުގަނޑުމެންނަކަށް ނުފެނޭ. 17 ވަނަ މާއްދާގެ (ބ) އެއް ނޯވޭ." އެންޓި ޑިފެކްޝަން ބިލްގައި އުވާލެވޭނެކަމަށް ބުނެފައިވަނީ ޤާނޫނުގައި ނެތް މާއްދާއެއްކަން ފާހަގަކުރައްވަމުން ހަނީފާ ވިދާޅުވި އެވެ.

ހަނީފާ ވިދާޅުވީ ބިލް ފެށިގެން ނިމެންދެން ބަލާއިރުވެސް އެ ބިލް ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ތައާރަޒުވާކަމަށެވެ. އެހެންކަމުން އެއީ ވުޖޫދަށް ގެނެވިދާނެ ޤާނޫނެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން ބަންޑާރަ ނައިބާއި، އިލެކްޝަންސް ކޮމިޝަނުން ބިލަށް ކޮމެންޓްކުރައްވާއިރު އެކަން ފާހަގަކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ހަނީފާ ވިދާޅުވި އެވެ.

ވަކި ސިޔާސީ ޕާޓީއެއްގެ ފިކުރާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރަމުންގެންދަނީ އެ ސަބަބާ ހުރެ، އެ ކޮމިޝަންގައި މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގެ ފަންވަރެއް މިހާރު ނެތް ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ.

"އެހެން ޤައުމުތަކުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ވެވެނީ ހައި ކޯޓުގެ ޖަޖުންގެ ފެންވަރުގެ ބޭފުޅުންނަށް. އެހެންނަމަވެސް މި ރާއްޖޭގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ތިއްބަވަނީ އެގޮތަށް ޤާބިލް ބޭފުޅުންނެއް ނޫން" ވަކީލާ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް

ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް

22 މާރިޗު 2017
އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި

އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި

22 މާރިޗު 2017
އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

14 މާރިޗު 2017
ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

07 މާރިޗު 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު