Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސީހު ވަކިކުރުން

ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް

22 މާރިޗު 2017 | ބުދަ 15:44

މަޖިލިސް ހިންގަނީ ހުދުމުޚްތާރުކޮށް: ރިޔާޒު

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 22 މާރިޗު 2017 | ބުދަ 15:44
މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގެ ތެރެއިން

މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގެ ތެރެއިން

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކުގެ މައިގަނޑު އަސްލު ފެށިފައި ވަނީ ރައްޔިތުންގެ މަޖިލީހުން ކަމަށް، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ގުޅިފައިވާ ޕާޓީތަކުގެ ޕްރެސް ކޮންފަރެންސްގައި، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން ގާނޫނުތަކާއި ގަވާއިދުތަކަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މާލިއްޔަތު ގާނޫނަށް ކުއްލިއަކަށް ގެނައި ބަދަލުގެ ސަބަބުން ސަރުކާރުން މަޖިލީހަށް ޖަވާބު ދާރީވުން ވަނީ ހުއްޓުމަށް އައިސްފައި ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ނޭނގި ސަރުކާރުން ބޭނުންވާ ބަޔަކަށް ސުވޮރިން ގެރެންޓް ދެވޭ ކަމަށާއި އެއްވެ އުޅުމުގެ ހައްގު ވަނީ ހަނިކޮށްފައިވާ ކަމަށެވެ.

"ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ މައިގަނޑު މައްސަލަ ފެށިފައި ވަނީ މަޖިލީހުން،" އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ މަޖިލިސް ހިންގަމުން ދަނީ ވަރަށް ހުދުމުޚްތާރުކޮށް ކަމަށާއި ސަރުކާރު ޒިންމާދާރުކުރުމުގެ އެއްވެސް މަސައްކަތެއް ރައްޔިތުންގެ މަޖިލީހުން ނުގެންދެވޭ ކަމަށެވެ.

"މިހާރުގެ ސްޕީކަރާ މެދު ހިތްހަމަ ނުޖެހޭ މައިގަނޑު ސަބަބަކީ މިއީ،" ރިޔާޒު ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ އަނިޔާވެރިކޮށް ކަންކުރުން ހުއްޓުވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައިސާ ދީގެން ވެސް، ނުފޫޒު ބޭނުންކޮށްގެން ވެސް ދިވެހި ބިން ވިއްކުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި، މަޖިލިސް ވެފައި ވަނީ ސަރުކާރުގެ ރަބާ ސްޓޭމްޕަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގެ ސްޕީކަރު ބަދަލުކުރުމަކީ ހުރިހާ މެމްބަރުންނަށް ލާޒިމު ކަމެއް،" އޭނާ ވިދާޅުވި އެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދާ ނުކުރެވޭ ކަމަށާއި ވަކިވަކި މެމްބަރުންނަށް ހުވައާ އެއްގޮތަށް މަސައްކަތް ނުކުރެވޭ ކަމަށެވެ. މަޖިލީހުގެ މެމްބަރުންގެ ދައުރު ފުރިހަމައަށް އަދާކުރުމަށްޓަކައި، މަސީހް މަގާމުން ދުރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ކަންކަން ހަމައަކަށް އެޅުވުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގައި މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށެވެ. އަދި ކައުންސިލްގެ ތެރެއިން ވެސް އިސްލާހުތައް ނުގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސީހު މަގާމުން ވަކިކުރުމަށްޓަކައި ޕީޕީއެމްގެ މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ވަރަށް އުފާވެރި ވަގުތެއް،" ފާރިސް ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ "އިސްލާހުކުރަންޖެހޭ ހުރިހާ ކަމެއް އިސްލާހުވެގެން ދިއުން އެދޭ ކަމަށާއި ގައުމަށް އަބަދުވެސް މަންފާއާއި ފާގަތިކަން ލިބިގެން ދިއުމަށް ވެސް އެދޭ ކަމަށެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ބިން ވިއްކޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބަދަލުކުރުވާނެ ކަމަށާއި ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ގޮތަށް ގާނޫނަށް ގެނެސްފައިވާ ބަދަލުތަކާއި ރައްޔިތުންގެ ހައްގުތައް ގެއްލޭ ގޮތަށް ގެނެސްފައިވާ ބަދަލުތައް ވެސް އިސްލާހުކޮށް ހައްގުތައް އަނބުރައި ހޯދައިދޭނެ ކަމަށެވެ.

މިކަންކަން ކާމިޔާބުވަންދެން ހުރިހާ ޕާޓީތަކެއް ތިބޭނީ ގުޅިގެން އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތަފްސީލް އަންނަނީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

26 މާރިޗު 2017

މާޒީއަށް ވިސްނަވާފައި ޕީޕީއެމްގެ މަޖިލީސް މެމްބަރުން ގޮތެއް ނިންމަވަންވީ: އަބްދުﷲ ޝާހިދު

26 މާރިޗު 2017
މާޒީއަށް ވިސްނަވާފައި ޕީޕީއެމްގެ މަޖިލީސް މެމްބަރުން ގޮތެއް ނިންމަވަންވީ: އަބްދުﷲ ޝާހިދު
25 މާރިޗު 2017

ރައީސް ނަޝީދާއި ރައީސް މައުމޫންގެ ބަސްފުޅު: އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމަށްޓަކައި!

25 މާރިޗު 2017
ރައީސް ނަޝީދާއި ރައީސް މައުމޫންގެ ބަސްފުޅު: އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމަށްޓަކައި!
23 މާރިޗު 2017

އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

23 މާރިޗު 2017
އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!
18 މާރިޗު 2017

ރާއްޖެ ވަޑައިނުގަނެ ސައުދީ ރަސްގެފާނު އެނބުރި ގައުމަށް!

18 މާރިޗު 2017
ރާއްޖެ ވަޑައިނުގަނެ ސައުދީ ރަސްގެފާނު އެނބުރި ގައުމަށް!
15 މާރިޗު 2017

ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ

15 މާރިޗު 2017
ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ
09 މާރިޗު 2017

މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު

09 މާރިޗު 2017
މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް